15 ޖެނުއަރީ 2019 - 22:41
ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ހުރި 23 އަހަރުގެ އަންހެނަކު މިރޭ މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.
އެޗްއާރުސީއެމުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އަންހެން މީހާ މަރުވި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. މިއީ މިފަދަ މައްސަލައެއްގައި މި ފަހުން އެޗްއާރުސީއެމުން މިހާ އަވަހަށް އުޅެ އަދި އެކަން އާންމުންނަށް އެންގި ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނީ ވައްކަމުގެ މައްސަލައެއްގައި އެ އަންހެން މީހާ ހައްޔަރުކުރި ދުވަހުން ފެށިގެން ހުރިހާ ހައްގުތަކެއް ދީފައިވާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ބަލައި ދިނުމަށް އިންޓަގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމްގައި ފުލުހުން ވަނީ އެދިފަ އެވެ. އަދި ތަހުގީގަށް އޮޓަޕްސީ ހެދުމުގެ ހުއްދަ އާއިލާގެ ފަރާތުން ހޯދަން ވެސް ފުލުހުން އެދިފައިވާ ކަމަށް އެތަނުން ބުންޏެވެ.
ރާއްޖޭގެ ޖަލުތަކުގައި މަރުވާ ބައެއް ގައިދީންގެ މަރާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ. އެގޮތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން ބައެއް މީހުން މަރުވެފައިވާ ކަމަށް، އާއިލާތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
16 January 2019
އެމީހެއްގެ އަޖަލު ހަމަވުމުން ޖެހޭނީ ދާން. ކޮންމެ މީހަކަށްވެސް ދާން ޖެހޭނެ. ނުގޮހެއް ނުހުރެވޭނެ. ޖަލެއްގާ ހުއްޓަސް އެމީހެއްގެ މަރު، ބަލާ އަތުވެއްޖިއްޔާ ދެނެއް ލަހެއް ފަހެއް ނުކުރެވޭނެ. މީހެއްގެ އިހުމާލެއް ނެތަސް އެކަން ވާނެ. ގަބޫލުކުރޭ.
މޮހޮރާބޭ
16 January 2019
އަހަރެން ހަމަ ކޮސްވޭ އެޗް އާރު ސީ އެމުން ޖަލުގައި ތިބޭމީހުން ދެކެވާ ލޯބިފެނިފައި. އަޅެ މިރާއްޖޭގެ ކިތައް މީހުންތޯ ހައްޤުން ކަމަކާ ނުލައި މަރާލީ އެކަމުވެސް ތިޔަ އެޗު އާރު ސީ އެމުން ބަޔާނެއްވެސް ނެރެލެވުނީ ހަމަ އެކަނި ހަރުކުލައިގެ ސިޔާސީ ނުވަތަ ސިޔާސަ މީހަކު މަރާލުމުންއެކަނި. 2018 ޑިސެމްބަރ މަހާއި 2019 ޖެނުއަރީގައި އައްޑޫގައި އެކަނި ގިނިކަންޏާ ދިރިއުޅުން ޖިފުޑީގައި ވެތޫކޮށް ދުނިޔެދޫކުރި މީހުންގެ ވާހަކަ ނޫސްތަކުން ދުށިން. ކޮބާ އެޗް އާރު ސީ އެމް....
ލޮލް
16 January 2019
އޭނައަށް ހެޔޮ ރަޙުމަތް ލައްވާށި. ކުޅަދުންވަންތަކަން ދެކިބަލަ! ޖަލުގައި ގޮތްނޭގޭ ގޮތްގޮތަށް މީހުން މަރުވަނީއޭ ކިޔާފައި ނިމުނު ސަރުކާރުގެ ބޮލުގައި އިލްޒާމު އެޅޭގޮތަށް ވާހަކަތައް ދެއްކި މިއަދުގެ ސަރުކާރުގެ މީހުންނަށް މިހާރު އެއްޗެއް ވިސްނޭނެކަމަށް ހީކުރަން! ސަރުކާރަށް ދެމަސް ނުވަނީސް އަންހެނަކާ ފިރިހެނެއް ގޮތް ނޭގޭގޮތަށް މަރުވެއްޖެ! ޖަލުގައި ތޫނު ހަތިޔާރު ބޭނުންކޮށް ބަޔަކު ޒަހަމްކޮށްލައިފި! އަނެއްކާ މި މަރު! ދޮގު ޗިޕު ސަރުކާރު އިސްތިއުފާ!
ވާނެވާނެ
16 January 2019
ވެރިކަމަކީވެސް އިމްތިހާނެއް. އިޚްލާސްތެރިކަމެއްނެތި ދޮގު އެކުލަވައިގެން ގޮވާ ގޮވެލި ފަތީގެ ބަދަލު ކޮންމެވެސް ދުވަހަކުން އަރާ ހަމަކުރާނެ.
ބުދަ
15 January 2019
އެޗް އާރު ސީއެމް އެބަ އޮތް ދޯ އެމީހުން އެބަ އުޅޭ ދަޮ މިހެން މިބުނީ މިވީހާ ދުވަހު ނޭނގެ ކަިއްވެފަ ކަމެއް
ވައުދު
15 January 2019
ތި އަންހެން މީހާގެ މަރު ބަލަން ޖެހޭނީ ސުއޫދު ޒިންމާވާ ފަރާތްތަކަށް ދައުވަާ ކުރާނެ ބާ؟
އަޒްޚާން
15 January 2019
އޯޓޮޕްސީއެއް ނެހެދިޔަސް ލޭގެ ޓެސްޓުތަކުންނާއި އަދި ކުރިން ދެއްކި ޑޮކްޓަރ ރެކޯޑުތަކުންނާއި ޑޮކްޓަރުގެ ބޭހާއި އަރުޝާދުތަކުގެ އިތުރުން އޭނާގެ ބޮޑީގެ ބޭރުފުށުން ފެންނަންހުރި ހެއްކެއްވާނަމަ އެކަމަކާއި އަދި ޖަލުގައި އޭނާގަ މައްޗައް ޒިންމާނެގި މީހުންނާއި މުއާމަލާތްތައް ދިރާސާކޮއް ތަހުގީގު އިންޑިޕެންޑެންޓުކޮއް ހިންގަން އެބަޖެހޭ.