ޚަބަރު / ހުޅުމާލެ

7،000 ފްލެޓު މަޝްރޫއަށް ބޮޑު ބަދަލެއް! ތިން ކޮޓަރީގެ ފުލެޓް ވެސް ހަދަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 މީހުންނަށް އަމާޒުކޮށްގެން އިމާރާތް ކުރާ ފްލެޓްތަކުގެ ބިންގާ ކުރީގެ ސަރުކާރުން ނޮވެމްބަރު 17، 2017 ގައި އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ދެ މުވައްޒަފަކު ގާ ބާއްވަނީ.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓަކީ ދިވެހިންނާ ގުޅޭ ގޮތަށް ހަދާ ތަންތަނަށް ނުވާތީ، އެ ފްލެޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ނިންމައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ ތެރޭގައި ކުރީގެ ސަރުކާރުން މުޅިން ވެސް ހިމަނާފައި ވަނީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ތަންތަނެވެ. ދެ ކޮޓަރީގެ ފްލެޓެއްގެ ބޮޑުމިނަކީ 550 އަކަފޫޓެވެ. ނަމަވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިހާރު ނިންމާފައި ވަނީ އޭގެ ތެރެއިން ބައެއް ފްލެޓްތައް ތިން ކޮޓަރި އަށް ބަދަލުކުރުމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެގޮތަށް ބަދަލު ގެންނަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެ ފްލެޓްތަކުގެ ހާލަތު ބެލިއިރު، އެއީ ދިވެހިންނާ އެއްވެސް ވަރަކަށް ގުޅޭ ގޮތަށް ހަދަމުންދާ ތަންތަނަށް ނުވާތީ ކަމަށެވެ.

މި މަޝްރޫގައި 25 ބުރީގެ 16 ޓަވަރު ނުވަތަ ބްލޮކް އިމާރާތް ކުރަން ނިންމާފައިވާއިރު މިހާރު ވަނީ 10 ޓަވަރެއްގެ ސްޓްރަކްޗާ ނިންމައި އެތެރެއިން ރާނަން ފަށައިފަ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ތިން ކޮޓަރި އަށް ބަދަލުކުރެވެން އޮތީ ސްޓްރަކްޗަ އެއްކޮށް ނުނިންމައި އަދި އެތެރެއިން ރާނަން ފަށާފައި ނުވާ ޓަވަރުތަކުގައި ހިމެނޭ ފްލެޓްތައް ކަމަށެވެ.

"ރޭނިފައި ހުރި ތަނެއް އަނެއްކާ ތަޅާލާފައި ބަދަލުކުރުން އެއީ ކޮސްޓަކަށް ވާނެ. އެކަމަކު ފާރުތައް ނުރޭނި ހުރި ތަންތަނުގައި މި ވަގުތަށް ދެން އިތުރަށް ފާރުތައް ނުރާނަން އަޅުގަނޑުމެން ވާނީ އެދިފައި،" ސުހައިލް ވިދާޅުވި އެވެ.

"ސަރުކާރުން އިރުޝާދު ދެއްވާފައި އެބަ އޮތް ކިހާ ވަރެއްތޯ ތިން ބެޑްރޫމަށް ބަދަލުކުރެވޭނީ ބަލަން. މިސާލަކަށް އެތެރޭގެ ލޭއައުޓްތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން ކުރެވޭތޯ އެބަ ބަލަން. އެހެންވެއްޖިއްޔާ [ފްލެޓްތަކުގެ] އަދަދު ވެސް މަދުވާނެ. ތިން ފްލެޓް އެއްކޮށްލައިގެން ދެ ފްލެޓް ނެގޭނީ. އެހެންވެ އެކްސަސައިޒެއް އެބަ ހިންގަން މިހާރު."

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންގެ ލައިފްސްޓައިލާއި އާއިލާތައް ދިރިއުޅޭ ގޮތަށް ބަލާއިރު މިހާރު އާންމު ގޮތެއްގައި ބޭނުން ވަނީ ތިން ކޮޓަރީގެ ފްލެޓްތަކެވެ.

"އަޅުގަނޑުމެންގެ ފެމިލީތައް ދިރިއުޅެން ބިނާ ކޮށްފައި ވަނީ ޝެއާ ކޮށްގެން އުޅުމަށް. ޓިޕިކަލް ފެމިލީއެއްގައި ވެސް ދެމަފިރިންނާއި ދެ ކުދިން ތިބޭނެ. ރަށްރަށުން ދޭތެރެދޭތެރެއިން އައިސް ބައްޕަ ނޫނީ މަންމަ އަބަދުވެސް އުޅޭނެ. އެހެންވީމާ ތިން ކޮޓަރި ނެތިއްޔާ އާންމުކޮށް އެއީ ކުޑަ މިންވަރެއް،" ހުޅުމާލެ ތަރައްގީ ކުރަން ފެށީއްސުރެ އެތަނުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި ސުހައިލް ވިދާޅުވި އެވެ.

"ސޯޝަލް ހައުސިންއޭ ކިޔަސް އެއީ ފެމިލީއެއް ދިގު މުއްދަތަކަށް އުޅެން ހަދާ ތަނެއް. މި އުޅެނީ ކްރައިސިސްއެއް އައިސްގެން މީހުން ވަންނާނެ ތަނެއް ނެތިގެނެއް ނޫން. ބޭނުންވެގެން މި އުޅެނީ ނަމްބަރުތައް އިތުރު ކުރުމެއް ނޫން. އެއީ އެކަށީގެންވާ ތަނަކަށް ވެސް ވާން ޖެހޭނެ."

ފްލެޓްތަކުގައި ބޮޑެތި މައްސަލަތަކެއް

އެއްފަހަރާ 35،000 މީހުންނަށް ބޯހިޔާވަހިކަން ހޯދުމަށް ހިންގާ މި ބިޔަ މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީ އަށް 7.5 ބިލިއަން ރުފިޔާގެ ބޮޑު ލޯނެއް ނަގައިގެން ކަމަށް ވިޔަސް އެއީ އެއްގޮތަކަށް ވެސް އިންސާނުން ހަމަޖެހިލައިގެން ދިރިއުޅެން އެކަށީގެންވާ ގޮތަށް ހަދާ ތަންތަން ކަމަކަށް ނުބެލެވެ އެވެ. އެއީ އެކަށީގެންވާ ގޮތަކަށް ހަދާ ތަންތަންތޯ ސުވާލު ދެންނެވުމުން ސީދާ އެ އަށް ޖަވާބެއް ނުދެއްވި ނަމަވެސް ސުހައިލް ދެއްކެވި ވާހަކަތަކާއި ދެއްވި މައުލޫމާތައް ބަލާއިރު އެހާ ގިނަ ބަޔަކު އެ ތަނުގައި ދިރިއުޅެން ހެޔޮ ނުވާނެއޭ ބުނެވިދާނެ އެވެ.

މި 25 ބުރީގެ ކޮންމެ ފްލެޓެއްގައި [ޖުމްލަ 16 ބްލޮކް] ފަސް މީހުން ދިރިއުޅޭނެ ކަމަށް ބެލި ނަމަވެސް އެއީ 35،000 މީހުންނެވެ. އެ ހުރިހާ އެންމެން އަރައި ފޭބުމަށް ހުރީ އެންމެ ތިން ލިފްޓެވެ. ކަރަންޓު އަދިވެސް ޔަގީން ނުވާ ދުވަސްވަރެއްގައި، އެކަމަށް ހައްލެއް ނެތެވެ.

ދެ ކޮޓަރީގެ ފްލެޓެއްގެ ސައިޒަކީ 550 އަކަފޫޓެވެ. އެއް ކޮޓަރީގެ ހުރިހާ ފްލެޓެއްގެ ކުޑަ ދޮރުތައް ހުޅުވެނީ ދެ ފްލެޓް ބަރީގެ ދެމެދު ހިނގަން އޮންނަ ޖާގަ އަށެވެ. އެ ޖާގައިގެ ސައިޒް ހަތަރު ފޫޓު ވަރު ވެސް ނުވެ އެވެ.

ފްލެޓްތައް ދޫކުރާއިރު، ޓައިލްސް ޖެހުމާއި އެތެރޭގެ އެއްވެސް ދޮރެއް ނުހިމެނެ އެވެ. މާނަ އަކީ އިމާރާތުގެ އަގުގެ ތެރޭގައި އެ މަސައްކަތެއް ހިމަނައިފައި ނެތެވެ. އެހެންކަމުން މިހާރު ނަގާފައިވާ ލޯނުގެ އިތުރުން، އެ ހުރިހާ ކަމެއް ނިންމާފައި ފްލެޓްތައް އާންމުންނަށް ދޫކުރާ ނަމަ އިތުރު 42 މިލިއަން ޑޮލަރު (647 މިލިއަން ރުފިޔާ) ބޭނުންވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދޫކުރާ ފްލެޓްތަކަށް އެދޭ ފޯމް ހޯދުމަށްޓަކައި ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ސުހައިލް ވިދާޅުވީ އެއީ ކަންބޮޑުވާން ޖެހޭ މައްސަލަތަކެއް ކަމަށެވެ. ޚާއްސަކޮށް ކޮޓަރިތަކުގެ ސައިޒް އެހާ ކުޑަވުމާއި ލިފްޓްތައް މަދުކަން އޭނާ ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.

"ސޯޝަލް ހައުސިންގައި ވެސް އެކްސެޕްޓް ކުރެވޭނެ ލެވެލެއް ނޫން މިއީ. އެ ލެވެލްގައި މީހުން ވަދެގެން ހަ މަސް ފަހުން ޓައިލްސް ޖެހުމާއި ދޮރު ހަރުކުރުން ފަދަ ކަންކަން ކުރުމުން އެހެން މީހުންނަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖެ އަށް ސުއިޓަބްލް މޮޑެލްއެއް ނޫން. އިމަޖެންސީ ހާލަތެއްގައި ކަރަންޓު ބޭނުން ކުރެވޭނެ ގޮތެއް ނެތް. އޮފީހަށް، ސްކޫލަށް ދާނީ އެއް ގަޑީގައި. އެ ގަޑީގައި ވެސް ތިން ލިފްޓޭ ބޭނުންކުރަން ހަމަޖައްސާފައި އޮތީ."

މި ފްލެޓްތަކަށް ހިނގާ ހަރަދު ނިސްބަތުން ބޮޑު ކަމަށް ސުހައިލް ވިދާޅުވި އެވެ. ހިސާބު ހަދައި ލުމުން ޓައިލްސް އާއި އެތެރޭގެ ދޮރުތައް ނުލައި އެޕާޓްމަންޓަކަށް ޖެހެނީ 62،000 ޑޮލަރު ނުވަތަ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. އެއީ އަކަފޫޓަކަށް ބަލާ ނަމަ 2،000ރ. އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެ ފެންވަރަށް ހެދޭނެއޭ [އަކަފޫޓަކަށް] 1،000ރ އަށް،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު އަގު ބޮޑުވި ސަބަބެއް ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ، ސުހައިލް ވިދާޅުވީ، އެއީ 25 ބުރިއަށް އިމާރާތް ކުރާތީ ފައުންޑޭޝަންގެ ޚަރަދު ބޮޑުވާތީ ކަމަށެވެ.

"ޚާއްސަކޮށް ސޯޝަލް ހައުސިން އަށް 25 ބުރިއެއް ބޭނުމެއް ނުވޭ. އަޅުގަނޑަށް ފެންނަނީ މިއީ ނަމްބާސް އިތުރު ކުރަން އުޅެފައި އޮތް މަސައްކަތެއް ކަމަށް. ބަލަން ވާ ވަރަށް ނުބަލައި ކަންކަން ކޮށްފައި މި ވަނީ،" ސުހައިލް

މި މަޝްރޫއުގެ ފްލެޓަކަށް 62،000 ޑޮލަރު ޖެހޭއިރު، ފްލެޓުގެ އަގު ހޯދާ ނަމަ ކޮންމެ ފްލެޓެއް ދޫކުރެވޭނީ، ސުހައިލް ވިދާޅުވި ގޮތުގައި، މަހަކު 11،000ރ. އަށެވެ. މިއީ ކުރީ ސަރުކާރުން އެންމެ ފަހުން ދޫކުރި ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ 6،000ރ އަށް ބަލާ ނަމަ ބޮޑު އަދަދެކެވެ.

އެހެންކަމުން 7،000 ފްލެޓް މަޝްރޫއުން ފްލެޓް، 11،000ރ އަށް ވުރެ ހެޔޮ އަގެއްގައި ދޫކުރެވެނީ، ސުހައިލް ވިދާޅުވި ގޮތުގައި، ސަރުކާރުން ސަބްސިޑީ ދީގެންނެވެ.

މި ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް ކުރިއަށް ގެންގޮސްފައިވާތީ މަސައްކަތް ހުއްޓާލުމަކީ ސަރުކާރުގެ ވިސްނުމެއް ނޫނެވެ. އެހެންވެ، އާންމުންނާ ވީހާ ވެސް ގުޅޭ ގޮތަކަށް ފްލެޓްތަކުގެ ސްޓްރަކްޗަރާއި އެހެނިހެން ކަންކަން ބަދަލުކޮށްގެން މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ސުހައިލް ވިދާޅުވި އެވެ. އެގޮތުން އިތުރު ލިފްޓްތައް ލައި، ތިން ކޮޓަރި އަށް ތަންތަން ބަދަލުކުރުން ފަދަ ކަންކަން ކުރާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފްލެޓްތައް ދޫކުރަން މި ސަރުކާރުން ބޭނުންވަނީ ހަމައެކަނި ހަތަރު ފާރާ އެކު ނޫނެވެ.

މައްސަލަ އަކީ 25 ބުރިއަށް ހެދުން

ސުހައިލް ދެކެވަޑައިގަންނަވާ ގޮތުގައި 7،000 ފްލެޓް މަޝްރޫއު ކުރީގެ ސަރުކާރުން ފެށީ ބަލަން ވާ ވަރަށް ނުބަލަ އެވެ. ޚާއްސަކޮށް އެ ފްލެޓްތައް 25 ބުރިއަށް އިމާރާތް ކުރަން ނިންމުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަޕްލޭން އެކުލާވާލާފައި ވަނީ 160،000 މީހުންނަށް އަމާޒުކޮށްގެން ކަމަށް ވާއިރު 25 ބުރިއަށް އިމާރާތް ނުކޮށް ވެސް ސޯޝަލް ހައުސިންގައި އެ އަމާޒަށް ވާސިލް ވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"ޚާއްސަކޮށް ސޯޝަލް ހައުސިން އަށް 25 ބުރިއެއް ބޭނުމެއް ނުވޭ. އަޅުގަނޑަށް ފެންނަނީ މިއީ ނަމްބާސް އިތުރު ކުރަން އުޅެފައި އޮތް މަސައްކަތެއް ކަމަށް. ބަލަން ވާ ވަރަށް ނުބަލައި ކަންކަން ކޮށްފައި މި ވަނީ،" އޭނާ ވިދާޅުވި އެވެ.

މި 7،000 ފްލެޓްގެ މަޝްރޫއު މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ވަނީ ދީފަ އެވެ. އެކަމަކު އެ ހިސާބަށް ދާއިރު، ނިންމަން ޖެހޭ އެހެން ކަންކަން އަދިވެސް އެބަ ހުއްޓެވެ. އެގޮތުން ސްކޫލާއި ހޮސްޕިޓަލެއް އެ ސަރަހައްދަކު ނެތެވެ. ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ ކަންކަން ފަށައިގަތުމުގައި ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.

139 ކޮމެންޓް, 288 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 9%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު

25 January 2019

އަޅުގަނޑަށް ރޮވިއްޖެ، ހެޔޮނުވާނެ ސަރުކާރަކުން ދައުލަތުން މިވަރު ބޮޑު ދެރައެއް ދޭކަށެއް. އަޅުގަނޑު މިހިރީ ހަމަ ހައިރާންވެ އަންތަރީސްވެފައި ނިމިގެން ދިޔަ ސަރުކާރުގެ މީހުން އައު ޕާރޓީއެއް ހަދައިގެން ވެރިކަކަަށް އަންނަން އުޅޭތީ - ކީއްވެތޯ އެފަދަ މީހުންނަށް ސަރީއަތް ނުކުރެވޭންވީ - ބުންޔާ ބުނާނޭ އަޅުގނޑު އެކަމާ ދެކޮޅު ހެދީމޭ - ގޮތެއް ނެތިންނޭ އެއްބަސްވީ - ދެކޮޅުހެދީ މުުއިއްޒުތޯ؟ ޔާމިންތ؟؟

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

24 January 2019

މީ ބެއްޔާބުނާވާހަކަ. ދައުލަތުގެ ކުންފުނިތައް ހިންގަން ހަވާލުކުރަންޖެހެނީީ ޤާބިލު، ފަންނީ މީހުންނާއި. އެކިޔާ، "ޕާޓީއަށް ވަފާތެރި" އެކްޓިވިސްޓުންނަކާނޫން. އަދި ހަމަ އެހެންމެ ބޭނުންވާ ޚިދުމަތް ހޯދަންވާނީވެސް ދިވެހި ދައުލަތުގެ ފައިސާ ޚަރަދުކުރަން އޮންނަ އުަސޫލުގެ ތެރެެއިން.

The name is already taken The name is available. Register?

އެދުރުބެގެ ދަރި

24 January 2019

ސުހައިލަކީ ދާއިރާގެ ފަންނީ މީހެއް. ޢެކަމކު މިހާރު އެ އުފައްދަނީ ފިތުނަ. ޢެފަދަ ބަދަލެއް އެ ގެންނަނީ އަލުން އިއުލާން ކުރަން. ޢޭރުން މިސަރުކާރުން ބޭނުންވާ މީހުންނަށް ފްލެޓް ދެވޭނެ.

The name is already taken The name is available. Register?

އެންމެންވެސް ފަގީރު

22 January 2019

އޅުގަޑުމެން ގިނަ ދިވެހިންނަކީ ފަގީރުން. ވަޒީފާއިންމިލިބޭ 15000 ރުފިޔާ އެއީ ކޯއްޗެއް. އެއަކުން އިންސާނީ ޒަރޫރީ ބޭނުންތަކެއް ނުފުއްދޭނެ. ބޭނުންވާ ބައެއްކަނތައްތަކުން މަހުރޫމްވެތިބެ އަޅުގަޑުމެން ދިރިއުޅެމުންދަނީ. ރިސޯޓްތަކަކީ ދައުތަގެ(ހުރިހާ ރައްޔިތުންގެ) އެއްޗަކަށް ހަދަން އެބަޖެހޭ. ވަކި މީހަކު އެވިޔަފާރި ކުރީމަ ވާގޮތަކީ އޭނައެކަނި އުފަލުގަ އުޅެފަ، ދެންތިބިމީހުން ހިތްދަތިކަމުގައި އުޅެމުންދަނީ--- ރިސޯޓްތަކުން ލިބޭ ފައިދާއިން އެމީހުން ދައުލަތަށް(ރައޔ

The name is already taken The name is available. Register?

އަމާ

22 January 2019

ސުހައިލު ބުނަންތަ ވާހަކައެއް. ކީއްވެބާ 550 އަކަފޫޓުގެ ޖާގައެއްގައި ދެކޮޓަރީގެ ފުލެޓު އިންސާނުން ދިރިއުޅެން ކަމުނުދަނީ. ކާކުބާ އެގޮތަށް ނިންމީ. ސުހައިލުގެ ވެރިކަމުގަ އެބަހުރި ހުޅުމާލޭގަ އެއަށްވުރެ ކުޑަ އޭރިޔާއެއްގައި ދެކޮޓަރި އެއްފާޚާނާ ފުލެޓު ހަދާފަ ދީފަ. އެތަންތާނގަ ދިރިއުޅެނީ އިންސާނުންނެއްނޫންތަ؟ ކީއްވެ މިހާރު ކަމުނުދާންވީ އިންސާނުން ދިރިއުޅެން. ތެދެއް ތިން ލިފްޓް މަދު އެހާބޮޑު އިމާރާތަކަށް.

The name is already taken The name is available. Register?

ސުހައިލް

23 January 2019

މަވެރިކަން ކުރީ ކޮން އިރަކު؟

The name is already taken The name is available. Register?

ވިސްނާށެ

25 January 2019

ކުޑަވީމަ....

The name is already taken The name is available. Register?

އަލީބަލީ

22 January 2019

ޔާމީން ސަރުކާރުން ކުރި ކޮންމެ ކަމެއް ދެފަހަރު ކުރަންޖެހޭނެ. އަގު އެހާ ބޮޑުވާނެ. ބައެއްގެ ޖީބު ނުފުރޭ ގޮތަށް އެއްވެސް ކަމެއް ހަވާލެއް ނުކުރާނެ. 550 އަކަފޫޓު އެއްކޮޓަރީގައި ދަރިއަކު ގޮވައިގެން އާއިލާއެއް ދިރިއުޅެނީ ކިހިނެއް؟ 3 ފްލެޓުން އެވަރުގެ ބޮޑު ޓަވަރަކަށް އަރާފައިބާ ހަދަންޖެހޭނީ ކިއުގައި ތިބެގެން. މިކަންކަން ބަދަލު ކުރަންޖެހޭ.

The name is already taken The name is available. Register?

ޖަޒީރާ ރައްޔިތުން

22 January 2019

ފުލެޓްތައް ދަނޑި ފަނުން އަޅަންވީނު. ހަރަދު ކުޑަވެފަ ނުލާހިކު ޖަޒީރާ ވަންތަވާނެ

The name is already taken The name is available. Register?

ހިތާމަވެރި ކަމެއް.

22 January 2019

3 ކޮޓަރިިއޭ ދިރިިއުޅުމޭ ވައްޓަފާޅިިއޭ ކިޔައިިގެން އަގު ބޮޑު ކުރަން ވެގެން ހާސަރު ދަމަން ފެށީ. ލިޔުމެއް އަތުގަ އޮތަކަސް އުންމީދު ފެނަށް ތިި ދުއްވާލީ. ކުލީ އަޅުވެތިިކަމުން ސަލާމަތް ވެދާނެ ކަމުގަ ދެނެއް ނެތް ހީވެސް ކޮށްލެވޭކަށް. މިމީހުންނަކަށް މިިކަމެއް ނުވާނެ.

The name is already taken The name is available. Register?

ޔާނު

22 January 2019

މިހާރު 200 އަކަފޫޓުގައި 10000 އަށް 6 މީހުން އުޅެން އެންމެ ރަނގަޅޫ. އެކަމަކު 550 އަކަފޫޓުގައި 5 މީހުންގެ އާއިލާއެއް 6000 އަށް އުޅެން ކަމަކު ނުދޭ. މާލޭގެ ގެތަކުގެ ކުލި ވެއްޓޭތީ އަސްލު މައްސަލައަކީ. 3 ކޮޓަރިއެއްނޫން. 3 ކޮޓަރި ބޭނުމެއް ނުވާނެ އަހަރަކު އެއްފަހަރު ރަށުން އަންނަ ބަޔަކު ބައިތިއްބާކަށް. އަހުރެމެންގެ ބޯކާން ނޫޅޭ.

The name is already taken The name is available. Register?

އަސްލުރޭޓު

22 January 2019

ސުހައިލު ކަލޭ އަހުރެމެން މޮޔަހައްދަން ނޫޅޭށެވެ. 550 އަކަފޫޓުގައި ތަށިމުށިޖެހުމާއި، 7 ވަރަކަށް ދޮރުލުމަށް 60 ހާސް ޚަރަދުކުރަންޖެހުނަސް ސަރުކާރުން ކަލޭމެނަށް ސަބްސިޑީ ދޭކަށް ނުޖެހޭއެވެ. މަހަކު 11000 ކުއްޔަށް ދެއްކުމުން 8 އަހަރުން 1000000 މިލިޔަން ރުފިޔާ ކަވަރުވާނެ އެވެ. ސޯސަލް ހައުސިން އަކީ 8 އަހަރުން އަދާކުރާ އެއްޗެއްނޫނެވެ. 6000 ރ އަށް ކުއްޔަށް ދީފިނަމަ 14 އަހަރުން 1 މިލިޔަން ކަވަރުވާނެ އެވެ. މާނައަކީ 20 އަހަރަށް ބެހުމުން 432 ހާސް ފައިދާވާނެއޭ.

The name is already taken The name is available. Register?

ދެކޮޅުވެރިޔާ

22 January 2019

ތިއީ ސަރުކާރަށް ފައިސާ ދައްކާ ގޮތަށް ހަދާނަމައެވެ. އެހެނަސް މިހާރު ތިޔަ ގޮތަކަށް ނަހަދައެވެ. އެއް ފަހަރާ އެއްމިލިއަން ނުދެއްކޭނަމަ ގެ ލިބޭ ފަރާތުން ޖެހޭނީ ލޯނު ސްކީމަކަށްދާށެވެ. އޭރުން ތިރީސް އަހަރަށް ވެސް ބެހިދާނެއެވެ. ނަމަވެސް ލޯނު ދައްކާ ނިމޭއިރު އޮންނާނީ 3 މިލިއަން އަރާފައެވެ.

The name is already taken The name is available. Register?

ސޯސަލިސްޓް

24 January 2019

ދެކޮޅުވެރިޔާ އަށް އެނގޭތަ 'ސޯސަލް ހައުސިންގ' އަކީ ކޮބައިކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454