ޚަބަރު / ސްކޫލް ކުދިންގެ ނާސްތާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކޫލްތަކުގައި ހިލޭ ނާސްތާ ދޭން ފަށައިފި

ދަރިވަރުންނަށް ނާސްތާ ދޭން ފެށުމަށް، އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ނާސްތާ ދެނީ..--ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުން ހޭދަކޮށްގެން ސްކޫލްތަކުގައި ނާސްތާ ދޭން މިއަދު ފަށައިފި އެވެ.

އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެވީ އަމީނިއްޔާ ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އަމީނިއްޔާގެ އިތުރުން މާލެ އާއި ރަށްރަށުގެ 24 ސްކޫލެއްގައި ވެސް ހިލޭ ނާސްތާ ދޭން ވަނީ ފަށައިފަ އެވެ. ސަރުކާރުން ބުނެފައި ވަނީ މި ޕްރޮގްރާމް ފުޅާކުރާނެ ކަމަށެވެ.

ނައިބު ރައީސް ފައިސަލް، އަމީނިއްޔާގެ ދަރިވަރަކަށް ކިރު ޕެކެޓެއް ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނައިބު ރައީސް ވިދާޅުވީ ހެދި ބޮޑުވުމުގައި ދުޅަހެޔޮ ސިއްހަތެއް ލިބިގެން ނޫނީ ފުރިހަމަ ކާމިޔާބަކާ ހަމައަށް ނުދެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ތައުލީމީ ދާއިރާއަށް ހޭދަނުކުރާ ވަރަށް މި އަހަރު ހޭދަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ މި ގައުމުގައި އަމާންކަން ދެމިގެންނެއް ނުދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތާރީހުގައި ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. މުޅިން އަލަށް ނާސްތާ ދޭން ފެށުމުން ދަރިވަރުންގެ ކިޔެވުމަށާއި ތަރުބިއްޔަތަށާއި އަހުލާގާއި ހެދިބޮޑުވުމަށް ވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންނަށް ނާސްތާ ދޭން ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އަމީނިއްޔާ ސްކޫލުގެ ދަރިވަރަކު ހެނދުނުގެ ނާސްތާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ނާސްތާ ދޭން ފެށުމަކީ އަލަށް ކުރާ ކަމަކަށް ވާތީ ގޮންޖެހުންތަކާ ދިމާވާނެ ކަމަށެވެ. ނަމަވެސް ތަޖުރިބާގެ އަލީގައި އެކަންކަން ހައްލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ސްކޫލްތައް ހަދާފައި ހުންނަނީ ވެސް ދަރިވަރުންނަށް ކެވޭނެ ރަނގަޅު އިންތިޒާމްތަކާ އެކު އެކަމަށް ހާއްސަކޮށްގެންނެވެ. ރާއްޖޭގެ ސްކޫލްތަކުގައި އެކަން ފަށަނީ ކްލާސްރޫމްތަކުގައި ނަމަވެސް އަލަށް ހަދާ ސްކޫލުތައް ފަރުމާކުރި އިރު އެކަންކަމަށް ވިސްނާނެ ކަމަށް ވެސް ވިދާޅުވި އެެވެ.

"ނާސްތާގެ ގަޑީގައި ކެއުމުގެ އަދަބުތަކަށް ހުރިހާ ކުދިން ވެސް ހުރުމަތްތެރިކޮށް ހިތަންވާނެ. އަދި ސާފުތާހިރުކަމަށް ސަމާލުކަން ދޭން ވާނެ،" ޑރ. އައިޝަތު ވިދާޅުވި އެވެ.

ހެނދުނުގެ ނާސްތާ ޕެކް: ދަރިވަރުންގެ ނާސްތާ ހުންނާނީ މިކަހަލަ ޕެކެއްގައި -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

މެނޫއަށް ބަދަލުތަކެއް

އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ފޯރަމަށް ފަހު ނާސްތާގެ މެނޫއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިހާރު ހިމެނެނީ ހަތަރު މެނޫ ސެޓެކެވެ. އެގޮތުން ފުރަތަމަ މެނޫ ސެޓުގައި 11 ވައްތަރެއް ހިމެނޭއިރު ދެ ވަނަ ސެޓުގައި ހިމެނެނީ ފަސް ވައްތަރެކެވެ. ތިނެއް އަދި ހަތަރު ވަނަ ސެޓުގައި ހުންނާނީ، މީގެ ކުރިން އިއުލާނުކުރި މެނޫގައި ހިމެނޭ ބައެއް ތަކެއްޗެވެ.

ސައީދު ވިދާޅުވީ އެންމެ ކުރިން އިއުލާން ކުރި 25 ސްކޫލްގެ ތެރެއިން ބައެއް ސްކޫލްތަކަށް ނާސްތާ ފޯރުކޮށްދޭނެ ބަޔަކު ނުވުމުން އެ ލިސްޓަށް އާ ސްކޫލްތައް އިތުރުކުރި ކަމަށެވެ. ނާސްތާ ދޭން ފަށާ ސްކޫލްތަކުގެ ލިސްޓަށް އާ ސްކޫލްތައް އިތުރުވި ނަމަވެސް މި ޕްރޮގްރާމްގައި މިހާރު ވެސް ހިމެނޭނީ 25 ސްކޫލް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގައި ދަރިވަރުން ހެނދުނުގެ ނާސްތާގައި: ރާއްޖެއަށް މުޅިން އާ ކަމެއް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަރުކާރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ޕްރޮގްރާމްގައި މާލޭއިން ކަނޑައަޅާފައިވަނީ މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގެ އިތުރުން އިސްކަންދަރު ސްކޫލެވެ. ދެން ކޮންމެ އަތޮޅަކުން ސްކޫލެކެވެ.

އަމީނިއްޔާގެ ގްރޭޑް އަށެއްގައި ކިޔަވާ ޝައިން އާދަމް ބުނީ މީގެ ކުރިން ސްކޫލަށް އަންނަން ލަސްވާ ބައެއް ދުވަސް ދުވަހު ހެނދުނު ސައި ނުބޮވޭ ކަމަށެވެ. އެހެންކަމުން ސްކޫލުން ނާސްތާ ދޭން ފެށުމުން ވަރަށް އުފާވާ ކަމަށް ބުންޏެެވެ.

ގްރޭޑް ހައެއްގައި ކިޔަވަމުން އަންނަ މުހައްމަދު ޝައިހާން އަބްދުﷲ ވެސް ބުނީ ބައެއް ދުވަސް ދުވަހު ސައި ނުބޮއި ސްކޫލަށް އަންނަ ކަމަށެވެ. އެކަމަކު ހެނދުނުގެ ކިޔެވުން ދެން ފަށާނީ ނާސްތާއަށް ފަހު ކަމަށް އޭނާ ބުންޏެވެ.

100 ކޮމެންޓް, 313 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 4%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްލޫޓަކުރެޓް

15 January 2019

މިއީ ކޮންމެސް ބަޔަކު މުއްސަތިކުރުވަން ހިންގާ ކަމެއް. އަހަރަމެން ދިވެހީން އަހހަރަމެންގެ ދަރީން ސްކޫލަށް ފޮނުވަނީ ނާސްތާ ދީފަ. އެހެންނޫނަސް ސްކޫލަކަށް ނޭގޭނެ ކުދިން ކާންވާނެ އެއްޗެއް، އެއެއް އިގޭނީ އެކުދިންނަށް. ބަޔަކު ކަމެއްކުރިއޭކިޔާފަ ދިވެހީނަށް އިރެލަވަންޓް ކަމެއް މިކުރަނީ. ޕޮލިސީތައް ކަޑައަޅަން މިތެބެނީ ގަރަހިތްތަކެތަ؟ ކޮބާތަ ކަލޭމެންގެ ބޯ؟ ދަރަފުޅާ އެޅިހާ ބަތަކަށް ރިހައޭ ނުކިޔާތި.

The name is already taken The name is available. Register?

ޙުސެން

15 January 2019

މަ ދެކޭ ގޮތުގަ މި ކޮންމެހެން ސަރުކާރުން ކުރަން ޖެހޭ ކަމެއް ނޫން .ބެލެނިވެރިންގެ ޒިންމާއެއް އެއީ އެމީހުންގެ ދަރިންނައް ކާން ދީފަ ސްކޫލައް ފޮނުވުމަކި އެ ފެން ވަރު ނެއް ބަޔަކު މި ގައުމަކު ނުއުޅޭނެ

The name is already taken The name is available. Register?

Male

14 January 2019

ޢަހަރުމެންގެ ޓެކްސް އިން ނާސްތާދެނީ...

The name is already taken The name is available. Register?

ކކކކ

14 January 2019

ފުރަތަމަ ފަހަރަށް ހިލޭ ނާސްތާ ދެނީ. ކުރިން ނާސްތާ ވިއްކީ؟

The name is already taken The name is available. Register?

ޖޫސްދޯ

14 January 2019

ލެކްޓޯސްއިންޓޮލަރަންޓްކުދިންނަށް ހުރީ ކޯއްޗެއްބާ

The name is already taken The name is available. Register?

އަބްދުއްލާ

14 January 2019

ޔާމީން އަމިއްލަޔަށް 2700 ދނީކަމަށް ވެދާނެ ދަވްލަތުންދެވޭނީ 65 އަހަރުގެ މީހުނަށް ގާނޫނުގަ ދޭންބުނާ މިންވަރު ނުވަތަ ގާނޫނަށް އިސްލާހުގެނެސްގެން އެނޫންގޮތަކަސް ޔާމީނަކަށް ވެސް ދަވްލަތުގެ ފައިސާހަރަދެއްނުކުރެވޭނެ.

The name is already taken The name is available. Register?

ޢާއްމު މީހެއް

14 January 2019

އެބްސަންޓް ކުދިންގެ ޕެކެޓު ޓީޗަރުން ގެޔަށް ގެންދިޔުން ހުއްޓުވާ

The name is already taken The name is available. Register?

ޓީޗަރު

14 January 2019

ޓީޗަރުން ގެއައް ގެންދާކަމުގަ ވާނަމަ އެއީ ކޮރަޕްޝަނެއް.

The name is already taken The name is available. Register?

އަޙުމަދު މީމު

14 January 2019

ފުރަތަމަ ފަހަރެއްނޫން 90 ގެ އަހަރު ތަކުގައި ތ.އަތޮޅު ތައުލީމީ މަރުކަޒުގަ ވެސް ހެނދުނުގެ ނާސްތާ ދިން

The name is already taken The name is available. Register?

ޢަލީމް

14 January 2019

ވަރަށްރީތި މަންޒަރެއް

The name is already taken The name is available. Register?

ޖަމީލުކަލޯ

14 January 2019

ވަރަށް ފޭކު. ދަރިން ނާސްތާ ދޭނެ ކަމަށް ހީކޮށް މިފޮނުވީ. ދަރި ގެއަށް އައިސް ރޮއެގެންފާ ބުނީ ބަނޑުހައިވެގެން ނުހުރެވޭނޭ. ޢެތަނުން ދިއްކޮށްލީ ކިރުޕެކެޓަކާއި ކުޑަ މަސް ކޮޅެއް އަޅާފަ އިން ބައިފޮތި ޕާނޭ. ނުބައިކަމުން މިއައީ ހިފައިގެނޭ. ދެން ކޮންމެ ކުލާހަކުން 2ކުދިން ގެންގޮސް ކުޅުނީ ޑްރާމާއެކޭ. ޢެކުދިންނާށް މީރު އެއްޗިހި ދީފަ ޓީވީއަށް ނެގީޔޭ.

The name is already taken The name is available. Register?

އައިލަމް

14 January 2019

ޖަމީލުކަލޯ ތީ ކަނޑައެޅިގެން ކަލޯ ހެދި ދޮގެއް

The name is already taken The name is available. Register?

ޑޜ.ފަޒުނާ /ހިތަދޫ/ޖޮހެނަސްބާގު

15 January 2019

މިއީ ނޭޝަނަލް ބރެކުފާސްޓު ތިބޭފުޅުންނަކީ ވެދާނެ ރާއްޖޭގެ މިލިއަނަރުން ކަމަށްވެސް ދަރީންނަށް ބޭޝަނަލް ފޫޑު ދޭންބޭނުން ނުވާނަމަ ނުދިނުން މުހިއްމީ ކޮންމެހެން ނިކަމެތީންގެ ދަރީންނަށް އިންސާލްޓު ކުރާނެކަމެއް ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454