ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ގޮނޑުދޮށުގައި ޓޫރިސްޓުންތަކެއް ހަރަކާތްތެރިވަނީ-- ފޮޓޯ: މިހާރު
19 ޖެނުއަރީ 2019 - 20:13
ޕެރަޑައިސް އައިލެންޑް ރިސޯޓަށް ޗުއްޓީ ހޭދަ ކުރުމަށް ގޮސް އުޅުނު އުމުރުން ދުވަސްވީ ޓޫރިސްޓަކު މޫދުގައި މަރުވެފައި އޮއްވައި މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ ޗެކްރިޕަބްލިކަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ މަރުވެފައި އޮތީ މޫދުގައި ކަމަށް ފުލުހުން ބުނެ އެވެ. މިހާރު އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.
މިދިޔަ ބުދަ ދުވަހު ވެސް ވަނީ ޕެރަޑައިސް ރިސޯޓުގެ މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް 10 ޓޫރިސްޓުންނާއި ތިން ރިސޯޓު މުވައްޒަފަކު މަރުވެފައިވާ އިރު ޓޫރިސްޓުންގެ ގިނަ ބަޔަކު މަރުވެފައި ވަނީ ހިތާމަވެރި ހާދިސާތަކުގަ އެވެ. އޭގެ ތެރޭގައި ގެނބުން ފަދަ ހާދިސާތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކަސަކަ
20 January 2019
މިއަހަރުގެ މިހާތަމަށް ކޮންމެ ދެދުވަހަކުން އެއްދުވަހު ޓޫރިސްޓެއް މަރުވަމުން އެދަނީ. މީގެ އިތުރުން އެތަކެއް ދިވެހީންވެސް އެކްސިޑެންޓްތަކާ ގޮތްނޭނގޭ ގޮތައް މަރުވަމުންދަނީ. ޤައުމު އެލާރޓް ވާކަށް ނުވޭބާ؟
އިސްޙާގު
20 January 2019
ސްނަޮކަލިންނަށް ލައިފްޖެކެޓް އަޅުވާފައި ފޮނުވަން ފައްޓާ
ރިކޯޑް
20 January 2019
ހުރިހާ އުމުރެއްގެ ދޭސީ ބިދޭސީ މީހުންގެ އެންމެ ގިނަ މަރާ އެކްސިޑެންޓް ރިކޯޑަކަށްވާ މަހެއް ކަމުގަ މި ޖެނުއަރީ އެބަވޭ.
އަލީ!
20 January 2019
ހުރިހާ ރިސޯޓެއްގަޔާ ހުރިހާ ރަށެއްގަވެސް ލައިފްގާޑުން ބައިތިއްބަންޖެހޭ.
ބޫންބޫންގާޑު
20 January 2019
ބޫން ބޫން އަށް ގޮވާލަން ކޮންމެ ރިސޯޓެއްގައި ސޭފްޓީ ގާޑުން ގާއިމްކުރުމަކީ ކުރަން މަޖްބޫރުކަމެއްކަން ހަރުއަޑުން ބޫންލާފަ އެވާހަކަ ދައްކަން. އެކަން މިހާރުން މިހާރަށް ރިސޯޓުތަކުގަިއ ތަޢާރަފް ކުރަން. މޫދަށް އެރޭ ސަރަހައްދުތަކުގެ ގާޑުން އަބަދު ރަށް ވަށައިގެން މޮނިޓަރކޮށް ބަލަން ޖެހޭނެ ! ގާޑުން އަބަދުވެސް ތިބެންޖެހޭނީ މޫދުގައި މޫދު ސަިއިކަލްގައި. އަނެއްކާ އެކަން ވެގެން ދާނެ ކަނޑަށް ފަރިތަ އެތައް ދިވެހިންނަށް ލިބޭނެ ވަޒީފާގެ ފުރްސަތުތަކަކަށް.
ޒަމީރު
20 January 2019
ގާސިމުގެ ރިސޯޓުތައް ހިންގާގޮތް މިހިރީ އަހަރަކު ކިތައްމަރު ތި ޕެރަޑަެިސްގަ، ދެން ވިސްނާލާ
ޢަދީބު
20 January 2019
ޙީހީ މައްސަލަ ބަލަނީ
ޙިނި
20 January 2019
ޙެހެ ޓޫރިޒަމް މިނިސްޓަރޫ ކަމެއްނުވިޔަސް ބަރާބަރައް މުސާރަ ނަގާތި
ޏ އަލްގެދަރ އާންތު
19 January 2019
ޚިތައް ލައިފްގާޑް ތިރަށުގަ ތިބޭތޯވެސް ބަލަންވެއްޖެނުން
ހަކީމް
19 January 2019
" މިހާރު އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ. " ދެން މަ ހީހީ ... ދިވެހި ފުލުހުންގެ މަރުތަކުގެ " ތަހުގީގު " ނިކަން ރަނގަޅަށް ދިވެހިންނަށް އެނގޭނެ.