ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަސްލަމްގެ ކެމްޕޭން ހަރަކާތެއްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
18 ޖެނުއަރީ 2019 - 15:33
ޒިނޭ އަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދައްކަވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ވާހަކަފުޅު ބަޔަކަށް އޮޅިފައިވާ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު 2:30 ން ފެށިގެން ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން އިފްތިތާހު ކުރަން ބޭއްވި އެއްވުމެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލަ އަށް އޮތް ހައްލަކީ، ކައިވެނި ނުކުރާ އަންހެނުންނަށް ނުވިހާ އޮޕަރޭޝަން ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ނުވިހާ އޮޕަރޭޝަން ކުރެވެން އޮންނަނީ ވެސް މީހަކާ ކައިވެނި ކުރުމުން އެކަނި ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ. ނަޝީދުގެ އެ ވާހަކަފުޅުތަކަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބައެއް މަޝްހޫރު ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Ziney ah hivvaru dhinumakee alhugandu ehgothakahves baaru alhaa kameh noon. Kaivenin beyrun dharin libi, ekudhinnah libey nikamethi kamai, baarugadha masthuvathakethi beynun kuruma oiy gulhumai gulhey gothun alhugandu dhekki vaahaka olhivadai gannava nama ekamah ma-af ah edhen
— Mohamed Nasheed (@MohamedNasheed) January 18, 2019
ނަޝީދު މިއަދު ކުރެއްވި ޓުވީޓު.
އެ މައްސަލައިގައި، އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް، އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިނޭ އަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށް ވެސް ބާރު އަޅުއްވާ ކަމެއް ނޫން ކަމަށެވެ.
"ކައިވެނިން ބޭރުން ދަރި ލިބި، އެ ކުދިންނަށް ލިބޭ ނިކަމެތިކަމާއި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމާ އޮތް ގުޅުމާ ގުޅޭ ގޮތުން ދެއްކި ވާހަކަ އޮޅިވަޑައިގަންނަވާ ނަމަ، މައާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކުގެ މައްސަލަ ހޫނުވެ، ދީނީ އިލްމުވެރިންގެ އިތުރުން އާންމުންގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފަ އެވެ.ަދ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮނދިއަނގަ
19 January 2019
ޒިނޭކުރާ އަންހެނުން ވިހާތަނަށް ތިމަންނަފަމޭ ބުނި ފޫޅުމާ ދައިތަދޯތީ ލަދުން ބޯ ހަލާކު
ބަނާނާ
19 January 2019
ބޯންވާނޭ ބޮވެންވާނޭ ވެސް ނުބުނަން. ދެދުނިޔޭގެ ސަލާމަތް އޮތީ ދޮންމީހުން އުޅޭގޮތަށް އުޅެގެނޭވެސް ނުބުނަން.
ގައުމީ ލޯބީގާ
19 January 2019
އެދުވަހު ބަޔަކު އެއްކޮށް ގެން އެދެއްކެވިވާހަކަ ބަޔަކު އެއްކޮށް ގެން އެވާހަކަތައް ބަދަލު ކޮށް ގެންދައްކާ.ތިރައިސްގެ ވެސް ތިބެނީ އަންހެން ދަރިން ގައުމެއްގެ ރައިސްކަން ކޮށް ފައިވާ މީހަކު ދައްކަން ހެއުވާނެ ވަރުގެ ވާހަކަ ތަކެއްނުން އެދެއްކީކީ ތިހެން ކޮށްލާ ޓްވީޓަކުން މައާފު ދޭގޮތަކަށް ނުން މިތިބީކީ .މީގެކުރިން ވެސް އިސްލާމުދީނާ ހިލާފަށް ދެކެވިފައިވާ ހުރިހާވާހަކަ އަކަށް މައާފަށް އެދޭންޖެހޭނެ .ދެން އެފަދަ ވާހަކަ ނުދައްކާނެ ކަމަށް ހުވާވެސް ކުރަންޖެހޭނެ
ކުޑަކަކޫ
19 January 2019
ނަޝީދަކީ ވަރަށްގަދަ އިލްމީ މީހެއް. މަހީކުރީ ޝޭހުންނަކީ ވަރަށް ވިސްތޫނު ބައެއްކަމަށް. އެކަމްކު މިއަދު މަގޭ ވިސްނުން ބަދަލުވެއްޖެ.
ނޫރު
19 January 2019
މަށަކީ ރައީސް ނަޝީދަށް ވަރަށް ސަޕޯޓް ކުރިމީހެއް . މިހާރު ދެން ހަމަ މީނަޔަށް ވޯޓެއް ލެވޭނެ އެއްގޮތްވެސް ނެތް... އަންނި ދީނަށް އިހްތިރާމް ނުކުރިޔަސް އެހެން ދިވެހިން ދީން ގަބޫލް ކުރާކަން ވިސްނަންވާނެ ވާހަކަ ދައްކާއިރު . ހިތަށް އަރާހާ އެއްޗެއް ކިޔަމުން ދުވަންޏާ ކުރިން ފެނިގެން ތި ދިޔަ ސަޕޯޓް ނޯންނާނެ.. ދިވެހި ރައްޔިތުން ފަހަތުގަ ނެތިއްޔާ ރައީސް ނަޝީދަކީ އެއްވެސް މީހެއް ނޫން.
ކިނާ
19 January 2019
އަންނި އަކި އަނގައޮޅޭ މީހެކޭ...އަނގަ ނޯޅޭ މީހާ ބެންކޮކުން އަންހެންކުދިން ހޯދަނީ ހިލޭއެއް ނޫނޭ ބުނެގެން މައްސަލައަކަށް ނުވި. ކޮންމެ މީހަކުވެސް ބަސްބުނުމުގެ ކުރިން ވިސްނާލުން ބުއްދިވެރި. ތިމާއަށް ކިޔޭ ނުކިޔޭ އެއްޗެއްނޭނގި ކިޔޭއެއްޗަކުން މުޖުތަމައުގައި ތިމާގެ އަގުވެއްޓޭގޮތް މެދުވެރިވޭ
ޟުހާ
19 January 2019
‘ބާރުގަދަ މަސްތުވާތަކެތި’ ބޭނުން ކުރުންދޯ މައްސަލައަކީ؟ ބާރުދެރައަސް މަސްތުވާތަކެތި ކަމަކުނުދާނެ އިގޭތޯ....؟
މުރޭ5
19 January 2019
މިއީ މުސްލިމުން ތިބެން ބޭނުންވާ ގައުމެއް...ނަޝީދާ އޭނަގެ ބައިގަނޑު ޔޫކޭގަ ތިއުޅެން ބޭނުންވާ ގޮތަށް އުޅެންދިޔައީމަ ވީނު....މަވެސް އެމްޑީޕީ އެކަމް ދީނަށް ހަޖޫޖެހީމާ ގޯސްވީ...
ހާމަ333
19 January 2019
އެއީ އެއްކަލަ ބުނާ ހިނދުކޮޅުގަ ހުންނެވި ވަގުތެއްގަ ދެއްކުނު ވާހަކަވީމަ އެހެން އެވީ...ދެން މީ މިދިމާވާ މައްސަލައަކީ މާނަ އޮޅޭމީހާ މީގަ ގޯސް މިވަނީ...ކިޔާމީހާ ބުނަނީ ރަނގަޅަށް މާނަ ގޯސްވަނީ....ބޯހަލާކު ދޫނިރާއްޖޭގަ އުޅެން...
ސައީދުތުރީ
19 January 2019
ކައިވެނިން ބޭރުން ދަރި ލިބި އެ ކުދިންނަށް ލިބޭ ނިކަމެތިކަމާއި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމާ އޮތް ގުޅުމާ ގުޅޭ ގޮތުން ދެއްކި ވާހަކަ އޮޅިވަޑައިގަންނަވާ ނަމަ، މައާފަށް އެދެން ނަޝީދު ވިދާޅުވި މިލިޔުން ކިޔާލީމާ ހިތައް އަރަނީ މިބާރުގަދަ މަސްތުވާ ތަކެތި ހަދާފެކްޓުރީތައް މިރާށްޖޭގައި ހަމަ ގިނައީހެވެ ދެން ކީއްވެގެންތޯ ފަޓާސް މިރާއްޖޭން ލިބެން ނުހުންނަނީ އެއީ ފަޓާސް އަކީ މަނާއެއްޗެށް ދެން ކީއްވެތޯ ތިޔަވިދާޅުވާ މަސްތުވާ އެއްޗެތިލިބެނީ ހުރިހާވެސް ކމކ