ސިނަމާލެ ބްރިޖު: މިދިޔަ އޯގަސްޓު މަހު ބްރިޖު ހުޅުވިފަހުން ވަރަށް ގިނަ އަދަދަކަށް ބްރިޖާއި ހައިވޭގައި ވަނީ އެކްސިޑެންޓުތަކެއް ހިނގާފައިި -- މިހާރު ފައިލް ފޮޓޯ
24 ޖެނުއަރީ 2019 - 15:12
ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާ ސިނަމާލެ ބްރިޖުގައި ހަރުކުރާނީ ދުވެލި ބެލޭ ޓްރެފިކް ކެމެރާތަކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ އޯގަސްޓު މަހު ބްރިޖު ހުޅުވި ފަހުން ބްރިޖާއި ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ އިތުރުވެފަ އެވެ. ބްރިޖު ހުޅުވި ފަހުން ޑިސެމްބަރާ ހަމައަށް ޓްރެފިކް އެކްސިޑެންޓުތަކުގައި 269 މީހަކަށް އަނިޔާވެގެން ވަނީ ފަރުވާ ދީފަ އެވެ.
ބްރިޖުގައި އެކްސިޑެންޓުތައް ގިނަވެފައި ވާތީ ފުލުހުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ ބްރިޖުގައި ހަރު ކުރަން 77 ކެމެރާ ގަންނަން އިއްޔެ އިއުލާނުކޮށްފައި ވާއިރު އެ ކެމެރާތަކުން ދުވެލި ދެނެގަނެވޭނެ ކަމަށެވެ. އަދި ސީސީޓީވީ އަށް ވެސް ބޭނުންކުރެވޭނެ ކަމަށް ބުންޏެވެ. އެހެންވެ، ބާރަށް ދުއްވާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ފަސޭހަވެ، ޓްރެފިކް ކުށްތައް މޮނީޓަކުރެވޭނެ އެވެ.
ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް ގިނަކަމުން މިހާރު ވަނީ ބްރިޖުގައި ދަތުރުކުރާއިރު ހެލްމެޓު އެޅުން މާޗު މަހުން ފެށިގެން މަޖުބޫރުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފަ އެވެ.
ބްރިޖާއި ހައިވޭ ޔުނިޓާ ހަވާލުވެ ހުރި ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ހަސަން މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބްރިޖުގައި އެކްސިޑެންޓު ހިނގަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ގިނަ މީހުން ބާރަށް ދުއްވުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
25 January 2019
ސަލާމަތައް ރައްޔިތުންގެ އެންމެން ބަލަންވީ! ސަލާމަތްތެރި ވަސީލަތްތައް ބޭނުންކުރަންވީ!................................................................. ރައްޔިތުންގެ ސަލާމަތައް އެންމެންވެސް ދެކެންވީ. މިގޮތުން އެންމެ ފުރަތަމަވެސް ހެލްމެޓް ބޭނުންކުރުމާއި، މަގުތަކުގައި ސައިންބޯޑުތައް ހަރުކުރުން ވަރަށްމިހިންމު. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި އެވެނިކަމެއް މިވެނިކަމެއް ކޮށްގެން ވެހިކަލް ނުދުއްވުމަށް އިންޒާރުދޭ ލިއުންވެސްމަގުތަކުގައި ބެހެއްޓީދާނެ!
ޝެލް
25 January 2019
ރާއްޖޭގެ ފުލުހުން ކުރާކަމަކީ ބޯވަ ނެގުމާ ފަރުމަހަށް ދިއުމާ، އެއްގަމު މަސްވެރިކަން ކުރުމާ، ވޮލީއާއި ފުޓްބޯޅަ އާއި ފުޑްސަލް ކުޅުން، އަދި ނުވިތާކަށް ޓެކްސީ ކުރުން!! މި ހުރިހާކަމެއްކޮށް ނިމުނީމާ އެހެންކަމަކާ ވިސްނޭނީވެސް!
4567
25 January 2019
ކަމެއްވާ ދިމާވާއިރު ތިކެމެރާތަކުން ފެންނާނެތަ ތިކަމަށް ހަރދުވީ ކިހާވަރެއްތޯ ރޢްޔަތުންނަށް އަންގާލަދޭތި މިއުޅެނީ ބާރަށްދުއްވާމީހުން ނޭގިގެންތަ އެގޭ ފެންނަންވެސްފެނޭ ފިޔަވަޅުއަޅާނެ ބަަޔަކުނެތީ
ްްެއަދު
25 January 2019
ކެމެރާ ހުޅުމާލެ ލިންކުރޯޑްގަ ހަރުކުރާ ވާހަކައެއްނެތް މިއާޓިކަލްގަ
ކޮސްނުގޮވަ
25 January 2019
ކޮސް ނުގޮވާ ތިބޭ ..މީރާ އަށް ގޮސް އަހާލަަބަލަ ތި ބާރަށް ދުއްވާމީހުން ޖޫރިމަނާ އަރާފަ އޮތް ވަރެއް..50000 60000 މި އަދަދު ތަކުން ޖޫރިމަނާ އޮންނާނެ ...ގައިމު ފުލުހުން ދޯ މި ޖޫރިމަނާ ކުރާނީ.....މީރާ މީހުން އެ ޖޫރިމަނާ ހޯދަން ނޫޅޭތީ އެ ދުއްވާ ބަޔަކު މައިތިރި ނުވެގެން މި އުޅެނީ.....
އިމްރާން
25 January 2019
މުޙއްމަދު ހަސަން ފެއިލް
ރީތި މޫސަ
25 January 2019
ކެމެރާހަރުކުރިޔަސް ދުވެލިމަޑުކުރުވަން ފެށިދުވަހަކުންނޫނީ ތިކަންޙައްލެއްނުވާނެ ކިތަންމެހަނި ތަންކޮޅަކުންވެސް ބަލަނީ ބާރަށްދުއްވާލެވޭތޯ ވީމާ ބުރިޖުގައި ދުއްވާސްޕީޑްވެސް 25 ން40 އަށް ވުރެ މަތިނުވަންވީ މާލެ ހުޅުމާލޭގެ ދުވެލިވެސް 25 އަށް ވުރެބާރަށް ދުއްވިޔަނުދޭންވީ ހުއްޓުވާ ޖޫރިމަނާކޮށް ޓޯކުރަން ފަށަނިކޮން ހަމަޔަކަށްއެޅިދާނެ
ޖުލައި
24 January 2019
ޖިންނި ވެސް އަރާވައްތަރުގެ ކެމެރާ ހަރިކުރައްޗޭ.
ކުޑޭ1
24 January 2019
ތިޔަބުނާ ކެމެރާ ހަރުކޮށްގެންވެސް ބެލޭނީ ޤަވާއިދާއި ޙިލާފްވާތަން. ކެމެރާ ހަރުނުކުރިޔަސް މިމާލޭގެ ކޮންމެ ތަނަކުންވެސް ބާރު ސްޕީޑްގައި ދުއްވާމީހުންނާއި، ޤަވާއިދާއި ހިލާފަަށް އަދި ވަކިން ހާއްސަކޮށް ދުއްވާ އެއްޗެއްސާއި، ހިނގާއުޅޭ އެކި އުމުރުގެ މީހުންނަށް އުނދަގޫވާގޮތަށް ޕާކްކުރާމީހުން މަދެއްނުވާނެ. އެކަމަކު ކެމެރާއެއްނެތި ހަމަލޮލަށްފެންނަ ކަންކަމަށް ފިޔަވަޅު ނާޅައި، ކެމެރާ ބައިގެން ފިޔަވަޅު އަޅާނެކަމާމެދު ޝައްކު.
ޓާޒަން / ބ.ހިތާދޫ
24 January 2019
މަލޭ މަގުތަކުގާ ރޯމާދުވާލު ކިތަށް މީހުންކޮށާލީ ތިޔަ ކެމެރޭތަކުގެ ކުރިމަތީގާ. އެކަމަކު އޭއްޗިއްސަކަށް އެބައިމީހުންނެއް ނާރާ....... ތިހަރުކުރަންއުޅޭ ސްޕީޑު ބެލޭ ކެމެރާތަކަށްވެސް އަރާނީ ވަކިބަޔަކު. ސުލްހަވެރި ޒުވާނުންނެއް ތި ކެމެރާތަކަށް ނާރާނެ. އެއީ ރޫހާނީ ބާރުތަކެއް ލިބިގެންވާބައެއް.