ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް ޝައިހް އިމްރާން އަބްދުﷲ. މިހާރު/ފައިލް ފޮޓޯ
28 ޖެނުއަރީ 2019 - 20:58
ކައުންސިލަރުންނާ ދެކޮޅަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް މުރާޖައާ ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވާނެންސް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލަރުންނަށް ނުހައްގުން ފިޔަވަޅު އެޅި މައްސަލަތައް ދާދި އަވަހަށް ބަލައި ނިމި އިންސާފު ގާއިމްވެގެންދާނެ ކަމަށެވެ. ސިޔާސީ ސަބަބުތަކާ ހުރެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވި އެވެ.
Councillorunnaa medhu alhaafaivaa nuhaqqu fiyavalhuthah muraajaakuran fashaafin.IA Dhaadhi avahah e massalathah nimi, insaafu qaaimvegendhaane. Siyaasee sababuthakaahure councillorunnaamedhu fiyavalhuelhumakee Raees @ibusolih ge sarukaarun kuraane kameh noon. #LaamarukazuKurun
— Imran Abdulla (@ShimranAb) January 28, 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެލްޖީއޭއިން ގިނަ ކައުންސިލަރުންތަކަކާ ދެކޮޅަށް ފިޔަވަޅު އެޅިއެވެ. އެގޮތުން މުސާރަ ނުލިބޭ ގޮތަށް އެތައް ކައުންސިލަރުންނެއް ސަސްޕެންޑް ކުރި އިރު ބައެއް ކައުންސިލްތަކުގެ ހުރިހާ މެމްބަރުން އެއް ފަހަރާ ވެސް ސަސްޕެންޑް ކުރި އެވެ. އެގޮތުން ގިނަ ފިޔަވަޅުތައް އަމާޒުކުރީ ސަރުކާރާ އިދިކޮޅު ފިކުރުތަކުގެ ކައުންސިލަރުންނަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގައި އެންމެ ބޮޑަށް ވައުދުވީ އެއް ކަމަކީ ސިޔާސީ ސަބަބަކާ ހުރެ ވަޒީފާ ގެއްލުމާއި ވަޒީފާއާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ބަލައި ބަދަލު ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުޖަނު
29 January 2019
އިސްތިއުފާ
ބޮޑުގޮހޮޑާ
29 January 2019
ތިކަމަަށް ކޮމިޝަނެއް ނެތްތަ؟
ޝޮކްތެރަޕީ
29 January 2019
އިމްރާނަކަ ހެވެއްނުވާނެ އެމްޑީޕީއެއް އިމްރާން ލައްވާ ހުރިހާ މޮޅެއްމިނަގަނީ.
ގުޑުގުޑާ
29 January 2019
ކޮއް މުރާޖާއެއްތަކުރެވޭނީ މިމީހުވަޒީފާއައްއައީވެސް ނާއިއްސާފުބޮޑެތިޖަރީމާތައްހިއްގައިގެއް ދެއްކޮއްއިއްސާފެއްލިބޭނީ އެހެއްމީހުއްނައް
ބުނެލީ
29 January 2019
ތިވެސް ވަޒީފާގެ ދަހިވެތިކަމުގަ އުޅޭ މީހެއް .
މަހަށްދަގަ.
29 January 2019
ކޮން މުރާޖައާއެއް.. މުސާރަ ހައްޤުވާ ވަރަށް މަސައްކަތް ނުކުރޭ ތިޔަ ބުނާ މީހުންގެ 5 ޕަސެންޓު މީހުންވެސް.. ޕާޓީ ރޫހުގަ ވޯޓުލީމަ ހޮވެނީ ދެ ތިން މީހަކު ނޫނީ ހަރާން އީމެއިލެއްކޮށްލަން ޕުރެސެންޓޭޝަނެއް ދޭން އެނގޭ މީހަކުވެސް. ސޮއިކޮށްފަ ތާސްކުޅެން ނޫނީ ފަރުމަހަށް ދިއުން ކަމަކީ
ހަސަންް
29 January 2019
ވަރަށް ބޮޑު ތެދުވާހަކަ އެއްތީ. ލަދުން ބޯހަލާކު ވަރުވޭ ކައުންސިލަރުން އުޅޭގޮތް ފެނިފައި
މަހަށްދަގަ.
29 January 2019
100 ޕަސެންޓު ތާއީދު.. އަސްލު އުސޫލުން ބަލާނަމަ އުޖޫރައެއް ހައްޤުވާ މަދު ބަޔަކު ތިބޭނީ.. އަތުގެ އިނގިލިތަކުން ގުނާލެވޭނެ..
ހިޔާލު
29 January 2019
ނާއިންސާފުން އަނިޔާ ލިބެމުންދާ ހުރިހާ މައްސަލަތަކެއް އަވަހަށް މުރާޖަޢާ ކޮށްދެއްވާ ސާބަސް އިމްރާނަށް. މަނިކުފާނަކީ އެއިރުވެސް އެންމެން ބާރަށް އަނިޔާއާއި ދެކޮޅަށް އަޑުއުފުއްލެވި ލީޑަރު މަގާމު ލިބިވަޑައިގަތުމުން ބާރަށް ކުރިއަށް ގެންގޮސްދެއްވާ
ޝޮކްތެރަޕީ
28 January 2019
އަޅުގަނޑު ހީކުރީ އިމްރާނެކީ ޤައުމީ ވަންތަމީހެއްކަމަ. ހަސަދަ ވެރިކަން އިސްކޮއްފި.
ކޮމެޓީބޭބެ
28 January 2019
ކޮމެޓީ އެއް ނެތްތަ؟
ރަދީފުގެ ދަރި ކުމާރު
28 January 2019
އެމްޑީޕީ އެކްޓިވިސްޓް ސުމިތު ދޫކޮށްލުންވެސް ކަންބޮޑުވެއޭ ޝޭހު ބުނި. އެކަން އިތުރަށް މުރާޖައާނުކުރޭތަ؟ ދެން ހޯރަ އިބްރާހީމްގެ މައްސަލަވެސް މުރާޖައާނުކުރޭތަ؟ މިގޮތަށް މުރާޖައާކުރަން ކޮޅުންނުލާވަރަށް އެބަހުރި ކަންތައްތައް.