އާޓިފިޝަލް ބީޗް ސަރަހައްދުން ހުސްކޮށްފައި އޮތް ސަރަަހައްދު-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ޖެނުއަރީ 2019 - 12:51
ޕާކިން ޒޯނަކަށް ވެފައި އޮތް އާޓިފިޝަލް ބީޗް ސަރަހައްދުން ބައެއް ވެހިކަލްތައް ނަގައި އެ ތަން މާލޭ ސިޓީ ކައުންސިލުން ހުސްކޮށްފި އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިން ސްޓޭޖް ހުރި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ވެހިކަލްތައް އެ ތަނުން މިދިޔަ ހުކުރު ދުވަހު ނަގާފައިވާ ކަމަށެވެ. ފުލުހުންގެ އެހީއާ އެކު، އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިން ސްޓޭޓް ހުރި ސަރަހައްދު ހުސްކޮށް އެތަނުގައި މިހާރު ވަނީ ޕާކް ކުރުން މަނާ ކަމަށް އަންގައި ކޯން ބަހައްޓައިފަ އެވެ. އަދި ދެ ފަރާތުން ވެސް އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ދަގަނޑު ހޮޅިތަކެއް ޖަހައިފަ އެވެ.
"އާޓިފިޝަލް ބީޗަށް ވަދެ ނުކުމެ އުޅެން ދަތި ނުވާނެ ގޮތަށް އެ ސަރަހައްދުގެ މެދާ ދިމާލުން މި ވަގުތަށް ހުސްކޮށްފައި އެ ހެރީ،" ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާޓިފިޝަލް ބީޗް ސަރަހައްދު އެއްކޮށް ހުސްކުރާނީ އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުންނެވެ.
ސިނަމާލެ ބްރިޖާ އެކު ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ތާރު އަޅައި ހައިވޭ އަކަށް ބަދަލުކުރުމުން އެ މަގުގައި ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ. އެއާ އެކު، އުޅަނދުތައް އާޓިފިޝަލް ބީޗް ސަރަހައްދުގެ ތެރޭގައި ޕާކް ކުރުން އާންމުވެ، އެތައް ބައެއްގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ޒަމާނީ ފެންވަރަށް، ފަސް މަސް ދުވަހުގެ ތެރޭގައި އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީ ކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 13 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ވަނީ މިދިޔަ އަހަރުގެ މެއި މަހު ހަވާލުކޮށްފަ އެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި ގައި ހިންގަމުން ގެންދިޔަ ކެފޭތައް ބަންދުކޮށް އެ ތަނުގައި އަޅާފައިވާ ސްޓޭޖް ތަޅާލާފައި ވަނީ އެ ސަރަހައްދު ތަރައްގީ ކުރަން ކަމަށް ބުނެ އެވެ.
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ކުރިން ވިދާޅުވެފައި ވަނީ އެ މަސައްކަތް ލަސްވަނީ އެ ކުންފުނިން ހުށަހެޅި ޑިޒައިން ޔާމީންގެ ސަރުކާރަށް ކަމުނުދާތީ އަލުން ޑިޒައިން ކުރަން ޖެހި އަދި މިހާރުގެ ސަރުކާރުން އެ ޕްރޮޖެކްޓް ރިވައިޒް ކުރާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމަހޯލި
15 January 2019
ތިތާޕޫލެއް ހަދާފަ މަސްފެން ގަނޑެއް ހެދީމަ އެހެރީ ރަނގަޅަށް
މާރަނގާ - އައްޑޫ ސިޓީ
14 January 2019
އެއްގަމުދަތުރުކުރާ ޕިކަޕާއިލޯރީތަކުގައި އުފުލޭއަދަދު މިވެނިކިލޯއެކޭ މިވެނިޓަނެކޭ ލިޔަނީކީއްކުރަން؟! * * ހަމައެގޮތަށް ކަނޑުދަތުރުކުރާ އުޅަނދުގައި “ބަރު މަރުކާ” ކިޔާއެއްޗެއް ޖަހާސަބަބެއްވެސްނުވިސްނުނު! * * މާލެފަދަ “މުރަކައިގެ ޖަޒީރާ ރަށްގަނޑެއް” ގެމަތީގައި ނުކަތާވަރަށް ކޮންކްރީޓްއިމާރާތާއި އެތައް ބަރުދަނެއް ނަގަމުންދާއިރު ހިތަށް އަރަނީ “މާލެ މުޤައްދަސް ރަށްގަނޑަކަށްވީތީ” މިދެންނެވި ބަރު މާލޭގެ ބުރަކަށިމަށްޗަށް ހުވަނދުމަލެއްގެ ބަރަށް ލުއިވަނީބާއޭ.
ރާއަތޮޅު
14 January 2019
މާލޭގެ މަގުތަކާއި މާލޭގެ ތަންތަނާއި މާލެއަށް ވިސްނައިގެން މައްސަލަ ހައްލެއް ނުވާނެ. މާލެ ފަދަ އެހެން ދެރަށް ތަރައްޤީކުރެވެންދެން މާލެއާއި އެހެންރަށްތަކުގައި ޕްރޮޖެކްޓްތައް ހިންގުން ހުއްޓާލާ. ރާއްޖޭގެ ދެކޮޅުގައި ބޮޑު ދެރަށުގައި 20 ޓަވަރު ހަދައި ރަށްރަށުންނާއި މާލެއިން މީހުން ބަދަލުވުމަށް ހުޅުވާލާ. ދުވަސްކޮޅަކުން މާލެ އޭގެ ޒާތުގައި ހައްލުވާނެ. 10 ބިލިޔަނަށް 50 ހާސް އެޕާޓްމަންޓް (2 ލައްކަ މީހުނަށް) ހެދޭނެ. އެހެންވީމާ، މަގުތަކާހުރިހާ ކަމެއް 3 އަހަރު
ގަދުގާމްބެ
14 January 2019
މިތަނަށް އިންސީން ގިނަކުރުވާ އުސޫލް ދަނީ ކުރިއަށް، މިތަނުގަ ހުރި ބިންތަކުގަ އިމާރަތް ކުރުން ދަނީ ކުރިއަށް، އެވެސް އަދި ދައުރަކަށްފަހު ދައުރަކުން އިމާރާތްތައް އުސްވަމުން، ބިޔަވަމުން.... އަދި ކޮބާ؟ ވެހިކަލް ގެންނަ ފިހާރަތަކާއި، ކުންފުނިތަށް ގިނަވެ، މަކަރާއި ހީލަތްތެރިކަމާއި އޮޅުވާލައިގެން ކުރެވޭ މުޢާމަލާތްތައް އިތުރުވެ، ރިޝްވަތު ނެގުމާއި ލިބިގަތުން އިންތިހާ ދަރަޖައިގަ. ދެން ފެންނާން އޮންނާނީ މިކަހަލަ ވެހިލަލް ޔާރޑް ތަކެއް ނޫންތޯ؟
ދެނޯ
14 January 2019
ގަލޮޅުދަނޑު ގެ ފިހާރަތަށްނަގާ ޕާކިން ހަނދަންވީ ކޮނމެ މީހެއްގެ އަތުން ލާރި ނަގާގޮތަށް.
ނަގިއްޔާ
14 January 2019
ސިޔާސީ ފައިދާއަކަށް މިހާ ކުޑަރަށެއްގެ ގެތަށް 10 ބުރިއަށް ނަގަން ހުއްދަދިނީމަ މިހެންވާނީ. ސަރުކާރު އިމާރާތްތަށް 10 ބުރިއަށް ނަގާފަ މީހުންގެ ގެތަށް 4 ބުރިއަށްވުރެ އިތުރަށް ނެހެދޭ ގޮތަށް ހެދިނަމަ ޓްރެފިކް މައްސަލަ ކުޑަވެ، ކޮންމެ ބިލްޑިންގަކުން ހެދުނު 100 މީހުން ނުފައިބާނެ އޮފީހަށްދާން. އަވަސްއަވަހަށް ބަލިމަޑުކަން ފެތުރި މުޅިރަށް ކިބިއްސެއް ނާޅާނެ. 10 ފޫޓް 10 ފޫޓުން މަގުމަތީގަ ސިގިރޭޓްބޯމީހުން ނުތިބޭނެ.
ދާދޭ
15 January 2019
ރާއްޖޭގެ 3 ސަރަހައްދެއްގައި އާބަންޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން އިގްތިސާދީ މަސައްކަތްތަކާއެކު ބޮޑު 6 ރަށް ތަރައްގީކުރަނިކޮށް މާލެއަށް ލުއިކަން ލިބިގެންދާނެ.
އަބްދުﷲ
14 January 2019
ބީޗުގައި ހުރި ވެލިތައް އެހުރީ މަގަށް އައިސް، ދުވަސްކޮޅަކުން ކާނުތައް ބެދުނީމަ ގޯސްވާނީ ތާރަ އެޅި މީހުން.
މަރޭމިތުރާ
14 January 2019
[ބީޗުގެ ނަލަކަން ސިފަވާނީ ފެމެލީއާއެކު ދެވުނީމާ! ބީޗަށްގޮސް މޫދައްއެރި ފަތަމުން މަޖަލާއެކު އުޅެލީމާ!] ބީޗެއްގެ ހަގީގީ ނަލަކަން ސިފަވާނީ ލޯބިވެރިއާ ނުވަތަ އާއިލާއެކު ގޮސްގެން އެތިބޭިތބުމުން ލިބޭ ހިންހަމަޖެހުމުން.
ހޭލަ
14 January 2019
އެ ސަރަހަށްދު އެއްކޮށް ހުސްކޮށް ބާއްވަން ފެނޭ. ހާއްސަކޮށް ފުޓްސެލް ދަނޑުން ފެށިގެން ބީޗް ވޮލީ ކޯޓާ ދެމެދު ވާ ސަރަހައްދު. އެއީ އެތަނުގައި ކުޑަކުދިން ގޮވައިގެން ކުޅެ އުޅެލުމަށެވެ. ކުޑަކުދިން ބައިސްލަށް ރިމޯޓް ކާރު ފަދަ އެއްޗެހި ދުއްވާ ހަދާލުމަށެވެ. އަދި އެ ކުދިން ބޯޅަ ޖަހާ ހަދާލުމަށެވެ. ތޮއްޖެހިފައިވާ މާލެއިން ކަނޑުގެ ރޯޅިތައް ގައިގައި ޖެހޭ އަދި ރަގަޅު ވިއުއެއް ފެންނަ އެސަރައްދަކީ ވެހިކަލް ޕާކިން ޒޯނެއްގެ ގޮތުގައި ބޭއްވުމަކީ ޖަޒީރާ ސިފައެއް ނޫނެވެ
މަރޭމިތުރާ
14 January 2019
ޕާރކިންގް ނެތުނީމާ ވާގޮތެކޭ! ޕާރކުރަންޖެހުނީމާ ވާގޮތެކޭ!].............................ގަލޮޅު ދަނޑު ހުސްގެންގެން ނޫނިއްޔާ މާލޭގެ ޕާރކިންގް އަށް އެދެވޭ ނަތީޖާއެއް ނުފެންނާނެ! އެަކމަކު އެއީ މާލޭ ސިޓީކައުންސިލުން އެއްބަސްވާނެ ކަމެއްވެސްނޫން. ނިކަން ގަލޮޅު ދަނޑު ޕާރކިންގް އަށް ހަދައި ދަނޑު އެހެން ސަރަހައްދަކަށް ބަދަލުކޮށްލަބާ. ޕާރކިންއަށް ދަތިވޭތޯބަލަން. ދަނޑެއް ހެދުމަށް ކިތައްމެ ބަޔަކުވެސް އެހިދޭނެ. ނޫނީ ހުޅުމާލެއަށްވެސް ދަނޑު ބަދަލުކޮށްބާ!