ވިޔަފާރި / ސުހައިލް އަހުމަދު އެމްޑީ، (އެޗްޑީސީ)

ލޯނުތަކުގެ ބުރައާ އެކު އެޗްޑީސީ އަޑިއަށް

އެޗްޑީސީގެ އޮފީސް: މިހާރު ނަގާފައިވާ ލޯނުތަކާ ހެދި މާލީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައި --ފޮޓޯ:ހުސައިން ވަހީދު/މިހާރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ތިން އަހަރު ފަހުން އަލުން ސުހައިލް އަހުމަދު ވަޑައިގެންނެވި އިރު އޭނާއަށް އުފުއްލަވަން ޖެހިފައި އޮތީ ކުރިއަށް ވުރެ މާ ވަރުގަދަ، މާ ނާޒުކު މަސްއޫލިއްޔަތެކެވެ؛ ކުންފުނީގެ ގާބިލްކަމާ ނުބައްދަލު ބޮޑު ދަރަނިތަކުން ސަލާމަތްކޮށް، އެޗުޑީސީ އަލުން ކޮޅަށް ޖެހުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ރަޖާގަނޑެއްގެ ތެރޭގައި ގެންގުޅުނު ކުންފުނިން އެކި ގޮތްގޮތުން ޒިންމާ ނަގަން ޖެހޭ ލޯނުގެ އަދަދު 11 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެހެންކަމުން އެޗްޑީސީ ރަނގަޅު ސިއްހަތެއްގައި ކުރިއަށް ގެންދަން ކުރަން ޖެހިފައި ހުރި މަސައްކަތްތައް ބޮޑުވެފައި، ސަރުކާރުގެ އެހީތެރިކަން ވެސް އެހާމެ މުހިންމެވެ.

ސުހައިލް ވިދާޅުވި ގޮތުގައި އެޗްޑީސީގެ ނަމުގައި ލޯނު ނަގާފައި ވަނީ ކުންފުނީގެ "ކެޕޭސިޓީއަށް ވުރެ ގިނައިން"ނެވެ. އަދި އޭގެ ތެރެއިން ބައެއް ލޯނުތަކަށް އެޗްޑީސީގެ އަމިއްލަ ފައިސާ އިން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރުމުން، ކުންފުނީގެ ކޭޝްފްލޯ ވަނީ ތާށިވެފަ އެވެ.

"ބޭރުގެ ލޯނު ގިނަ ފަހަރަށް ލިބެނީ 100 ޕަސެންޓެއް ނޫން. އާންމުކޮށް 80 ޕަސެންޓް ނުވަތަ 85 ޕަސެންޓް މި ލިބެނީ. މިގޮތަށް ލިބޭ އިރު އެޗްޑީސީގެ ކޭޝްފްލޯ އިން ބާކީ ފައިސާ މަޝްރޫއުތަކަށް ހޭދަކޮށްފައިވޭ،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީން ނަގާފައިވާ ލޯނުގެ އަދަދު 750 މިލިއަން ޑޮލަރު (11.7 ބިލިއަން ރުފިޔާ) އަށް ވުރެ މަތި ކަމަށް ބެލެވެ އެވެ. މިއީ ކުންފުންޏަށް މިއަދު އޮތް އުފުލޭ ވަރަށް ވުރެ ބޮޑު މާލީ ބުރައެކެވެ.

ކުރީގެ ސަރުކާރުން އެޗްޑީސީގެ ބޮލުގައި އަޅުވާފައި ވަނީ ހަމައެކަނި ގެދޮރު މަޝްރޫއުތަކަށް، ނުވަތަ ހުޅުމާލޭގެ ތަނެއް ހިއްކަން ނެގި ލޯނުތަކެއް ނޫނެވެ. އެޗްޑީސީން ސީދާ ހަރަދުކުރަން ނުޖެހޭ އެކަމަކު ސަރުކާރުގެ ވަކި ސިޔާސަތުތަކެއް ފުރިހަމަކުރަން، ކުންފުންޏަށް އުފުލަން މަޖުބޫރުކުރި މާލީ ޒިންމާތަކެއް ވެސް، ޔާމީންގެ ސަރުކާރުން އޮތީ އަޅުވައިފަ އެވެ.

އޭގެ ތެރެއިން އެއް މަޝްރޫއުއަކީ ސިނަމާލެ ބްރިޖާ އެކު ހުޅުލެ އާއި ހުޅުމާލެ ގުޅުވާލަން ހެދި ލިންކް ރޯޑެވެ. އެއީ އެޗްޑީސީން ސީދާ ހޭދަކުރަން ނުޖެހޭ މަޝްރޫއުއެއް ނަމަވެސް އެކަމަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ނެގީ ވެސް އެ ކުންފުނީގެ ނަމުގަ އެވެ. އަދި އެ މަގު ބެލެހެއްޓުމުގެ ހަރަދު ވެސް ކުރަނީ އެޗްޑީސީންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު "މިހާރު"އަށް އިންޓަވިއު ދެއްވަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު

ލިންކް ރޯޑުގެ މަޝްރޫއުއަށް އެޗްޑީސީގެ އަމިއްލަ ފައިސާގެ ތެރެއިން 150 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި އެޗްޑީސީއަށް ބޭނުންވާ މާލީ ހަމަޖެހުން ގެނެވޭނީ އެ ލޯނަށް ސަރުކާރުން އެހީތެރިކަމެއް ދީގެންނެވެ. އެހެންކަމުން ހައްލެއް ހޯދަން އެޗްޑީސީން އަންނަނީ ސަރުކާރާ އެކު މަޝްވަރާ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންނާއި ބޯނަސް

ކުރީގެ ސަރުކާރުން އެޗްޑީސީ ލައްވާ އެހާ ގިނަ ލޯނުތަކެއް ނަގައި، ހަމައެކަނި އެ ކުންފުނީގެ ބޮލަށް ޖެހުމުގެ އިތުރުން އިންތިހާބާ ދިމާކޮށް ކުންފުނީގެ އޭރުގެ ވެރިން ކަން ކޮށްފައި ހުރީ ވެސް ގެއްލުން ބޮޑު ގޮތަކަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ކުއްލިއަކަށް އެޗްޑީސީގެ ވަޒީފާތަކަށް ވެއްދި އެތައް ސަތޭކަ މީހުންނެވެ. އިންތިހާބަށް ދެ މަހަށް ވެފައި އޮއްވާ 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދިންކަމުގެ އަޑުތައް އެރި އެވެ.

ކުންފުނިތަކުން ބޯނަސް ދެނީ ފައިދާއިން ކަމަށް ވިޔަސް އެޗްޑީސީން މިދިއަ އަހަރުގެ އޮގަސްޓް މަހު 15 މިލިއަން ރުފިޔާ ހަމައެކަނި ބޯނަސްއަށް ހޭދަކުރީ އެގޮތަށް ބަލާފައެއް ނޫނެވެ. އެހެންކަމުން އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ މާލީ ހާލަތަށް ވިސްނާލުމެއް ނެތި އެކަމަކު ކުންފުނީގެ ކުރިމަގަށް ހުރަސްއެޅޭ ކަންކަން ކޮށްފައި ހުރި ކަމަށް ފެނެ އެވެ.

އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން 2015 ގައި ސުހައިލް އިސްތިއުފާ ދެއްވި އިރު އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 400 އަށް ނާރަ އެވެ. އެކަމަކު އަލުން އެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު 900 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ.

އެއީ ކުންފުންޏަށް އޮތް ބުރައެކެވެ. އެޗްޑީސީއަށް ލިބޭ އާމްދަނީން އެ މުވައްޒަފުންގެ މުސާރަ ހަމަޖެއްސުނަސް އެހެން ކަމެއް ކުރަން އޮންނަނީ ތާށިވެފައި ކަމަށް، ސުހައިލް ވިދާޅުވި އެވެ.

"މިހާރު ލިބޭ އާމްދަނީން އަޅުގަނޑުމެން ސްޓާފުންގެ ކޯސްޓް ކަވަރު ކުރަން. އެހެން ނަމަވެސް ޕެންޑިން ބިލްތައް ނުވަތަ އަމިއްލަ ފަރާތްތައް ލައްވާ ކުރުވާ މަސައްކަތްތަކަށް އެބަހުރި ތާށި،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ މާލީ ހާލަތު ހަމަޔަކަށް އަޅުވަން ކުރަން ޖެހޭ ކަންކަން އާ މެނޭޖްމަންޓުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތާއި އެޗްޑީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަރައްގީކުރާ 404 ފްލެޓް މަޝްރޫއުއަށް ބޭނުންވާ ލޯނު ވީހާވެސް އަވަހަކަށް ހަމަޖެއްސުމެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހިންގާ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ މަޝްރޫއު ފެށީ ލޯނު ލިބޭނެކަމުގެ ޔަގީންކަން އޮވެގެން ކަމަށް ވެ އެވެ.

"މަސައްކަތް ފެށި ފަހުން އެ ލޯނު ހަމަނުޖެހުނީ،" ސުހައިލް ވިދާޅުވި އެވެ.

"އަސްލުގައި އަވަސް އަރުވާލައިގެން [މަޝްރޫއު] ފަށާފައި އޮތީ."

އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ ނަމަ، ސުހައިލް ވިދާޅުވީ، މި ވަގުތަށް އެޗްޑީސީގެ ކޭޝްފްލޯ ހަމައަކަށް އެޅުވިދާނެ ކަމަށެވެ. ނަމަވެސް އެޗްޑީސީއާ ގުޅޭ ގޮތުން ފެތުރުނު ވާހަކަތަކުގެ ސަބަބުން ބޭންކު ލޯނު ހޯދަން ދަތިތަކެއް ހުރި ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި މިވަގުތު ހުރި މާލީ ދަތިތަކުން އަރައިގަތުމަށް 100 މިލިއަން ރުފިޔާ ބޭނުންވެ އެވެ. ލިންކު ރޯޑުގެ މަޝްރޫއު އެޗްޑީސީގެ އަތުން ނަގާ، އެ ކުންފުނިން ހަރަދު ކުރި ފައިސާ އަނބުރާ ލިިބިއްޖެ ނަމަ ކުންފުނީގެ ކޭޝްފްލޯ މެނޭޖުކުރަން ލުއިތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މި ހުންނަނީ ސަރުކާރުގެ މާލީ ހާލަތަށް ބެލިކަމުގައި ވިޔަސް ފަސޭހަ ކަންކަމެއް ނޫނެވެ. ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއްގެ ބޮލުގައި އެހާ ބައިވަރު ލޯނުތަކެއް އެއްފަހަރާ އެޅުވުމުން ދިމާވާނެ ހުރިހާ ބުރައެއް އެޗުޑީސީން ދަަނީ އުފުލަމުންނެވެ. އެ ހާލަތުން ސަލާމަތްވެގެން ނޫނީ ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް ހިންގަން ވެސް އުނދަގޫވާނެ އެވެ. އަދި މުޅި ހުޅުމާލޭގެ ތަރައްގީ އަށް ވެސް ހުއްޓުންތަކެއް އަންނާނެ އެވެ.

33 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 66%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސީ

01 February 2019

ފުރަތަމަ އެޗް.ޑީ.ސީ ބޯޑް މެންބަރުންނާ، އެކްސްކޮމް، އެޗް.އޯ.ޑީ ގެ ބޮޑަތި މުސާރަ ކުޑަކޮށްބަލަ. އެމް.ޑީ. އަށް އެބަދޭ 100،000 މުސާރައަށް. ވެރީން މުސާރަ 50،000 ކައިރިކުރޭ

The name is already taken The name is available. Register?

އަސްނާ

31 January 2019

ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއްގެ ބޮލުގައި އެހާ ބައިވަރު ލޯނުތަކެއް އެއްފަހަރާ އެޅުވުމުން ދިމާވާނެ ހުރިހާ ބުރައެއް އެޗުޑީސީން ދަަނީ އުފުލަމުންނެވެ. އެ ހާލަތުން ސަލާމަތްވެގެން ނޫނީ ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް ހިންގަން ވެސް އުނދަގޫވާނެ އެވެ. އަދި މުޅި ހުޅުމާލޭގެ ތަރައްގީ އަށް ވެސް ހުއްޓުންތަކެއް އަންނާނެ އެވެ. މީއަހަރެން ކުރިން ދެއްކި ވާހަކަ ކަމެއް ، ތަރައްޤީ ނުވީ ލޯނާ ހެދިއޭ ބުނާނެ

The name is already taken The name is available. Register?

ސައީދުތުރީ

30 January 2019

ބަލަ ހުޅުމާލޭގަ ޖަންގަލީ މަދީތަ ގަސް އިންދާނެ ތަންތަން ފެނޭ ރަށްޔަތަކަށް ދިރިއުޅޭނެ ބިންކޮޅެއް ނުފެނޭ ޙުދު ތިމާމީހާގެ ދަރިންގެވެސް ހައްގެކޭ ގޯތި ގެދޮރަކީ މާލޭގެ ގޭގެޔަށް ވަދެ ބަލާލަބަލަ މާލޭގެ ރަށްޔަތުން އުޅޭހާލް ރަށްރަށުގެ މީހުންނަށް ގޯތި އެރަށްރަށުން ދޫކުރެވޭ މާލޭގެ ރަށްޔަތުން މިޖެހެނީ ބޮޑުއަގުގައި ގަންނަން ތިބޭފުޅުންގެވެސް ހަށްގެކޭ ދިރިއުޅޭނެ ބިންކޮޅެއް ލިބުން ތިބޭފުޅުންގެ ދަރިން ވެސް ބޭނުން ވާނޭ އަރާމް ދިރިއުޅުމެށް ކޮބާ ގާނޫނީ ހަމަހަމަކަން

The name is already taken The name is available. Register?

ހުސާނާނު

27 January 2019

ވަގުން ރަސްކަން ކުރަނީ ގޭގަތިބެ. އަދީބު ޖަލުގައި ބެހެއްޓީމަ ޔާމީން ވެރިކަމުގައި ހިންގި ހުރިހާ ކަމެއްގެ ކައްފާރާ ދޯ؟ އެޗްޑީސީ، އެމްޕީއެލް، މިހެންގޮސް ކިޔާނެ ކަމެއްނެތް، ހައްތާވެސް އަދީބު، ޖަލުގައި ހުރެގެންވެސް އަދީބު.

The name is already taken The name is available. Register?

މޫސަލް މިއާ

26 January 2019

މީ ކޮންކަހަލަ މީހެއް..ތާކުންތާކު ނުޖެހޭ ވާހަކަ ތިޔަ ދައްކަނީ..

The name is already taken The name is available. Register?

ިއިބްރާހީމް ރަޝީދު.

26 January 2019

ހައުސިންގް ޕްރޮޖެކްޓް ތަކަށް %100 ފައިނޭންސް ގަ ޕްރޮޖެކްޓް ހޯދުމަށް ހުށައެޅިފަރާތްތަކަށް ނުދިނީ ވައްކަން ނުކުރެވޭނެތީ. މިހާރު %85 އޭ ލިބުނީ ބުނުމަކީ ލަދުގަންނަންޖެހޭ ބޮޑު ކޮރަޕްޝަން އެއް. ސަރުކާރުން ގެރެންޓީދީގެން ނަގާ ލޯނު ތަކުގަ ވިޔަފާރި އުސޫލުން ލޯނުގެ ރީޕޭމަންޓް އަދާކުރެވޭނެ އިންތިޒާމް ތަކެއް އިތުރު ނުކޮށް "ހިހޫތަނުން ލޯނުނަގައިގެން ރައްޔިތުމީހާގެ ޓެކްސް އަށް ބަރޯސާކޮށް" ލޯނު ނެގުމަކީވެސް ކޮންމެ ސަރުކާރަކުން ހިންގިޔަސް ހިންގާ ޖަރީމާ ތަކެއް.

The name is already taken The name is available. Register?

ބުރަފަތި

26 January 2019

ވާނުވާ އައް އެންގޭތަ މީގެ ކުރިންވެސް މާލޭގެ ގެދޮރު ނެތް މީހުނައް ދިން ބިންތަކައް ހެދީ ކިހިނެއްކަން ބައެއް ބިން ވިއްކާލީ އަނެއް ބައިތަން ތަނުގަ ގެސްޓް ހޮޓާ ހިންގަނީ ބިން ކޮޅެއް ނެތިގެން، މުޅި ދިވެހި ރައްޔަރުންގެ ލާރިން ހިއްކާ ތަރައްގީ ކޮއްފަ އޮތް ތަނެއް މާލޭ މީހުން ވިޔަފާރި ކުރަން އަނެއްކާ ދޫކޮއްލަން ވީ؟؟؟

The name is already taken The name is available. Register?

ރީތި މޫސަ

26 January 2019

ބަލތިވީ ކިހިނެތް ނިމުނު ފަސްއަހަރު ފަތުއަޑުކިޔާފަ މަސައްކަތްތަޢްދިޔައީ ކުރިޔަށް ތިއުޅެނީ ޑްރާމާކުޅެން ދެންބުނާނީ ފައިސާއެއްނެތޭ ތިވަރުން ދެންވެރިކަންކުރަން ނޫޅޭ އަހަރުމެންބޭނުމީ އަވަހަށް ނިންމާފަ ފްލެޓްލިބެން

The name is already taken The name is available. Register?

ވަާނުވާ

25 January 2019

މިހާރުން ހަދަންވީ ގޮތަކީ 1000އަކަފޫޓްގެ 2000ބިން 50000ހަާސް ރުފިޔާގެ ޑައުން ޕޭވުމެންޓެއް ނަގާފަ މާލޭގެ ގެދޮރުނެތް ރައްޔިތުންނަށް ދޭންވީއެވެ. އޭރުން 100،000،000މިލިޔަން ރުފިޔާ އެެއްފަހަރާ ލިބުނީއެވެ. ދެން މަހަކު ވަކިވަރެއް ދައްކައިގެން 25 އަހަރުން ބިން މިލްކު ކުރެވޭ ގޮތް ހަދަންވީ:،

The name is already taken The name is available. Register?

ހަޑިގިއްލާ

25 January 2019

މުދިންތުއްތު ކާޑުގެ ހިންގާލިހެން ސައިމަން އެޗްޑީސީ ހިންގާލީ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454