މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޫމީ: އަންނަ މަހު 8 ގައި ރިލީޒް ކުރާ "ސޯންޗިރައްޔާ" އިން ފެންނާނެ.

މިދިޔަ އޮކްޓޯބަރު މަހު ޝޫޓިން ފެށި، އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމު "ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ" ގެ ޝޫޓިން ނިންމާލައިފި އެވެ.

އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ މި ކޮމެޑީ ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ބޫމީ ޕެޑްނޭކަރާއި ކޮންކޮނާ ސެން ޝަރުމާ އެވެ. ބޫމީ ވަނީ ފިލްމުގެ ޝޫޓިން ނިންމައިލިކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

"ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ" އަކީ "ލިޕްސްޓިކް އަންޑަ މައި ބުރުގާ" ފަދަ ތަފާތު ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން އަލަންކްރިތާ ޝްރިވަސްތާވް ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމު މި އަހަރު ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ބޫމީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ "ސޯންޗިރައްޔާ" އިންނެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރު ޑައިރެކްޓް ކުރާ "ތަހުތު" އާއި ވިކީ ކޯޝަލްއާ އެކު މިހާރު ކުޅެމުން އަންނަ ހޮރޯ ކޮމެޑީއެއްގެ އިތުރުން އަޔޫޝްމަން ކުރާނާ އެކު ކުޅޭ "ބާލާ" ކިޔާ ފިލްމެއް ހިމެނެ އެވެ.

"ބާރަތު" ގައި ވަރުންއަކީ ދިރުބާއީ އަމްބާނީ

ސަލްމާންގެ ހާންގެ ފިލްމު "ބާރަތު" ގައި ޒުވާން އެކްޓަރު ވަރުން ދަވަންގެ ރޯލެއް ހިމެނޭކަން ފޭނުންނަށް މިހާރު އޮންނާނީ އެނގިފަ އެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދާނެ މަންޒަރުތައް މިދިޔަ އަހަރު ވަނީ އަބޫދާބީގައި ޝޫޓް ވެސްކޮށްފަ އެވެ.

އެކަމަކު ސުވާލަކަށްވެފައި އޮތީ ވަރުން ފެންނަނީ ކޮން ކަހަލަ ރޯލަކުންތޯ އެވެ؟

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކޮރެއާގެ ފިލްމު "އޭން އޯޑް ޓް މައި ފާދާ" އަށް ބިނާކޮށް އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު" ގައި ވަރުން ފެނިގެން ދާނީ އިންޑިއާގެ ކުރީގެ މަހުޖަނު ދިރުބާއީ އަމްބާނީގެ ޒުވާން ދުވަސްވަރުގެ ރޯލެކެވެ. އަމްބާނީއަކީ އިންޑިއާގެ މިހާރުގެ މަހުޖަނުން ކަމަށްވާ މުކޭޝް އަމްބާނީ އާއި އަނިލް އަމްބާނީގެ ބައްޕަ އެވެ. ދެން ސުވާލަކީ "ބާރަތު" އާއި އަމްބާނީއާ ގުޅެނީ ކިހިނެއްތޯ އެވެ؟

އެ ސުވާލަށް ޖަވާބު ލިބޭނީ ފިލްމު އަންނަ ޖޫން މަހުގެ 5 ގައި ސިނަމާތަކަށް އައުމުންނެވެ. މީގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ތައްބޫ، ޖެކީ ޝްރޮފް، ޑިޝާ ޕަޓްނީ، ސުނިލް ގްރޯވާ އަދި ނޯރާ ފަތެހީ ހިމެނެ އެވެ.

"މަނިކަރްނިކާ" ގެ ލަވައެއް ދައްކާލައިފި

މި މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ލަވައެއް ދައްކާލައިފި އެވެ.

"ވިޖޭ ބަވާ" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ ޝަންކަރު މަހާދޭވަން އެވެ. ލަވައިގެ މިއުޒިކް ޝަންކަރު-އިހުސާން-ލޯއި ހަދާފައިވާ އިރު، ލަވައިގެ ޅެން ހަދާފައި ވަނީ ޕްރަސޫން ޖޯޝީ އެވެ.

"ވިޖޭ ބަވާ" ލަވައިގެ މަންޒަރުތަކަށް ބަލާ އިރު، އޭގައި ދެންނަނީ ކަންގަނާ ހަނގުރާމައަކަށް ވަމުންދާ ތައްޔާރީތަކެވެ. "މަނިކަރުނިކާ" އަކީ އިންޑިއާގެ ތާރީހީ އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ވިޖޭ ބަވާ" ގެ ވީޑިއޯގެ އިތުރަށް މިހާރު ވަނީ މި ފިލްމުގެ ހުރިހާ ލަވަތަކެއްގެ އޯޑިއޯ އާންމުކޮށްފަ އެވެ.

"މަނިކަރުނިކާ" ޑައިރެކްޓްކޮށްފައި ވަނީ ކަންގަނާ އާއި ސައުތުގެ ޑައިރެކްޓަރު ކްރިޝް އެވެ.

ޝްރަދާ ޕާކިސްތާން މީހަކަށް

މި މަހުގެ 22 ގައި ޝޫޓިން ފަށާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމުގައި ބަތަލާ ޝްރަދާ ކަޕޫރް ފެނިގެން ދާނީ އިނގިރޭސިވިލާތުގައި އުޅެ ބޮޑުވި، ޕާކިސްތާނުގެ ނެށުންތެރިއެއްގެ ގޮތުގައި ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މި ފިލްމުގެ ޝޫޓިން ޕަންޖާބްގައި ފެށުމަށް ފަހު، ހަފުތާއެއްހާ ދުވަހަށް އެތަނުގައި ޝޫޓް ކުރުމަށް ފަހު، ދެން މިސްރާބު ޖަހާނީ ލަންޑަނަށެވެ. ޝަރްދާއާ އެކު ފިލްމުގެ މުހިއްމު ރޯލްތަކުން ވަރުން ދަވަން އާއި ނޯރާ ފަތެހީ ވެސް ފެނިގެން ދާނެ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ މި ފިލްމުގެ ނަމަކީ "ސްޓްރީޓް ޑާންސާ" ކަމަށް މީޑިއާތަކުން މިހާރު ވަނީ ރިޕޯޓް ކުރަން ފަށައިފަ އެވެ. މި ފިލްމަށް ޝްރަދާ ސޮއި ކުރީ، ކެޓްރީނާ ކެއިފް ފިލްމުން ވަކިވުމުންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454