ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ އިސްބޭފުޅުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
28 ޖެނުއަރީ 2019 - 11:25
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ހުޅުވާލި ލޯނު ލިބުނު ދަރިވަރުން އިއްޔެ އިއުލާނުކޮށްފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަދި އެކްޓިން ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުއްރަހީމް މިއަދު ވިދާޅުވީ މިދިޔަ އޮގަސްޓް މަހު ހުޅުވާލި ލޯނަށް 650 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ލޯނު ދީފައިވަނީ 315 ދަރިވަރުންނަށެވެ.
ލޯނު ލިބުނު ދަރިވަރުންނަށް މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އެކަމުގެ ލިޔުން ހަވާލުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަ ސަތޭކައިގެ ޖާގައިގެ ތެރެއިން ރާއްޖޭގައި ކިޔެވުމަށް ހުޅުވާލީ 300 ފުރުސަތެވެ. ރާއްޖޭން ބޭރުގައި ކިޔެވުމަށް 200 އަދި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަކުރީ 100 ފުރުސަތެވެ.
ނަމަވެސް ޖާގަ ދީފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 113 ފުރުސަތު، ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 169 ފުރުސަތު އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުން އަންނަ 33 ދަރިވަރަކަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެންމެ ގިނަ ދަރިވަރުން ކުރިމަތިލާފައިވަނީ ރާއްޖޭން ބޭރުގައި ޑިގްރީއަށް ކިޔެވުމަށެވެ.
މިނިސްޓްރީން ވަނީ، މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް ލޯނު ދައްކާ މުއްދަތު އިތުރުކޮށްފަ އެވެ. މިފަހަރު ލޯނަށް ހޮވުނު ދަރިވަރުންނަށް ވެސް ލޯނު ދޭން ނިންމާފައިވަނީ އާ އުސޫލުގެ ތެރެއިންނެވެ.
އަންނަ މަހުގެ ކުރީކޮޅު، މަތީ ތައުލީމުގެ ލޯނުގެ އާ ފުުރުސަތަކަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
28 January 2019
ފޮނިދެއްކުން މީގަމިއޮތީ ރާއްޖޭގަ ކިޔެވެން ހުރި އެއްޗެއް ކިޔަވަން ރާއްޖެއިން ބޭރައް ދާކައްނުޖެހޭ ސަރުކާރުން ހަރަދުކުރާކައްނުޖެހޭ ތިޔައްވުރެ މާރަނގަޅުވާނެ ގެދޮރު ނުހެދިފަ ތިބިމީހުނައް ތިޔަބުނާ 3 ޕަސަންޓުގަ ލޯނުދިނިއްޔާ
ސިރުހާން
28 January 2019
ރާއްޖޭން ބޭރަަށް ލާރިތައް ހަރަދުކުރުމުގަ ވިސްނާލުން ބުއްދިވެރިވާނެ މިރާއްޖޭން ރަނގަޅުފެންވަރުގައި ލިބެންނެތް އެއްޗަކަށްތޯ މިހަރަދުކުރެވެނީ. ތައުލީމަކީ ޕްރައިޑަކަށްވުރެ ބޮޑަށް އިލްމުހޯދުމުގެ މަސައްކަތެކެެވެ. ރާއްޖޭން ބޭރުން ކިޔެވުމަކީ ޝަރަފެއްގެ ގޮތުގަ އޮންނަންޖެހޭކަމެއްނޫންނެވެ.
ހައްޤުބަސް
28 January 2019
ރާއްޖޭގައި ދުނިޔެ ޤަބޫލުކުރާ ފެންވަރުގަ ކިޔެވެންހުރި ދާއިރާތަކުން ރާއްޖޭންބޭރަށް ކުދިން ފޮނުވަން ހިއްވަރުދިނުމަކީ ކުރެވޭ އިސްރާފެއް. ނަމަވެސް ސައިންގެ މާއްދާތަކުން ފޮނުވަންވީ ގިނަގިނައިން. އެކަމަކު މިސާލަކަށް އެކައުންޓިންގ އަދި ބިޒްނަސްގެ ބައެއް ދާއިރާތަކުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔުނިވާރސިޓީތަކުން ލިބޭ ރިކޮގްނިޝަން އަދި އެގްޒެމްޕްޝަން މިއަދު ރާއްޖޭގައި ކިޔަވައިގެންވެސް އެބަލިބޭ. ދުނިޔޭގެ ބޮޑެތި ބޮޑީތަކުން ބަލައިގަތުމުގަ ތަފާތެއްނެތް.
ފައިސަލް މޫސާ
28 January 2019
އަހަރުމެން ހީކުރީ ޑިޕާޓްމަންޓް އަކުން މިނިސްޓްރީ އަކަށް ބަދަލުވީމަ ރަނގަޅު ސްޓްރަޓަޖީއެއް ތިޔަ މިނިސްޓްރީން ކުރިއަރުވާނެކަމަށް، އެކަމަކު މިޖެހެނީ ކޮންތާކު، މިިނިސްޓްރީ އުފެއްދީ ރާއްޖޭގެ މަތީތައުލީމް ކުރިއަރުވަން، އެކަމަކު މިނިސްޓްރީއަށް ކަނޑައަޅާ ފައިސާ ދެވެނީ ބޭރުގެ ޔުނިވަސިޓީ ކޮލެޖުތަކަށް، މިހެން މިކަން ކުރާތީ 19 އަހަރު މަތީތައުލީމް ކުރިއަރުވަން ފުރުނުއިރުވެސް ބޭރަށް ކުދިން ނުފޮނުވާ ނުވީ، މިއީ ވަކި ބަޔަކު ބޭރަށް ފޮނުވަން ހިންގޭކަމެއް
ކަރީމުއްދީން ބާޝާ
28 January 2019
ތިކަމިގާވެސް އޮންނަނީ ދަށުންދަމާކުޅުން. އެމީހާ ހައްގުހޯދަން ތެދުވެއްޖެނަމަ އޭނާގެ ހަޔާތް ނިމިދަނީ ހައްގުހޯދުމުގާ.
ޓިޕް
28 January 2019
ރާއްޖޭންބޭރުން ލޯނުނަގއިގެން ކިޔަވންވާނީ ރާއްޖޭގަ ކިޔަވާދޭތަ....
ކޮރަޕްޝަން
28 January 2019
މިއީ ކިރަޕްޝަނުން ފުރިފައިވާ އަނެއް ކަންތައް. ނުފޫޒުގަދަ މީހުންގެ ދަރިންނަށް ލޯނުވެސް ސްކޮލްވެސް. އެޕްލިކޭޝަން ލިސްޓުގައި ކުދިންގެ ނަން ޖަހަން ފެށުމަށް ކެމްޕޭނު ފަށަންވީ. ލޯނުލިސްޓުގައި ތިވޭނީ 18 އަހަރުވެފައިވާ މީހުން. ފްލެޓް ލިސްޓު ގޮތަށް އެޕްލިކޭޝަން ނަންބަރު މިހާރު އިންނަނީ. އަޅުގަނޑަށް ކަނޑަ އެޅިގެން އެނގޭ އޭލެވެލް 1 މާއްދާއިން އެކަނި ފާސްވި މީހަކަށް މެލޭސިޔާގައި ކިޔަވަން ލޯނުލިބުނު. އޭނަ މަންމައާއި ބައްޕަ މީސްމީހުންނަށް ގުޅައިގެން.
ޔުމްނީން
28 January 2019
ހިލޭ ޑިގްރީއަށް ކިޔެވުން ހުޅުވާލުން އަވަސް ކޮށްބަލަ..
ގުރާ
28 January 2019
ލޯނު 3%އަށް އަރަނި ކުޑަކުރިއިރު ކުރިން ދޫކޮށްފަހުރި ލޯނުތަކަށް އަރަނި ނަގާނެގޮތުގެ ބަހަކުން ބަހެއް ނުކިޔާ