ސުއޫދު: ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބަލަން ޖޭއެސްސީން ކުރާ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
12 ޖެނުއަރީ 2019 - 21:13
ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރައީސް ސުއޫދު މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ގޭންގްތަކާއި ބައެއް ފަނޑިޔާރުންނާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެހެންވެ، ޖޭއެސްސީން ވަނީ އެކަމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލައި، އެކަން ތަހުގީގު ކުރަމުންނެވެ.
އެކަމާ ގުޅިގެން ސުއޫދު ކުރެއްވި ޓްވީޓެއްގައިވަނީ އެކަން ބެލުމަށް ޖޭއެސްސީން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި ޝަރުއީ ދާއިރާ އިސްލާހުކުރެވޭނީ އެފަދަ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އަދި އެކަމުގައި އޭނާގެ އެހީތެރިކަން ދެއްވާނެ ކަމަށް ސުއޫދުގެ ޓްވީޓްގައިވެ އެވެ.
Gang thakaa court thakaa gulhun oiythoa belumattakai hulhuvaalevifaivaa thahugeegeh hingumah JSC in ninmevi ninmevumah marhaba! Judiciary islaahu kureveynee thiyafadha fiyavalhuthah alhaigen. Alhuga'nduge eheetherikan libeyne. https://t.co/yaJ8xX0psB
— Husnu Al Suood (@hsuood) January 10, 2019
ސުއޫދުގެ ޓްވީޓް
ސުއޫދުގެ ތުހުމަތުތައް ބެލުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީގެ ރައީސަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އައްޔަން ކުރައްވައި، އެ ކޮމެޓީގެ މަސައްކަތްތައް އަވަހަށް ކުރިއަށް ގެންދަން އެ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އަދި އެކަމުގެ ހަގީގަތް ބެލުމަށް ސުއޫދާއި ތަހުގީގީ އިދާރާތަކުގެ ކިބައިން ވެސް މައުލޫމާތު ހޯދަން އެ ކޮމެޓީން ވަނީ ނިންމައިފަ އެވެ.
ޖޭއެސްސީގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ސުއޫދު ވިދާޅުވިއިރު، ސުއޫދުގެ އެ ތުހުމަތުތަކާ ގުޅޭ މައުލޫމާތު ސުޕްރީމް ކޯޓަށް ދިނުމަށް އެ ކޯޓުން އެދުމުން އެކަމަށް އޭނާ އިންކާރު ކުރެއްވި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
13 January 2019
[ކޯޓުތައް ރާއްޖޭގެ ދަނީ ދާނެގޮތަކަށް! ކޯޓުގެ ނިންމުންތައް ބޭނުންގޮތަކަށް!]............އަޅުގަނޑާއި ދިމާވިކަމެއް].. ރާއްޖޭގެ ކައިވެނިކުރެވެން މިއޮންނަނީ ލިއުންތައްލާތާ 7ދުވަސްފަހުންވާގޮތައް. އެކަމަކު އަޅުގަނޑު އެކަން ފެމެލީކޯޓުން ކުރުވިން 2ދުވަސްތެރޭ! ވަކީލަކަށްވެސް ނުވިކަމެއް. ވަކިމީހަކު ބުނެފިއްޔާކުރެވޭ ވަކިބަޔަކުވީމާނުކުރެވޭ! ހުރިހާކަންކަން ކޯޓުތަކުގަ ހުރީ މިހެން.
ބިރްބޮލްވަޒީރު
13 January 2019
މީނައަށް މީނަ ދެއްކި ވާހަކައިގެ ހެކި ނުދެއްކިއްޖެއްޔާ މީނާ އެބަޖެހޭ އުމުރަށް މީނަގެ ވަކާލާތު ހުއްދަ ބާތިލު ކުރަން. މިއީ މީހުން ހިތް ހަމަ ޖައްސަން ދައްކާ ކަހަލަ ވާހަކަ އެއް ނޫން.
ހަސަން ކަލޯ
13 January 2019
ޖުޑިޝަރީގެ ކޮރަޕްޝަނާއި ގޭންގުތަކާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތިމީހުންނާ އޮތް ގުޅުމަކީ އެންމެން ދަންނަ ބޮޑު ސިއްރެއް. ސޫދުގެ އަގު ވައްޓާލަން މިތާގަ ފާޑުފާޑުގެ ކޮމެންޓުކުރަނީ ބިރުން. ރައީސް ސޯލިހުގެ ވެރިކަމުގަ މިފަދަ ކޮރަޕްޝަން މުލުން ލުހެލާނެކަމީ ޝައްކެއް އޮތްކަމެއް ނޫން.!
އުދުހޭ
12 January 2019
ސުއޫދުގެ ހިތްވަރަށް ހަމަ ސާބަސް. ތިޔަ ނޫނީ އެންމެންނަށް އެނގޭ ބޮޑު ސިއްރު ހާމަކޮށްލަން ކެރުނު މީހަކު ކޮބާ؟
ގިގުނި
13 January 2019
މޮޔަގޮވާ! ސުއޫދަކަށް އަދި ނެތް މިޝަން އެއް ވިން ކުރެވިފައެއް.. އަދި ތިމަޤާމުން އިސްތިއުފާ ދެއްވާފައި އެހެން އެއްޗެއް ކިޔަން ފައްޓަވާނެއެވެ.އެޖެންޑާއެއް ހިއްޕަވާގެން ދެފަހަރަކު ޖުޑީޝަރީއަށް ވެސް ވެންނެވި އެވެ.ފުރަތަމަ އިސް ޤާޒީ އަކަށެވެ ދެން ޖޭއެސްސީ އަށެވެ.ކުރެވުނު ކަމެއް ހަރާމް އެވެ.
ރަދީފުގެ ދަރި ކުމާރު
12 January 2019
މިފަހަރު ކޮންމެސް އެކަކު ބެދޭނެ. ގާޒީީ ނުވަތަ ހުސްނޫ.....