ބަންޑާރަ ނައިބު ރިފްއަތު: އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ މަދަނީ ދައުވާތައް ދިރާސާކުރަން އަނބުރާ ގެންނަން ވަނީ ނިންމާފައި --ފޮޓޯ/ރައީސް އޮފީސް
13 ޖެނުއަރީ 2019 - 15:51
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ގެއްލުނު ފައިސާތައް އަނބުރާ ހޯދަން ދައުލަތުން ކުރާ މަދަނީ ގިނަ ދައުވާތަކެއް އިތުރަށް ދިރާސާ ކުރުމަށްޓަކައި އަނބުރާ ގެނައުމަށް ދައުލަތުން ނިންމައިފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި ގެއްލުނު މައްސަލާގައި، ގެއްލިފައި ހުރި ފައިސާތައް އަނބުރާ ހޯދަން އެކި ފަރާތްތަކާ ދެކޮޅަށް ދައުލަތުން ކުރިން އޮތީ 39 މަދަނީ ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރެއިން އަނބުރާ ގެންދަން ނިންމީ 35 ދައުވާއެކެވެ.
އެޓާނީ ޖެނެރަލްގެެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެ 35 ދައުވާ އަނބުރާ ގެންދަން ނިންމީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަތައް އިތުރަށް ދިރާސާ ކުރުމަށް ފަހު، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން ކަމަށެވެ. އަދި އެ މައްސަލަތައް އަލުން ދިރާސާ ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނާއި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެހީއާ އެކު އެ މައްސަލަތައް ވީހާ ވެސް އަވަހަކަށް އަލުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވީ، އެ މައްސަލަތަކާ ގުޅޭ އިތުރު މައުލޫމާތުތަކެއް ބައެއް ފަރާތްތަކުން މިހާރު އެ އޮފީހާ ރަސްމީކޮށް ހިއްސާ ކޮށްފައި އެބަހުރި ކަމަށެވެ. އެހެންވެ، އެ ދައުވާތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެގޮތަށް ނިންމެވީ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެެ ޚިޔާނާތާ ގުޅޭ މަދަނީ ދައުވާތަކެއް ދައުލަތުން އަނބުރާ ގެންދިޔައިރު، އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ޖިނާއީ ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ވެސް ދަނީ ހިނގަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން ގިނަ ދައުވާތަކެއް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިތަކުރު
14 January 2019
ދަންނަވަންތޯއެވެ.އެމްއެމްޕީއާއާރުސީ އިންގެއްލުވާލި ފައިސާތައް ނަގާފަހުރީ ހަމައެކަނި އޭރުގެސަރުކާރުގެބޭފުޅުން އެކަންޏެއްނޫނެވެ. އިދިކޮޅައްނިސްބަތްވާ އެތައް މަޖިލީސްމެމްބަރުންނެއް ދިޔައީ އެފައިސާ ނަގަމުންނެވެ.ވީމާ ވަކިފަރާތެއް އިސްތިސްނާ ނުކޮށް ހުރިހާ ފަރާތެއް ހިފާ ހައްޔަރުކޮށްގެންވެސް އެފައިސާތައް ހޯދައިދިނުމަކީ މިހާރުގެ ސަރުކާރައް ރައްޔިތުން ކޮށްފައިވާ ބޮޑު ވަސިއްޔަތެއް..އޭގެ ބަދަލުގައެމީހުންނަށް ކެމްޕޭނުކޮށްދީ އަނެއްކާގޮނޑި ހޯދުމުގަ އަވަދިނެތި.
އެޑަމް
14 January 2019
މަޖިލިސް އިންތިޚާބުގެ ކުރިން ތިޔަޚިޔާނާތުގެފައިސާ ބޭނުން ކޮއްފަ ތިބިޚިޔާނަތްތެރިމެމްބަރުން ރައްޔިތުންނަށް ކޮންމެހެންވެސްއެގުން ބޭނުން މީމިސަރުކާރުން ރައްޔިތުންނަށް ކޮންމެހެންވެސް ކޮއްދޭންޖެހޭނެކަމެއް.
ތިމާވެށި
13 January 2019
މިކުރަން އުޅޭ ކަމެއް ބަލާލަން ބޭނުމެވެ. ހަމަ އެކަނި ހުކުމް ކުރާނަމަ އެއީ ގޯހެކެވެ. ހުކުމް ކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާ ހޯދާނަމަ ބުނެވޭނީ ރަނގަޅު ކަމަށެވެ. ހުކުމް ކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ ނުދެއް ކިއްޖެނަމަ އެސެޓް ތައް ވިއްކައިގެން ވެސް ފައިސާ ހޯދާނަމަ ވަރަށް ފުރިހަމަ ވީއެވެ. ވާގޮތެއް އެނގިދާނެއެވެ .
ބޯ ހަލާކު
13 January 2019
ޔާމީނު ތަޅުއެޅުވޭނެގޮތެއް ތަޅުވާ ތަޅުވާ ނުފެނުނީމަ އަދި ޚަރަދުކޮށްފައިވާތީ މައި މުގޫ ދޫކޮށްލާނެ ރޭވުމެއް ރާވަނީދޯ؟ އިޚުލާސްތެރިކަމެއް ހުރިނަމަ ކަލޭމެންގެ ބާރުހިގާ ޔޫރަޕުގައިއުޅޭ ރައްޔިތުންގެފައިސާ ވަކި އެކައުންޓަކަށް ކަޅާކުރިކަން ފަޅާއަރާފައި ތިބި މީހުން ނުގެނެސްގެންއުޅެނީ ކީއްވެބާ؟ އަނެއްކާ އެމީހުން ގެންނާނެތޯ ނުވަތަ ނޫންތޯބަލަން ފޯރަމެއް ބާއްވަންވީނުން! ތިވާނީ ތިއަށް! ދޮގުވާހަކައިން ރައްޔިތުންގެ ބޮލަށް ޗިޕު ޖަހައިގެން ވިއްޔާ ވެރިކަމަށް އައީ!
މަރޭމިތުރާ
13 January 2019
[އެއްލަވައެއް އަބަދުޖަހަންޏާ ފޫހިވެދާނޭ! އެއްލަވައެއް އަޑުއެހުމަށް ދެކޮޅުހަދާނޭ!]..... ........................އަވަސް އަވަސްނުކިޔައި ކޮންމެވެސް ވަރަކަށް ހާމަކުރެވެންޖެހޭ މިހާރުވެސް.
ޙުދާ
13 January 2019
ވާ ގޮތަކީ މި ސަރުކާރު ވެރިކަމަށް ގެންނަން އަދީބު ކުރި ހަރަދުގެ ބަދަލު ދޭންޖެހޭ.
އަލްޖިބްރާ
13 January 2019
ތިޔަކުރަނީ ދިރާސާއެއްނޫން ! ފަސްއަހަރުވަންދެން ދިގުދަންމާލެ ގޮތްތަށް ރާވަނީ !
މަރޭމިތުރާ
13 January 2019
[މައްސަލަތައް އަވަސްކުރަން ސަތޭކަޔަށް ނަގާށޭ! މައްސަލަތައް ހާމަކުރަން އަވަސްކުރާށޭ!]....................... ސްޕީޑުޖައްސައިގެން ވަރަށް އަވަސްކޮށް މައްސަލަތައް އަންގައިދީ. އަފުރާޝީމުގެ މައްސަލައާއި ރިލުވާނުގެ މައްސަލަވެސް ސަތޭކަޔަށް ނަގަންވީ.
ނައީމު
13 January 2019
ތިޔައުޅޭނީ އަދީބު ކަހަލަ ޓެރަރީސްޓަކު ދޫކޮށްލާނެ ގޮތެއް ހޯދަންވެގެން! މިސަރުކާރަކީ ކުއްވެރިން ކުއްނުކުރާ ކަމަހަދައި ދޫކުރާ ސަރުކާރެއް! ދެން ފަޑިޔާރުންނަށް ނުފޫޒުފޯރުވައި ވަޒީފާގެ ބިރުދައްކައި ސަރުކާރުން ބޭނުންވާ ގޮތައް މައްސަލަ ނިންމައި ދެން ދައްކާނީ ޖުޑިސަރީ އިސްލާހުކުރާވާހަކަ! މިހާރު ރައްޔިތުންނަށްވެސް އެގޭ ކޯޓްތަކަށް ނުފޫޒު ފޯރުވަނީ މިސަރުކާރުންކަން!
އިއްލާ
13 January 2019
އެއްޗެކޭ ކިޔާފަ މައްސަލަތައް އަނބުރާ ގެނައީދޯ؟ ވަރަށް ހީވޭ ކޮންމެވެސް ޑީލެއް ހަދަނީހެން. އެހެންދޯވާނީ އެ ފައިސާތަކުން ފައިދާތަކެއް ލިބުނު ގިނަ ބަޔަކު މި ސަރުކާރުގެ އެންމެ މަތީ ފަޑީގައި މިވަގުތު އެބައުޅޭވިއްޔަ.