މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ފެބުރުއަރީ 2019 - 09:48
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ކުރިމަތިލާފައިވަނީ ތަޖުރިބާއާ އެކު ކަމަށާއި އިންތިޚާބުން ސާފު އަޣުލަބިއްޔަތު ލިބޭނެކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ޕާޓީއަށް ލިބިފައިވާ ތަޖުރިބާއަކީ އެހެން އެއްވެސް ޕާޓީއަކަށް އަދި ވަކި ފަރުދަކަށް ވެސް ލިބިފައިވާ ތަޖުރިބާއެއް ނޫން ކަމަށެވެ. އެހެންކަމުން އެ މާޒީން، ރައްޔިތުން އެމްޑީޕީ އަށް މެޖޯރިޓީ ދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އޭޕްރީލް ހަ ވަނަ ދުވަހު ތިޔަބޭފުޅުންނަށް އަނެއްކާ ވެސް ޓީވީތަކުން ފެންނަން ފަށާނެ މުޅި ސްކްރީން ހުރިހާ ގޮނޑިއެއް ރީނދޫވަމުން ދާތަން. ރައްޔިތުންގެ މަޖިލީހުގެ އޭޕްރީލްގެ އިންތިޚާބު، 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި މި ޕާޓީ އިރާދަކުރެއްވިއްޔާ މާ ތަނަވަސް އަޣުލަބިއްޔަތަކުން އެ މަޖިލިސް ކާމިޔާބުކުރާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަަޑައިގެންނެވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިިގެންނެވި ބައެއް ވަޒީރުން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ހާއްސަކޮށްފައިވާ ޝިއާރު، "އެޖެންޑާ 19" އިން ރައްޔިތުން އެދޭފަދަ ރައްޔިތުންގެ މަޖިލީހެއް ހޯދައިދޭނެ ކަމަށެވެ. އަދި އެ މަޖިލީހުން ޕާޓީއެއް ބަދަލެއް ނުކުރާނެ ކަމަށާއި ވޯޓެއް ނުވިއްކާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެ މަޖިލިހުގެ މެމްބަރުން ބަރޯސާވާނީ ހަމައެކަނި އެންމެ ކަމަކަށް، ތިޔަ ބޭފުޅުންގެ އާދޭސްތަކަށް. ތިބޭފުޅުން ތިޔަ އެދޭ އެދުންތަކަށް،" މައްޗަންގޯޅި މެދުދާއިރާ އަށް ވާދަކުރައްވާ ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް 19 ނަޒާހަތްތެރިވާނެ ކަމަށާއިި އަދި ވައްކަމެއް ނުކުރާނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ. އެއީ ރައްޔިތުން އުއްމީދުކުރާ ފަދަ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހެއް ގެނެސްދޭނެ ފަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ މަޖިލީހަށް ދަނީ އަމިއްލަ ކުންފުނި ބޮޑުކުރުމަށް ނޫން ކަމަށެވެ. އެއީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީއެއް ކަމަށާއި އެ ޕާޓީން ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އާދިލްއާ، ރައީސް ސޯލިހު (ކ) ސަލާމްކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތެއް ނެތް. އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ޝަރީއަތެއް ނުހިނގާ މި ޕާޓީގެ މަސްލަތު ހިމެނޭ ގޮތަކަށް އެއްވެސް ކޯޓެއްގައެއް. މި ޕާޓީގެ އަތް އޮތީ ދޫވެފައި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް، އަޅުގަނޑުމެންގެ އަތް އޮތީ ބަންދުވެފައެއް ނޫން އަމިއްލަ ކުންފުންޏެއްގެ ފައިދާ ބޮޑު ކުރުމަކަށް. އަޅުގަނޑުމެންނަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީއެއް. މި ޕާޓީން ހިންގާނީ ސުލްހަވެރި ސިޔާސީ ހަރަކާތް. މި ޕާޓީ ކަންބޮޑުވާކަށް ނުޖެހޭ ހެޔޮ އަގުގައި މީހުން މަސައްކަތް ކުރަން ނުލިބުނީމައެއް. މި ޕާޓީ ކަންބޮޑުވަނީ އެންމެ ކުޑަ އުޖޫރަ މީހަކަށް ނުދެވޭތީވީ، އަޅުގަނޑުމެންނަށް އެ މަސައްކަތް ކުރެވޭނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް އަކުރުން އަކުރަށް، ރަނުން ރަަނަށް ފުއްދައިދޭނެ ކަމަށާއި އެމްޑީޕީގެ ބޭނުމަކީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އަންނަ މަޖިލީހުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ޝަރުއީ ދާއިރާ އިސްލާހުކުރުމާ ގުޅޭ މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
03 February 2019
ވިދާޅުވީ މަޖިލީހަށް ހާއްސަކޮށްފައިވާ ޝިއާރު އެޖެންޑާ 19 އިން ރައްޔިތުން އެދޭފަދަ ރައްޔިތުންގެ މަޖިލީހެއް ހޯދައިދޭނެ ކަމަށެވެ ކުޅެނީއެެއްކުޅިއެއް އެންމެންވެސް ރާޒުވާ ތަފާތަކީ މަގާމުގެ ތަފާތު ކުޅެނީހަމަ އެއްބަޔެއް ކުލަތަފާތުކޮއްލައިގެން ރަށްޔަތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ރަށްޔަތުންނޭ ހޭއަރައިގެން ސަމާލްވާތި މިވެރިންޖަހާބެރެކަށް ރަށްޔަތުން ނަށަންހަދައިގެން މުޅިގައުމު އޮޔާމިދަނީ ސަމާލްވެތިބިއްޔާ ދަތުރޭ މުސްކުޅިން ބުނެ އުޅޭ ދަރިންނޭ ހޭއަރާތި ވޯޓް
ޙިނި
03 February 2019
މުޅި ދިވެހިންގެ ހަޒާނާ މިހުސް ކުރަނީ މިމީހުންގެ މުސާރަޔާ، ބިންހިއްކާށާ، ނަރިދަމާއަޅަން، ހުވަފެނީ ފޮލާ، ކެއްކޮއްލާ 2000 އަހަރުފަހުން އެޕާޓުމަންޓު ގަންޑެއްލިބޭނެ
ކޮވެލި
03 February 2019
ކާޑުގެ ސަބްސިޑީ ކަނޑާލީމަ އަޑުގަދަ ކުރި. ކޮބާ މިހާރު އެ އަޑު. މަޖިލީސް 19 އެޖެންޑާގައި ނެތް ފަރުދީ އާމްދަނީ އިން ޓެކްސް ނެގުން ފިޔަވައި ގޭމް ޗޭންޖިން ކަމެއް.
ނޫސަންގު
03 February 2019
ބަލަ އިންތިޚާބުގެ ކުރިން މަހުޖަނުގެ ބޭނުން ހިފީ ކީއްވެ؟ ދައްކާ ވާހަކަ ދިމައެއް ނުވޭ. ޖޫޑިޝަރީ އަކީ އިންޖެކްޝަނެއް ޖަހާގޮތަށް އިސްލާޙުވާ ތަނެއް ނޫން. އެއްވެސް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދޭ ވަރެއް ނުވޭ. އެވަރުގެ އިޚްލާސްތެރި ކަމެއް ނެތް. އިޚްލާސްތެރިކަމެއް އޮތިއްޔާ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ ގޮތް އިސްލާޙު ކުރަންވީ
.ސާފުއަޢްލަބިއްޔަތު
03 February 2019
.އެހެން ވިއްޔާ ދެން މި އަހަރަށް މަޖުލިސް ހުޅުވާ ދުވަހު ސާފު އަޢްލަބިއްޔަތު ގޮސް މެމްބަރު ކަމުގެ ހުވާވެސް ކޮށްލާ!!
ބަރުބާދު
03 February 2019
ތަޖުރިބާ:ސިވިލްސަރވަންޓުންގެ މުސާރައިން %12 ކަނޑާލުން، ލިބޭހުރިހާ އެލަވަންސް އެއް ކަނޑާލުން، ކަންމަތީ ފިހާރަ ބަނގުރޫޓުކޮއްލުން، ދެން ޒީލަގަދަ އަޑުފުޅަކުން ހަރުގޭގަ "އެހެންބަޔަކައް ފްލެޓްލިބޭނީ އެމްޑީޕީ މީހުނައްދީފަ ބާކީހުރިއްޔާ" އޭ ވިދާޅުވުން. ސަރުކާރުގެ ހަރަދުގައި އިންވެސްޓް މޯލްޑިވްސް ހަދާ މެގަމޯލްޑިވްސް އާކޮއްލުން. އެންމެގިނައިން ބޭރުފައިސާވަންނަ އެއަރޕޯޓު ޖީއެމްއާރ އައް ހިބައިން ދިނުން. ސާކްސަމިޓްބާއްވަން 2 ބިލިއަން ރުފިޔާގެ ޖިފުޓިއެއްޖެހުން
ކަނބިލި
02 February 2019
ތަޖުރިބާ ގައުމު ހަލާކުކޮށް ސުންނާފަތިކޮށް އަޅުވެތި ކުރުމުގެ ތަޖުރިބާ
ޖުލައި
02 February 2019
ތިހާ އިހްލާސްތެރިކަމެއް ހުރިއްޔާ. ހުރިހާ ކެނޑިޑޭޓުންގެ މާލީ ބަޔާން ހާމަ ކޮށްލާ ބަލާ. އަދި ކެމްޕޭން ހަރަދު ތަކުގެ ތަފްސީލު ވެސް ހާމަ ކުރޭ
މާރަނގާ - އައްޑޫ ސިޓީ
02 February 2019
ހަދާނުގައިނެތްނަމަ MDP ގެ ފުރަތަމަކޮންޤްރެސްޔައުމީއްޔާ، މެނިފެސްޓޯބައްލަވާ. ސާފުބަހުންލިޔެބުނެފައިވާނެ ޕާޓީއުފެއްދީ “އަދުލުއިންސާފުޤާއިމްކޮށް ރައްޔިތުންގެމެދުގައިހަމަހަމަކަމާއި، ތަފާތުކުރުންނައްތާލާ ރައްޔިތުން ބާރުވެރިކުރުމުގެ މަޤުސަދުގައި” ކަމަށް. * * އެހެންކަމަށް ވާނަމަ ޤާނޫނުއަސާސީގެ 72 ހ ގައި ބުނާގޮތަށް “ކޮންމެ އިދާރީ ދާއިރާއަކުން” މާނައަކީ ސީދާ ދާއިރާގެ ރައްޔިތުންގެ ތެރެއިން ހިމެނޭ “ދާއިރާގެ ރަށްވެއްސެއް” ހޮވުމަށް ފުރުސަތުދޭންޖެހޭ.
ޥެސްޕާ
02 February 2019
ނުދޭނެ