ހުޅުމާލޭގައި ތަރައްގީ ކުރާ ބައެއް އިމާރާތްތައް
20 ޖެނުއަރީ 2019 - 10:54
ކޮމާޝަލް ބޭނުންތަކަށް ހުޅުމާލޭން ބައެއް ތަންތަން ކުއްޔަށް ދޭން ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނީ "ސެންތްރޯ މޯލް" އިން އެއް ޔުނިޓާއި "ރެނާޓަސް އިތާމުތް" އިން ތިން ޔުނިޓަކާއި ކޮމާޝަލް ބްލޮކުން ތިން ތަނަކާއި ވެޔަހައުސް ޝެލް-1 އިން ހަތަރު ޔުނިޓެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ހުޅުމާލޭ ސެންތްރޯ އިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހެދުން ފަދަ ތަކެތި ވިއްކާ ފިހާރައެއްގެ ޖާގަ އެވެ. ގާތްގަނޑަކަށް 460 އަކަފޫޓުގެ މި އޭރިއާގެ ބިޑު ސެކިއުރިޓީއަށް 50،000ރ. ދައްކަންޖެހެ އެވެ. މި ތަން ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރަށެވެ.
ރެނާޓަސް އިން ދޫކުރަނީ ކެފޭ ނުވަތަ ރެސްޓޯރެންޓް ހިންގާނެ ސަރަހައްދަކާއި ކޮންވިނިއެންސް ސްޓޯރެއްގެ އިތުރުން އޮފީސް ސްޕޭސް ނުވަތަ ރީޓެއިލް ފިހާރައަކަށް ހާއްސަ ޔުނިޓެކެވެ. މި ހުރިހާ ތަނެއްގެ ވެސް ބިޑު ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހެ އެވެ. މިތަން ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އަހަރަށެވެ.
ކޮމާޝަލް ބްލޮކު-އީ އިން ދޫކުރާ ޔުނިޓުގައި ފިހާރައެއް ނުވަތަ އޮފީހެއް ހިންގަން ވެސް ބޭނުން ކުރެވިދާނެ އެވެ. ބިޑު ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަންޖެހޭ އިރު މިތަން ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށެވެ.
ވެއަހައުސް ޝެލް-1 ގެ ހަތަރު ޔުނިޓަކީ ވެސް ޑްރައި ސްޓޯރޭޖަށް ހާއްސަ ތަންތަނަށެވެ. މި ތަންތަން ބޭނުންވާ ފަރާތްތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި 50.000ރ. ދައްކަންޖެހޭ އިރު މިތަން ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
މީގެ އިތުރުން އަމީން އެވެނިއު އިން ބޮޑު ބައެއް ވަނީ ކޮމާޝަލް ބޭނުމަށް ހުޅުވާލާފަ އެވެ. އަމީން އެވެނިއުގެ ގަރާޖު ޔުނިޓް ފިޔަވައި އެހެން ހުރިހާ ތަނެއްގެ ބިޑް ސެކިއުރިޓީއަކީ 50،000ރ. އެވެ. އެތަނުގެ ހުރިހާ ތަނެއް ވެސް ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށެވެ. ގަރާޖު ޔުނިޓް ދޫކުރުމަށްޓަކައި ބިޑު ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހުށަހަޅަންޖެހެ އެވެ.
މިތަންތަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މައުލޫމާތު އޮޅުން ފިލުވަންޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
20 January 2019
އަޖައިބެއްނުވާނެތަ? ތިޔަރަށުގެ ރައްވެހިންގެ ތެރޭން ކުދި ވިޔަފާރިތަކަށް ކޮންމެވެސް ސްކީމެއްގެ ދަށުން ތަންތަން ދޫކޮށްބަލަ. އަނެއްކާވެސް ތިޔަތަންތަން ނަގާނީ 99 ގެ މުއްސަދި މަހްޖަނުން. ވެރިމީހާ ބަދަލުކުރަން 7 ގަޑިއިރު ކިޔޫގަހުރެގެން ވެސް ވޯޓުލީ ރަނގަޅުވާނެކަމަށް. އެކަމަކު ބަދަލުކުރެވުނީ މީހާގެ ނަމާއި ސިފަ.
އައިލެންޑަރ
20 January 2019
ތީ ވަކިބަޔަކަށް ދޭން ނިންމާފަ ހުރި ތަން ތަން ކަން ވަރަށް ސާފް ، ކެފޭ އައްވެސް މަހަކު އެބަ ދައްކަންޖެހޭ -/70000ރ - މިސަރުކާރަށް ވަރަށް ސަލާމް!
ޝޮކްތެރަޕީ
20 January 2019
މީ އެމްޑިޕީ މީހުންނަ ދޭންއުޅޭ ކަމެއްހެން ހީވަނީ.
އެބަޖެހޭ
20 January 2019
ތިޔާ ގޮތަށް ދޫކުރާ ތަންތަނުން ކުރާނެ ފައިދާ އެއް ނޯންނާނެ ރާއްޖޭގެ އެއްވެސް ވިޔަފާރި އަކަށް އަދި ވިޔަފާރި ވެރިއަކަށް ވެސް ރާއްޖޭގެ ވިޔަފާރީގެ ކެޕިޓަލް އަކީ އެއީ މާލެ ސަރަހައްދު ކަމަށްވާއިރު އެބަޖެހޭ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނި ތަކަށް ހުޅުމާލޭން މަދުވެގެން 2 ހާސް އަކަފޫޓްގެ 5 ހާސް ގޯތި ދޫކޮށްލުމަށް ޓަކައި ހުޅުމާލެ 2 ގެ އިރުން އޮތް ފަޅު ހިއްކާ އެތަނުން ބިންތައް ދޫކޮށްލަން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ
ރާއްޖެ
20 January 2019
ކާކުގެ އެކައުންޓަށް ޑިޕޮސިޓް ކުރަން ވީ؟
ނުރަބޯ
20 January 2019
ތިތާ އުޅޭ މީހުންނަށް ލާރިކޮޅެއް މަދުވީދޯ.
މާރަނގާ - އައްޑޫ ސިޓީ
20 January 2019
ސެކިއުރިޓީ ޑިޕޮސިޓާއި ކުލި ދައްކާންޖެހެނީ ނަގުދު ފައިސާއިންތޯ، ތިޔަ ކުންފުނީގެ އެކައުންޓަށް ފައިސާޖަމާކޮށް ބޭންކް ސްލިޕް ހުށަހަޅާގޮތަށްތޯ ނުވަތަ ކުންފުނީގެ ނަމުގައި އޮތް ބޭންކް ގެރަންޓީ ޗެކަކުންތޯ؟ * * މިހެން އަހާންޖެހެނީ އެމްއެމްޕީއާރުސީ އަށް ފަހު ފައިސާ ބަހައްޓާ “އަހަރުމެންގެ ބޭންކް” ވެސް ބަޔަކު ދޮވެލައިފި ކަންއިގޭތީ. * * ތިތަންތަނުގެމީހުން ނުބަލާނެ ފައިސާވެއްޖެއްޔާ ހަލާލެއް ހަރާމެއް. “ކުރިން ގަދަކަމުން ރައީސްކަން ކުރިމީހަކު” ވެސް ބުނި މިހެން.
ފާރަގެމަ
20 January 2019
ދެފުއް ފެންނަ ގޮތައް ދޫކުރަންވާނީ . ބިޑު ކޮމެޓީ މީހުން ޖީބު ބޮޑުވާގޮތަކައް ނޫން
ރައްޔިތުންގެ ބިން
20 January 2019
ތީގައި ކުދި އަދި މެދުފަންތީގެ މީހަކަށް ކުރިމަތިލެވޭނެ ގޮތެއްނެތް.. ތިޔަފައްޓަނީ ލައްކައިން،، ހެހ.. ކޮންމެ ވެރިޔަކުބަދަލުވާއިރަށް ތަންތަންދޫކަން ފައްޓާނެ.. މަތީފަންތިޔަށް އަމާޒު ހިފާފަ