މަޖިލީސް އިންތިޚާބުގައި ޕާޓީތަކުން އެކުގައި ވާދަކުރުމާ ގުޅޭ ގޮތުން ސިޔާސީ ލީޑަރުން ބޭއްވި މަޝްވަރާއަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
29 ޖެނުއަރީ 2019 - 13:20
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް މުޅިން ނިންމާނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންގެ މަޝްވަރާ އަށް ފަހު ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ބުނެފި އެވެ.
މައުމޫންގެ ތާއީދާ އެކު މަޖިލީހުގެ 81 ދާއިރާ އަށް ވާދަކުރަން 108 މީހަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެތެރެއިން ޓިކެޓް ދޭނެ މީހުން ހޮވުމަށް ކޮމެޓީއަކުން ވަނީ އިންޓަވިއު ވެސް ކޮށްފަ އެވެ.
މައުމޫންގެ ސިޔާސީ ހަރަކާތް ހިންގަވާ އެމްއާރުއެމް އިން ވާހަކަ ދެއްކެވި އަބްދުލްއަލީމް "މިހާރު" އަށް ވިދާޅުވީ ވާދަކުރާނެ ދާއިރާތައް ނިންމައި ޓިކެޓް ހަވާލުކުރަން މައުމޫން ނިންމަވާފައި ވަނީ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. މަޖިލީސް އިންތިޚާބުގައި ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރުމާ މެދު ހިޔާލުތަފާތުވެފައިވާ މައްސަލައިގައި ހައްލެއް ހޯދަން ލީޑަރުންނާ އެކު ވަރަށް އަވަހަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ.
އެ ބައްދަލުވުން މި ހަފުތާ ތެރޭގައި އޮންނާނެ ކަމަށް އެމްއާރުއެމް އިން އުއްމީދު ކުރެ އެވެ.
"ލީޑަރުން ބާއްވަވާ އެ ބައްދަލުވުމަށް ފަހު ދާއިރާތައް މުޅިން ފައިނަލް ކުރާގޮތަށް އޮތީ،" އަލީމް ވިދާޅުވި އެވެ.
ކޯލިޝަން ސަރުކާރު އުފައްދަން އެކުލަވާލި އެއްބަސްވުމާ އެއްގޮތަށް ދާއިރާތައް ބަހާނަމަ މައުމޫނަށް ލިބޭނީ 17 ދައިރާ އެވެ. ސަރުކާރުގައި ހިއްސާވާ ނިސްބަތުން އެމްޑީޕީ އަށް 35 ދާއިރާ، ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ އަށް ލިބޭނީ 13 ދާއިރާ އެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ހުރިހާ ދާއިރާތަކަކަށް ވާދަކުރަން ނިންމާފައިވިޔަސް އަދާލަތު ޕާޓީން ވާދަކުރަނީ 13 ދާއިރާ އަށެވެ.
އެމްއާރުއެމްގެ ޓިކެޓް މިހާތަނަށް ކަށަވަރުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން މައުމޫންއާ އެކު ތިއްބެވި މެމްބަރުންނަށެވެ. ރައްޔިތުންގެ މަޖިލީސް މިނިވަންކުރަން ހިންގި އިސްލާހީ މަސައްކަތާ އެ މެމްބަރުން ގުޅިވަޑައިގަތީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ ކަމުގެ ޔަގީންކަން ލީޑަރުން ދެއްވުމުންނެވެ.
އެ މެމްބަރުންގެ ތެރެއިން މައުމޫންއާ އެކު ސިޔާސީ މަސައްކަތް ކުރައްވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދުު ވަހީދު އިބްރާހިމް (ވައްޑެ) އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
ސުޕްރީމް ކޯޓުގައި އޮތް ޕީޕީއެމް ހިންގުމާ ގުޅޭ މައްސަލަ މައުމޫންއާ އެއްކޮޅަށް ނިމިއްޖެ ނަމަ މަޖިލިހުގެ އިންތިޚާބަށް ކެންޑިޑޭޓުންތަކެއް ނެރެން ނިންމާފައި ވަނީ އެ ޕާޓީގެ ޓިކެޓުގަ އެވެ.
ޕީޕީއެމްގެ އާއްމު މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، ޕާޓީ ހިންގެވުމުން މައުމޫން އެކަހެރި ކުރެއްވީ ގާނޫނުތަކާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ ޕާޓީ މިހާރު ހިންގަވަނީ، އެއްބަފާ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
01 February 2019
މިހާރު ހުރި ގިނަ މެމްބަރުން ވަނީ ފެއިލް ވެފައެވެ. އިތުރު ދައުރަކަށް ހޮވާކަށް ނުފެނެއެވެ. ޕާޓީ ބަދަލު ކޮށްފަ ހުރި މެމްބަރަކުވެސް އިތުރު ދައުރަކަށް ހޮވާނެ ކަމެއް ނެތެވެ.
ހަރުކަށި ކަނާތު ފިޔަ
30 January 2019
ވޯޓު ނުލާ ލީޑަރު ހެދިގެން ތިޔަ އުޅޭ މީހުންނަށް ދާއިރާތައްވެސް ކަނޑައެޅިދާނެ. ޢެކަމަކު އެގޮތަށް ރައްޔިތުން ވޯޓު ނުދީފާނެ. ސުވާލަކީ ވޯޓުން ބަލިވެއްޖެނަމަ އެއީ ލީޑަރުންނަށް ތާއީދުނެތީކަމަށް ގަބޫލުކުރާނަންތޯ؟ ބްރެގްޒިޓުން ބަލިވީމަ ޑޭވިޑް ކެމަރުން އިސްތިއުފާ ދިނީ މިގޮތަށް ގަބޫލުކޮށްގެން.
ޤުރުބާނީގެ ކުރެޑިޓް ކަމާއި ނުބެހޭ މީހުންނައް
29 January 2019
ރައްޔިތުންނައް އެގޭނީ އެބަޔަކު ވޯޓްލާނެބަޔަކު، އެއީ ލީޑަރުންނާއި ބެހޭކަމެއްނޫން، މިފަހަރު ގޮޑިތައް ރީނދޫ ކޮއްލާނަން
ހަނު
29 January 2019
އެމްޑީޕީ އިން ހުރިހާދާއިރާއަކަށް ކުރިމަތިލާން ގޮވާލަން. އަހަރެމެން ދާއިރާގަ އެމް ޑީ ޕީ ކެޑިޑޭޓަކު ނެތްނަމަ މަގޭވޯޓެއް ނުލިބޭނެ އެކަކަށްވެސް.
އައްލާބެއްޔާ
29 January 2019
ކަލޭމެން ދާއިރާތައްބަހާ ބޯކިބާ ފޮތިކުރާއުސޫލުން! އަހަރުމެން ރަތްޔިތުން ވޯޓްދޭގޮތަކަށް ނޫން މިތިބީ އެއްވެސް ބަޔަކަށް! ކޮބާ ބޭނުމަކީ ކަލޭމެންނަށް މަހަކު 130000ރ ހޯދައިދޭން ރަތްދަކަ އަވީގައި ކިއުޖެހިގެން ފެންފުޅިއެއްހިފައިގެން ވޯޓްލާވީއެއްވެސް ސަބަބެއްނުވިސްނޭ!
ދިހި
29 January 2019
ތި މަޝްވަރާތަކުގެ މައިގަޑަކީ ނާޒިމަށާ ނަވާޒުމެން ފަދަ އެތައްބަޔަކަށް އެމްޑީޕީ މެމްބަރުން ވޯޓު ދޭނެ ފޮމިއުލާއެއް ހޯދުން .. މަޝްވަރާތައް ދުވާލަކު 5 ދަޅައަށް ބޭއްވިއަސް އެމްޑީޕީން އެމީސްމީހުނަށް ރުހުންދޭނެ އެއްގޮތެއްވެސް ނޯންނާނެ .. އެމްޑީޕީ އަކީ ރ އިބޫއެއް ނޫން .. އަދި ރ ނަޝިދެއް ވެސް ނޫން އެއީ 80 އެތައްހާސް ރައްޔިތިން ..
ބާޣީ ޓެރަރިސްޓު
30 January 2019
އެމްޑީޕީ އަކީ ނަޝީދު. ނަޝީދަކީ އެމްޑީޕީ. ކާކަށް އޮޅުވާލާނަމޭ ހިތާ؟
ފަހުލަވާނު
30 January 2019
ބާޣީއަކަށް އެމްޑީޕީ އެއް ނޭނގޭނެ! އެމްޑިޕީ އެންގޭނީ އެމްޑީޕީގެ ކެރޭ ފަހުލަވާނުންނަށް! މަ ޗިސްޗިސް ވިޔަސް ބާޣީއަކަށް ނުވާނަން
މޮހޮރާބެ
29 January 2019
ކުޑަހުވަދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން ލީޑަރުންނަކަށް ކަނޑައެއް ނޭޅޭނެ. އެކަން ނިންމާނީ މިދާއިރާގެ މީހުން. ލީޑަރުންނަށްވެސް ނުބެހެވޭނެ ކަންކަން ހުންނާނެ.
ބުރޭ
29 January 2019
ދެންނުޖެހޭ މަސްވަރާއިން ނިންމާކަށް، އެއަްވުރެނ ހަޑިކޮން ސޭޓު ކުޅެފި، ރައްޔަތުން ބޭނުންވާގޮތް ރައްޔަތުންނަށް އޮންނަންޖެހޭނެ، ސޭޓު ބޭނުންވާގޮތް ސޭތުގެ މުސާރަވެރިންލައްވާ ހަދުވާ... ސޮރީ. މަސްވަރާ ކުރާވަރްވަރަށްވުރެ ޖޭޕީ ހަޑިވެފަ މުޑުދާރު. އިންސާފުގެ މަގު މިވަނީ ގެއްލިފަ މިހާރުވެސް،
މި ކޮމެންޓް ނުޖަހާތި މިހާރާ
30 January 2019
ހަޑިވެފަ މުޑުދާރީ ޖޭޕީ އެއް ނޫން. ޖޭޕީ ގެ ރައީސަށް އެތިވަރު ގޮވަމުން ހޮޓެލް ޖެން އަށް މީހުން ވައްދައިގެން މުޒާހިރާ ކުރުވާ ހެދި ބޯ ގޯހޭ ހަޑިވެފަ މުޑުދާރީ. ބީތާކަން ބޮޑުކަމުން ތަންދޮރު ނުފިލިއަސް ކޮމެންޓް ކުރާތި.
ސްމާ
30 January 2019
މީ ޑިމޮކްރެސީ! ހިތްހަމަނުޖެހޭ ކޮންމެ މީހަކު ވެސް ޝުއޫރު ފާޅުކުރާނެ އެކްނ ހަމަޖުނުވަންޏާ ގޭގައި ތިބޭ! ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ނުކުންނަށް ނުވިސާނާ! ހަޖަމު ނުވާ ކާސިމްބެ!
ޚަލޯ
29 January 2019
ލީޑަރުން އެއްބަސް ވީ 18 ވަނަ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ނަމަ ބާއްވާ ބައި އިލެކްސަން ގައި ތާއީދު ކޮއް ގޮނޑި ނަގައި ދޭން މުޅި އުމުރު އެމީހުން އެތާންގަ ބައިން ދަން ތާއީދު ކުރާކައް ނޫން
ގުޑުގުޑާ
29 January 2019
ތިޔަވިދާޅުވާބާރަމެއްބަރުއެއީ ކުދިމީދަލުގެ އެއްހާސްމީދައްވުރެ އުދަގޫބޮޑުބައެއް އާދޭސްކޮއްފާބުނައް ތިޔަމީހުއްގެކިބައިއް ހުރިހާރައްޔެތުއްސަލާމަތްވެތިބޭތި ތީޑޭއްޖަރުބައެއް