އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓާ ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން-- ފޮޓޯ: ފޭސްބުކް
04 ފެބުރުއަރީ 2019 - 12:32
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫންގެ އިސްވެރިޔާ، ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން އެ މަގާމުން ދުރު ކުރުމަށް ޕައިލެޓުން ޑިމާންޑްކޮށް ޑިއުޓީ އަށް ނުނިކުންނާނެ ކަމަށް އެންގުމުން އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ޕައިލެޓުންނާ ގުޅޭ ކަންކަން އެހެން ބޭފުޅުންނާ މިއަދު ހަވާލުކޮށްފި އެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ، "މިހާރު" އަށް ވިދާޅުވީ އަމީން އަދިވެސް ހުންނެވީ އެ މަގާމުގައި ކަމަށާއި ނަމަވެސް އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކެޕްޓަނުންނާ ގުޅޭ ކަންކަން އޭނާގެ ދަށުން މަސައްކަތް ކުރާ އެހެން ބައެއް ބޭފުޅުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.
"އަދިވެސް އެ ޑިޕާޓްމަންޓުގެ ހެޑަކީ އަމީން. އޭނާގެ ދަށުން މަސައްކަތް ކުރާ އެކިއެކި މީހުންނަށް [ކެޕްޓަނުންނާ ގުޅޭ] ބައެއް މަސްއޫލިއްޔަތުތައް މި ހަވާލުކުރީ،" ރިޒްވީ ވިދާޅުވި އެވެ.
Massala hallukohdheyn ehbasvumun Pilotun ihuthijaajah nudhaan nimmaifi
The most trusted news source in the Maldives
Mihaaru
ޕައިލެޓުން އިހުތިޖާޖަށް ނުދާން ނިންމުން
އަމީން މަގާމުން ވަކިނުކޮށްފި ނަމަ މިއަދު ޑިއުޓީ އަށް ނުނިކުންނާނެ ކަމުގެ އިންޒާރު ޕައިލެޓުން ދިނުމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ރިޒްވީ ރޭ ވަނީ ޕައިލެޓުންނާ ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އައްސަވައިފަ އެވެ. ޕައިލެޓުންގެ މައިގަނޑު ކަންބޮޑުވުމަކީ އެ މީހުންގެ ހުރިހާ ކަމެއް އަމީން ބެލެހެއްޓުމާއި އެކަމުގައި ތަފާތު ކުރުންތައް ގެންގުޅުމެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަކޮށް އަމީން އުޅުއްވިއިރު މި ސަރުކާރުގައި ވެސް އައިލެންޑް އޭވިއޭޝަންގައި އޭނާ ހުންނެވީ އެހާ ބާރުގަދަކޮށް ކަމަށް ޕައިލެޓުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
05 February 2019
އައިލޭންޑް އޭވިއޭސަނަކީ ވަކިސަރުކާރަކަށް ނިސްބަތްވާ ތަނެއްބާ ؟ވަޒީފާގެ ބަޔާން ތަންފީޒު ކުރަން ހުންނަ ވެރިޔާ ގެ އެންގުމަށް ތބާވާންބޭނުންނޫންނަމަ ވަޒީފާ ދޫކޮށްލާ. ކާކު ބުނީ އައިލޭންޑް އޭވިއޭސަންގެ ބޯޓް ދުއްވަން ހުންނަން. އެމްޑީޕން ކުރިން ވިއްކާލަން އުޅުނު ކުންފުނި މިފަހަރުި ކިހާވަރަކުންދާނެބާ ؟
ހަސަންޔަންމަ
05 February 2019
އުޅެވުނީ ބޮޑު އެެއާރލައިންއެއްގެ ޕްރެސިޑެންޓް ނުވަތަ ސީއީއޯ އެއް ހެން. ހަދައިންނެތް މިހުރެވުނީ ރައްޔެތުންގެ ވަޒީފާ އެއްގަ ކަމެއް...
މުރާސިލު
05 February 2019
ފްލައިޓްތަކުގެ ގަޑި ބަދަލުވުމާއި ފްލައިޓްތައް ކެންސަލްވުމަކީ، ޕައިލެޓުންނަށް ކުރާ ދުއްތުރާތަކަށްވުރެ އަދި މާބޮޑުވެފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން މޯލްޑިވިއަން އިން ދަތުރުކުރަންޖެހޭ ކޮންމެ ފަހަރަކު މިނޫންގޮތެއް ނުވާނެބާއޭ ހިތަށްއަރައެވެ. ޤައުމީ އެއަރލައިންގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މިކަންކަން އިސްލާޙު ކޮށްދެއްވުމަށްވެސް މެނޭޖުމަންޓަށް ގޮވާލަމެވެ.
އިބްރާހިމް ޝިޔާދު
05 February 2019
އައްސަލާމު އަލައިކުމް! ކޮންބޭފުޅެއްތޯ؟
ބޯ ހަލާކު
05 February 2019
މީ ދަސްކޮށްދިން ފިލާވަޅެއް. އެމްޕީއެލް ގަވެސް ތިކަހަލަ ވަރަށް ގިނަ ވެރިން އެބަތިބި. ތެދުވާން ވީ ވަގުތު ޖެހިއްޖެ.
.ޕައިލެޓުން
05 February 2019
.ޕައިލެޓުން ލައްވާ ތިކުރާ ކަމެއް ތިކުރަނީ އެމްޑީޕީ މީހުން ހައިރާނެއްނުވޭ ބޭނުމަކީ މިސަރުކާރުގާ އެމްޑީޕީއާ ކޯލީސަނުގެ މީހަކު ފިއަވާ ވަޒީފާގާ ތިއްބަށް ނުދިނުން އެހެނަސް ޔާމީން ސަރުކާރުގާ ރައީސް އޮފީސް ތެެރޭގާވެސް ތި އެމްޑީޕީ ބައިގަނޑެއް ވަޒީފާގާ ތިބި ޔާމީނަށް ސަރުކާރު ހިންގުމަށް އެހާދުއްތުރާ ތަކާ ކުރިމަތިވި އެކމުވެސް ވަޒީފާއިން ވަކި ކުރިބާ؟
ކުޜެންދޫ
05 February 2019
ކޭ ކަޑަވީތަ....ކެނޑިގެން ގޭގަ އޮވެބަލަ ހަޖަމު ނުކުރެވެޏާ..!!!
ޑރ.ނަޒުނާ އަހުމަދު ހިތަދޫ/ޔޫކޭ
05 February 2019
ޔމިނުއަށް ތައުރީފުކޮށް ބަޔަކު އުޅުމަކީ ހައިރާންވާކަމެއްނޫން.. ޔމިނުއެވަނީ ގައުމެއް ލޫޓުކޮށްފައި ކަމަކަށް ބުނުމުގެބޭނުމެއްނެތް. އޭނާގެ ވައްކަމުގެ މައްސަލަ ތަކުގެ ސާފުހެކި ސާފުވީޑިއޯއިން ބަޔަކު ނަގައި ޔޫޓިއުބުގައި އެވަނީ އަޕުލޯޑުކޮށްފައި. އޭނާ އަޅަމުންއެގެންދާ ގެއަކީ 45 އަހަރު ސިންގަޕޯރ ވެރިކަން ކޮށް ބޭރުގެ ދަރަނި ސުމެއްގައި ދުނިޔޭގެ 11 ވަނަ މުއްސަނދި އިގުތިސާދު ގެނައި ވެރިމީހާގެ ގެޔަށް ތުރެން %700 އަގުބޮޑު އިމާރާތެއް މިއީ ތިބާގެވެސްގައުމު ތެދުވޭ!
ޝެލަރީ
05 February 2019
ކޮބާ ނަންބޯޑް ދެއްތޯ ތި ބަދަލްކޮށްލެއްވީ ކޮސްވެއްޖެ ހާދަބާރު ގަދައޭ އަމީން، އަމީން ވަރެއްނެތް ދެއްތޯ؟
ގާބީ
04 February 2019
7 ފެބްރުއަރީގެ ކުރިން އަނެއކާވެސް ބަޔަކު ބަގާވާތެއް ކޮށްފި، މަ ހިތަން އަރާ މިޕައިލެޓުން މީ ކޮންކަހަލަ ތަރުބިއްޔަތެއް ލިބިފަ ތިބި ބަޔެއްބާވައޭ! ބާގީ ބާގީ ބާގީ ޕައިލެޓުންގެ ބަގާވަތް. ޝުކުރިއްޔާ
ޏައިންޓޭ
04 February 2019
ޟީމީ ހަމަ ކަޑަ މީހެއް ރަނގަޅު ބަރާބަރު
ޏައިންޓޭ
04 February 2019
ޟމި ކަމުދާމީހެއްނޫން މަކަރުވެރުއެއް ދަންނަން