ވިޔަފާރި

ހަސަންބެގެ ހިޔާލަށް ތާއީދު ކުރަންތަ؟

ބްރިޖު ސަރަހައްދުގައި އުމުރުން ދުވަސްވީ ދެމީހަކު މަޑުކޮށްލައިގެން--ފޮޓޯ:މިހާރު

ހަސަންބެއާ މީގެ ހަފްތާއެއްހާ ދުވަސްކުރިން ދިމާވި އެވެ. ހަސަންބެ ދަނީ ކޮންތަނަކަށްތޯ ސުވާލުކޮށްލުމުން، މިދަނީ ޕެންޝަން އޮފީހަށޭ ބުނެ ހަސަންބެގެ ދަތުރުގެ ތަފްސީލް ދޭން ފެށި އެވެ. ހަސަންބެގެ ވާހަކަތައް އަޑުއަހާލުމުން އެނގުނީ ހަސަންބެގެ މުސާރައިން ޕެންޝަނަށް ފައިސާ ދައްކަންޖެހޭތީ އެކަމާ ނުރުހިގެން އުޅޭ ކަމެވެ.

އޭނާގެ އުމުރުން 60 އަހަރު ވެފައިވާއިރު ވަޒީފާ އަދާކުރާ ތިން ކުދިން ވެސް އެބަތިއްބެވެ. ދިރިއުޅުމުގެ ގިނަކަންކަން މިހާރު ވެސް ބަލަހައްޓަނީ އެ ކުދިންނެވެ. އާމްދަނީ ލިބޭ ދަރިން ތިބި މީހަކު ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ އޮތީ ކޮން ބޭނުމެއްތޯ އޭނާ ސުވާލު ކުރި އެވެ. ހަސަންބެގެ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން އާނއެކޭ ބުނެ އޭނާގެ ދަރިންގެ ހާލު އޮޅުންފިލުވާލީމެވެ. ހުރިހާ ކުދިން ވެސް ރަނގަޅު ކަމަށް ބުންޏެވެ. އަދި އެންމެން ވެސް މިހާރު ދިރިއުޅެނީ މާލޭގައި ކަމަށް ބުންޏެވެ.

ދަރިންގެ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް މާލޭގެ ކުލި ބޮޑުކަމުގެ ވާހަކަ ފެށި އެވެ. ކުއްޔާއި ތަކެތީގެ އަގު ބޮޑުކަމުން މާލެގައި ދިރިއުޅުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫންކަމާއި އޭގެ ސަބަބުން އޭނާގެ ދަރިން ތަހައްމަލު ކުރަމުންދާ އުނދަގޫތަކުގެ ވާހަކަ ކިޔައިދިނެވެ. އަަދި ހަސަންބެއަކީ ބައްޔަކަށް ދިގު މުއްދަތަކަށް ބޭސްކުރަންޖެހޭ މީހެއްކަމުން، ބޭސްފަރުވާ އަށް އިންޑިޔާ އަށް ދާންޖެހޭ ދުވަސް ކައިރިވެފައި ވީނަމަވެސް ބޭނުންވާ ވަރަށް ލާރި އެއްނުކުރެވޭ ވާހަކަ ބުންޏެވެ.

މިހެން ބުނުމުން ހަސަންބެ އެކާމާ ނުވިސްނިޔަސް ދަރިން އެކަން ހަމަޖައްސާނެ ނޫންތޯ ސުވާލު ކުރީމެވެ. ޖަވާބަކަށްވީ އެ ކުދިންނަށް ވެސް އަދި އެވަރު ނުވެގެން އުޅޭ ވާހަކަ އެވެ. މިހެން ބުނުމުން ޕެންޝަންގެ ވާހަކަ އަލުން ފަށައި ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ މުސްތަގުބަލުގައި ދަރިންނަށް ހޯދައިދެވޭނެ ލުޔެއް ކަމުގައި ނުދެކެންތޯ ސުވާލުކޮށްލީމެވެ. އަދި، ވަޒީފާއިން މުސްކުޅިވާ ދުވަހު ޕެންޝަންގެ ގޮތުގައި ރަނގަޅު އެއްޗެއް ލިބޭ ނަމަ ބޭސްފަރުވާ އަށް ދަތުރުކޮށްލުން ފަދަ ކަންކަން ދަރިންނަށް ބަރޯސާނުވެ ކޮށްލެވޭނެ ނޫންހޭ ބުނެލީމެވެ. ހަސަންބެގެ ރާގު ކުއްލިޔަކަށް ބަދަލުވެ ޕެންޝަން ދެނީ ސަރުކާރުން ނޫންހޭ، އެކަމަށް އަހަރެމެންގެ މުސާރައިން ފައިސާ ކެނޑުމުގެ ބޭނުމެއް ކޮބައިހޭ، ދެން ގޮސްލަނީއޭ ބުނެ ހަސަންބެ ހިނގައިގަތެވެ.

މިއީ ހަސަންބެ ފަދަ އެތައް ބައެއްގެ ފަރާތުން ޕެންޝަނާ މެދު އިވެންމުންދާ ވާހަކަތަކެކެވެ. މިދިޔަ އަހަރު ޕެންޝަން އޮފީހުން ކުރި ސާވޭއެއްގައި ބައިވެރިވި މީހުންގެ 86 ޕަސެންޓް މީހުން، ޕެންޝަނަށް ފައިސާ ރައްކާކުރަން ޖެހޭކަން ގަބޫލުކުރާ ކަމަށް ބުނެފައިވެ އެވެ. އޭގެތެރެއިން 62 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ ރިޓަޔަމަންޓަށް ފައިސާ ރައްކާ ކުރުމަކީ ދައުލަތުން ނުވަތަ އާއިލާއިން ނުވަތަ ވަޒީފާ ދޭ ފަރާތުން އަދާކުރަންޖެހޭ ޒިންމާއެކެވެ. މީގެތެރެއިން 53 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ސަރުކާރު، ނުވަތަ ދައުލަތެވެ.

ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ދައުލަތް ނުވަތަ ސަރުކާރު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ އެންމެ ބޮޑު އެއް ސަބަބަކީ އުމުރުން 65 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ދައުލަތުން އަސާސީ ޕެންޝަން ފޯރުކޮށްދެމުން ދިއުމާއި، ދިރިއުޅުމުގެ ހަރަދުތައް މައްޗަށްދާ މިންވަރަށް ބަލައި އަސާސީ ޕެންޝަނުގެ ގޮތުގައި ދެވޭ އަދަދަށް ބަދަލު ގެންނަ ގޮތަށް ޕެންޝަން ގާނޫނުގައި އޮންނަ އޮތުމާ ހިލާފަށް، އެފަދަ ކަންކަމަށް ބެލުމެއްނެތި ޕެންޝަނުގެ އަދަދު މަތިކުރަމުންދާ ދިއުމާއި ޕެންޝަން ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ވެސް ޕެންޝަން ގާނޫނުގެ ބޭރުން ދައުލަތުގެ ހަރަދުގައި ޕެންޝަން ފޯރުކޮށްދެމުންދާ ދިއުން ކަމުގައި ބެލެވިދާނެ އެވެ.

މީގެ އިތުރުން، ޕެންޝަން ފޯރުކޮށްދިނުމަށް ދައުލަތުން ކުރާ ޚަރަދާއި އާބާދީ އަށް އަންނަ ބަދަލަށް ބަލާއިރު ޕެންޝަން ދިނުމުގައި މިހާރު އަމަލުކުރެވެމުންދާ އުސޫލުން ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް ފޯރުކޮށްދެމުން ދިއުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދެކޭވެލެއް މަދުކަމީ ވެސް މިކަމުގެ ސަބަބެއް ކަމުގައި ބެލެވިދާނެ އެވެ.

ރާއްޖޭގެ އާބާދީ އަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، ޕެންޝަން އޮފީހުން 2015 ވަނަ އަހަރު ޝާއިއުކޮށްފައިވާ އީބުލެޓިންގައި ޔޫއެންއެފްޕީ އަދި ޔޫއެން ޕޮޕިއުލޭޝަން ޑިވިޝަންގެ ތަފާސްހިސާބުތަކަށް ހަވާލާދީ ހަދާފައިވާ ރާއްޖޭގެ އާބާދީގެ އާންދާޒާގައިވާ ގޮތުން 2024 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގައި 65 އަހަރުން މަތީގެ އުމުރުފުރާގެ ޙިއްޞާ ހަތް ޕަސެންޓަށް އުފުލި، 2050 ވަނަ އަހަރާ ހަމައަށް ދާއިރު މިނިސްބަތް 18 ޕަސެންޓަށް އުފުލިގެން ދާނެކަމަށް ލަފާކުރެވެ އެވެ.

މަސައްކަތް ކުރާ އުމުރުފުރާގެ ނިސްބަތް 2024 ވަނަ އަހަރު އަންނައިރު 73 ޕަސެންޓްގައި ހުރުމަށްފަހު، 2050 ވަނަ އަހަރާ ހަމައަށްދާއިރު 66 ޕަސެންޓަށް ތިރިވެގެން ދާނެ ކަމަށް ލަފާކުރެވެ އެވެ. އަދި، ލަފާކުރެވޭ ގޮތުގައި 2050 ވަނަ އަހަރު އަންނައިރު ރާއްޖޭގައި ރިޓަޔާ ކޮށްފައިވާ 88000 މީހުން ތިބޭނެ އެވެ. މި އަދަދަކީ އާބާދީގައި އޭރު މަސައްކަތްކުރާނެ ކަމަށް ލަފާކުރެވޭ ކޮންމެ ތިން މީހަކަށް ރިޓަޔާ ކޮށްފައިވާ އެކަކު ޖެހޭނެ ޢަދަދަކެވެ.

އާބާދީގައި ރިޓަޔާ ކުރާ މީހުންގެ ނިސްބަތް މިގޮތަށް އުފުލިގެންދާއިރު، ދައުލަތުން ޕެންޝަން ފޯރުކޮށްދިނުމަށް ކުރާ ޚަރަދަށް ބަލާނަމަ ވޯލްޑް ބޭންކްގެ އެޗްޑީއެންއެސްޕީ ޕެންޝަން ޑޭޓާބޭސްގެ ހިސާބުތައް ދައްކާގޮތުން، ރާއްޖެއަކީ މި ސަރަޙައްދުގެ ނިސްބަތުން ވެސް ޕެންޝަނަށް އެންމެ ބޮޑަށް ޚަރަދުކުރާ ގައުމެވެ. ދިވެހިރާއްޖެއާ ބެހޭގޮތުން އދ. ގެ ޕޮޕިއުލޭޝަން ޑިވިޜަނުން ޢާންމުކޮށްފައިވާ ހިސާބުތަކާއި، ދައުލަތުން ދެމުންގެންދާ ޕެންޝަންތަކުގެ ތެރެއިން ހަމައެކަނި އަސާސީ ޕެންޝަނާއި، ސީނިއަ ސިޓިޒަން އެލަވަންސް ދިނުމަށް ދައުލަތުން 2050 ވަނަ އަހަރުގެ ނިޔަލަށް ކުރާނެ ހަރަދުކަމަށް ޕެންޝަން އޮފީހުން ހަދާފައިވާ އަންދާޒާ އަށް ބަލާއިރު 2015 ވަނަ އަހަރުން ފެށިންގެ ކުރިޔަށް އޮތް 10 އަހަރުތެރޭ ދައުލަތުން އެވަރެޖްކޮށް އަހަރަކަށް 1.3 ބިލިޔަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް ބެލެވެ އެވެ. ދެހާސް ފަންސާސް ވަނަ އަހަރާ ހަމަޔަށް ދާއިރު މިއަދަދު ފަސް ބިލިޔަށް ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ރާއްޖޭގެ ޕެންޝަން ނިޒާމު މިހާރު ފަރުމާ ކުރެވިފައިވާ ގޮތުން އަސާސީ ޕެންޝަންގެ ގޮތުގައި ދޭންޖެހޭ ފައިސާ އާއި ސީނިއަ ސިޓިޒަން އެލަވަންސް އާއި ދައުލަތުގެ އެކި އެކި މުއައްސަސާތަކުން ވަޒީފާއިން މުސްކުޅި ކުރުމާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެނީ ސީދާ ދައުލަތުގެ ބަޖެޓުން ކަމަށްވެފައި، އާބާދީގައި އުމުރުން ދުވަސްވެފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާ ނަމަ، ދައުލަތުގެ ބަޖެޓަށް ކުރިޔަށް އޮތްތަނުގައި ބާރު ބޮޑުވެ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންތައްތައް ކޮށްފައިވާ އުސޫލުން ޓެކްސް އިތުރުކުރުން ނުވަތަ ރިޓަޔާކުރާ އުމުރު މަތިކުރުން ފަދަ ކަންތައްތައް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ކަންމިހެން އޮތުމާއެކު ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ދޫކޮށްލުމުގެ ބަދަލުގައި އެކަމުގައި އަމިއްލަ ފަރުދުންގެ ދައުރެއް އޮތްކަން ގަބޫލުކޮށް، ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ ތިމާގެ އިތުރުން އާއިލާ އާއި މުޅި މުޖުތަމައަށް ވެސް އޭގެ ފައިދާ ކުރާނޭ ކަމެކެވެ.

މިކަންކަމަށް ނަޒަރު ހިންގައި ވިސްނާލުމުން ހަސަންބެގެ ހިޔާލަށް ތާއީދު ކުރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. އެހެންވެ މިސުވާލު ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

18 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 7%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންބެއްޔާ

21 January 2019

65އަހަރުވެގެން ވަޒީފާއިން ވަކިވީމާ، އެލަވަންސްދެނީ އެމީހާ ޕެންޝަނަށް ޖަމާކުރި ފައިސާއިންތޯ؟ ނޫނީ ސީދާ ސަރުކާރުގެ ބަޖެޓުންތޯ؟ ނޫނީ އެމީހާ ޕެންޝަނަށް ޖަމާކުރި ފައިސާއިންނާއި ސަރުކާރުގެ ބަޖެޓު(މިދެބައިގެ ތެރެއިން)ގެ ތެރެއިން ޢަދަދު ހަމަކޮށްގެންތޯ؟ މިކަން އެބަޖެހޭ ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުވާން. 65އަހަރު ވެގެން ސަރުކާރުން ދޭ އެލަވަންސެއްނަމަ، އެމީހާ ޖަމާކުރި ޕެންޝަން ފައިސާގެ ތެރެއިން އެއަށް ފައިސާ ލެވިގެންނުވާނެ ކަމަށް ޤަބޫލުކުރަނީ

The name is already taken The name is available. Register?

އުނބުށެން

21 January 2019

ހަސަންބެއަށް ލިބިފައިވާ ދަރިން ހަސަންބެ ބެލިނަމަވެސް ރާއްޖޭގައި ދަރިންނާއި ތިމާގެ މީހުންގެ އެހީނެތިގެން ސަރުކާރުން ބަލަންޖެހިފައިތިބީ ކިތައް މީހުންތޯއެވެ. އަދި ދަރިޔަކު ތިމާގެ މީހަކު ނެތި އަޅާލާނެ ޔާރެއް އިޔާރެއްނެތި ދައުލަތުން ބަލަމުންދަނީ ކިތައް މީހުންތޯއެވެ. މުސާރައިން އެންމެ 7 ޕަސެންޓް ކަނޑާތީ ވާދައްޗެއް އެވަރު ނުކެނޑިޔަސް ވާނެއެވެ. މިހާރުވެސް އެއްވަރަކަށް ލިބޭ މީހުންވެސް އެކަކު ފުއްދައިގެން އުޅޭއިރު އަނެކަކު އުޅޭނީ ނުފުދިގެންނެވެ.

The name is already taken The name is available. Register?

Mariyam

21 January 2019

ޕެންޝަނަށް ފައިސާ ރައްކާކުރަންޖެހޭ ވަޒީފާގަ އުޅޭ އިރު. އެއީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް މި ނިޒާމް އޮވޭ. ސަރުކާރުން ހުރިހާކަމެއް ކޮށްދޭނެ ކަމަށް ތިބެގެން މިޒަމާނުގެ ތަރައްގީއެއް ނުލިބޭނެ. ހަސަންބެގެ ވާހަކައަށް ތާއީދެއް ނުކުރެވޭ. އެއަށްވުރެ އަހަރެމެން ޒިންމާދާރު ވާން ވެއްޖެ

The name is already taken The name is available. Register?

މުޖުތަބާ

21 January 2019

ފައިސާ މުސާރައިން ކެނޑޭ މީހުންނާ ޕެންޝަނަން ފަައިޖާ ޖަމާނުކުރާ މީހުންނަށް ލިބޭ ޕެންޝަން ތަފާތު ބެއްލެވުމަށް https://www.pension.gov.mv/dv/calculator

The name is already taken The name is available. Register?

ޭެއެދުރު

20 January 2019

އަހުރެންގެ އަންހެނުން ދުވަހަކުވެސް ވަޒީފާއެއް ގައިނުއުޅެ 65އަހަރުވީމާ 5000ރ އެބަލިބޭ އެކަމަކު އަހުރެން 30އަހަރު ސަރުކާރުގައި ޚިދުމަތް ކުރިން އެކަމަކު 65 އަހަރު ވީމަ ފަންޑުގައި ހުރި ފައިސާ އަހަރުތަކަކަށް ބަހާލައި މަހަކުލިބެނީ 5000ރ ހަމަނުވާ އަދަދެއް 'ކޮބާ ދެން ފަންޑުގެ ބޭނުމަކީ...

The name is already taken The name is available. Register?

އައްޑޫ ކަލޯ

20 January 2019

ސަރުކާރުގެ ޓެކްސް އިން ޕެންޝަން ދިނަސް ޓެކްސް ފައިސާ އަންނަނީ ކޮންތަނަކުންތޯ ބަލާލަން ޖެހޭ. ޓެކްސް ފައިސާ އަކީ ހަމަ ރައްޔިތުންގެ އަތުން ސަރުކާރަށް ނެގޭ އެއްޗެއް.. އެހެން ކަމުން ޕެންޝަނަށް ދިނުމަށް އަމިއްލަ އަތުން ފައިސާ ހަރަދު ނުކޮށް ވާނެ ގޮތެއް ޖެހޭނީ އަލަށް އީޖާދު ކުރަން! ރާއްޖޭގައި އެކަށީގެންވާ ޕެންޝަން ނިޒާމެއް ގާއިމްކޮށް، މިނިޒާމް ސިޔާސީ ބޯވަތަކާއި ނުފޫޒުތަކުން ޕެންޝަން އޮފީހުން ވަނީ ހިންގާފައި. އެކަމަށްޓަކައި ޕެންޝަން އޮފީހަށް ޝުކުރިއްޔާ!

The name is already taken The name is available. Register?

ޙައްވަ

20 January 2019

މުސްތަގްބަލުގަ ޕެންސަން ދެވޭނީ ޕެންސަނަށް ލާރިރައްކާ ކޮށްގެން.. ޕެންށަނަށް ޖަމާކުރާ ފައިސާއަކުން ނޫން 5000 ދެނީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަކޮށްގެން

The name is already taken The name is available. Register?

ތީނި

20 January 2019

ރާއްޖޭގައި ޖީއެސްޓީ ނަގާފަ ޕެންޝަން ފައިސާ ކަނޑާފަ މުދަލުން މައުމޫލްގެ ގޮތުގައި ޑިޔުޓީ ނަގައެވެ މިކަން ކަމަށް. ޖޯއެސްޓީ އެކަނި ނެގުމުން ފުދެން ޖެހެއެވެ

The name is already taken The name is available. Register?

ހަސަންބެދަރި

20 January 2019

ނުވިތާކަށް ގައުމަށް 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށް ރިޓަޔ ކުރުމުންވެސް މިލިބެނީ 4000ރ. ދެންއޭގެތެރެއަށް 65 އަހަރުގެ އެލަވަންސުން 1000ރ ލައިގެން 5000 ހަމަކޮށްދީފައި މިބުނަނީ ސީނިއަރސިޓިޒަން އެލަވަންސާ ރޓަޔަމަންޓް ޕެންޝަނޭ. ފައިސާރައްކާނުކޮށްލިބޭ އެލަވަންސާ އެކަނިވެރިމައިންގެ އެލަވަންސާ ގައުމަށް ދިގުމުއްދަތުގެ ޚިދުމަތްކުރުމަށްފަހު ލިބޭއެއްޗެއް ތަފާތުވާންޖެހޭނެ. ޚިދުމަތުގެ އަގުވަޒަންކުރައްވާ.

The name is already taken The name is available. Register?

ރަދީފްސް ޑޭޑް

20 January 2019

ހަސަންބެމެން މުސްކުޅިން އަދިވެސް ހުންނާނީ ބޯދާ މުސްކުޅި ހިޔާލު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454