ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
06 ފެބުރުއަރީ 2019 - 18:57
ބަޖެޓް ސަޕޯޓަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ދޭން އިއްޔެ ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަޖެޓު ސަޕޯޓުގެ ގޮތުގައި ޔޫއޭއީން ލޯން އެހީދޭން ނިންމާފައިވަނީ ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އަދި އެ ލޯނުގެ އިންޓްރެސްޓް ރޭޓް، އޭގެ ކުރިން ނެގި ލޯނުތަކަށް ވުރެ ކުޑަވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޔޫއޭއީ އިން ލޯނު ދީފައިވަނީ ތިން ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ކަމަށް މިނިސްޓްރީން ބުންޏެެވެ.
ޔޫއޭއީ އިން ރާއްޖެ އަށް ލޯނު އެހީ ދޭން ނިންމާފައިވާއިރު، މިިދިޔަ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޔޫއޭއީ އަށް ވަޑައިގެން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައި ވެ އެވެ. އަދި އެ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީ އަށް އެހީތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ގުޅުން އިތުރު ކުރަން "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީ"އެއް އުފައްދަން ވެސް ވަނީ އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޔާމީނު
07 February 2019
އަލްފާޟިލު ޝާހިދުމެން ފޮރިން މިނިސްޓްރީގައި އެތިބީ، ފައިސާއަށް ވާނެގޮތެއް ވީގޮތެއް ވެދާނެ ގޮތެއް ލަފާކޮށްލަން ވެސް އިބްރާހިމްބެއަކަށް ނުވެސް އެނގޭނެ.
އަބްދުﷲ
07 February 2019
ގައުމު އެއްކޮށް ދަރުވާލަނީތަ؟ ކޮބާ އިންޑިއާއިން ދޭން ބުނި 1 ބިލިޔަން ޑޮލަރު.
އޮރެންޖީ
07 February 2019
ކޮބާ ޝަރުތަކީ؟ ގަތަރާއި ގުޅުން ބަދަހިނުކުރުންތޯ؟ ވަރަށް ހީވޭ އެހެން ނޫންނަމަ ކޮމަންވެލްތަށް ވަނުމުގެ ކުރިން ގަތަރާ އީރާނާ އަލުން ޑިޕްލޮމެޓިކް ގުޅުން އޮންނާނީ ހަމަޖެހިފަ. މިކަހަލަ ކަންކަން ކުރާކަށް 100 ދުވަހެއްވެސް ބޭނުމެއް ނުވާނެ.
ވަތޮނީ
07 February 2019
އިންޑިޔާއިން 1،542،000،000 ރުފިޔާ. ޔޫއޭއީ އިން 771،000,000 ރުފިޔާ. 3 މަސް ނުވާ ސަރުކާރަކުން ދިވެހި ރައްޔިތުން މިހާބޮޑަށް ދަރުވާލި ސަރުކާރެއް ތާރީޚްއިން ފެންނާކަށް ނެތް! މުސްތަގުބަލުގައި ވެސް ފެންނާނެކަމެއް ވެސް ނޭގޭ! ބައެއްގެ އުގަށްނުވެއްޓި ސާދާވެރިކަމެއްކުރި އަދި ހަމަ ޔަގީނުންވެސް ރ ޔާމީނުއާ އިދިކޮޅަށްދެއްކި ވާހަކަތައް ސާބިތު ނުކުރެވުމުން ފާޑެއްގެއެއްޗެކޭ ކިޔާފައި ޕީޖީއަށް ފޮނުވިއެއްކަމަކު، މިހާރުގެ ސަރުކާރަކީ އެންމެ ކުރުމުއްދަތެއްގައި ގައުމު އެންމެ ބޮޑަށް ދަރުވާލިކަމަށް ތާރީޚްގައި ލިޔެވި އެވާހަކަ މި ގައުގެ ދަރިން ދައްކާނެ!
ހިލަބެ
06 February 2019
ސައުދީން ބަޖެޓްސަޕޯޓައް ދިން 20 މިލިޔަން ޑޮލަރަށް ހެދިހެން ނުހަދާތި
ހަބޭސްބޭބެ
06 February 2019
ފޫގޮއްސަ އޮތް ދައުލަތުގެ ހަޒާނާއެއްތަ ލިބުނީ؟؟
އަބްދުﷲ
07 February 2019
މިމީހުން އައިތަނާ ފޫދިޔައީ. ކުރިން ތިބި މީހުން ތިބި ނަމަ ކުރިއަށްދާނެ ހެން ހީވަނީ.