ރައީސް އިބްރާހިމް މުހައްމަދު ސޯލިހި--ފޮޓޯ:ރައީސް އޮފީސް
07 ފެބުރުއަރީ 2019 - 12:59
އޭޕްރީލް މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މާލެއާ އެއް އަގަކަށް ކާޑުގެ އަގު ހެޔޮކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ހަމަހަމަ އުސޫލެއް ގާއިމުކުރުމަށްޓަކައި މާލެއެކޭ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
މިބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ އިރު މިހާރު ކާޑުގެ ބާވަތްތަކުގެ އަގުތައް މާލެ އާއި ރަށްރަށުގައި ލިބޭ އަގުގައި ބޮޑު ފަރަގެއް އުޅެ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މާލެއިން އެތަކެތި ރަށްރަށަށް ގެންދިއުމަށް ދާ ހަރަދެވެ.
މިހާރު މާލެ އިން ހަކުރު ކިލޯއެއް ވިއްކަނީ 4ރ. އަށެވެ. ހަނޑޫ ކިލޯއެއް 3.98ރ. އަށް ވިއްކާ އިރު ފުށް ކިލޯއެއް ވިއްކަނީ 2.98ރ. އަށެވެ.
ރައީސް ވިދާޅުވީ، ތަރައްގީއާ ގުޅޭ އެކި މަޝްރޫއުތަކަށް ފައިސާ ހޯދައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި އާ ކުންފުންޏެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. "ގަވަންމެންޓް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި މި އަހަރުގެ ތެރޭގައި ކުންފުންޏެއް ގާއިމް ކުރާނެ ކަމަށާއި މި ނިޒާމުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ނުހެދި ހުރި ރަށްތަކަށް ތަރައްގީ ކުރާނެ ފައިސާ ވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލު ގާއިމު ކުރުމަކީ މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތު،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިމިނަ
08 February 2019
މީގަ ލިޔެފަ ހުރި އަގުތަކުގަ ކާޑު ވިއްކާ ފިހާރައެއް ހުރި ތަނެއް ބުނެދީބަލަ މަ މުޅިންވެސް ގަންނަނީ 5 ރުފިޔާ އަށް ހަނޑޫ ކިލޯ ވެްސް ފުއް ކިލޯ ވެސް ހަކުރު ކިލޯވެސް
ވަރުވާ
08 February 2019
މާލޭގެ ގިނަ ކުދިފިހާރަތަކުން، ފުށްކިލޯއެއް ވިއްކަނީ، -/4ރ. އަށެވެ. ހަކުރުކިލޯއެއް، ވިއްކަނީ، -/4ރ. އަށެވެ. އައިދާގެ ހަރު ހަނޑޫކިލޯއެއް، -/4ރ، -/5ރ އަށްވެސް ވިއްކައެވެ. މައްސަލަ އެކި ދިމަދިމާލަށް ހުށަހަޅައިގެންވެސް، ބެހޭތަނަކަށް ދިމާލެއްނުވިއެވެ. ޖެހުނީ އެކަން ހުއްޓާލާފައި، ވިއްކާ އަގެއްގައި ގަނެގެން ކާށެވެ.
ޢެޑްމުންޑޯ
07 February 2019
އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފިހާރަތަކުން އެކަނި އަގުހެޔޮކުރިއަސް ކަމަކު ނުދާނެ ، ކޮންމެ ރަށަކުންވެސް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ.
މުޖައްރިބު
07 February 2019
މަ ހަމަ ހަތްހުވާ ކޮށްފައި މި ބުނަނީ ، މާލޭގައި ކާޑުގެ ތަކެތި ގަންނަން ލިބޭ އަގަކަށް ރާއްޖޭގެ ހުރިހާ ރަށަކުން ގަންނާކަށް ނުލިބޭނެ. އެއީކީ ވާނެކަމެއްނޫން. އެކަން ކުރެވޭނެ ގޮތަކީ ކޮންމެ ރަށެއްގާ ކާޑު ވިއްކަން އެސްޓީއޯގެ ފިހާރައެއް ބަހައްޓާގެން. މިސަރުކާރަކަށް
ރާބޮޑޭ
07 February 2019
ހުސްފޮނި ޔާމީނުވަރެއް ހަމަނުވާނެ !
ހުޅުޅޭ ބޮޑުމީހާ
07 February 2019
ވޯޓަށް ނުފޫޒު ފޯރުވުން 06 އޭޕްރީލް 2019 ގަ އޮންނާނެ ރަޔިއްތުން މަޖިލިސް އިންތިހާބު ދެއްކި ވާހަކަ އާ އަމަލާ ދިމާނުވޭ ވޯޓަށް ނުފޫޒު ނުފޯރުވާނެ ކަމަށް ކެމްޕެއިން ކުރީ
މުގޮށިހަމީދާ
07 February 2019
އަމާކީތީ ފަރަށްދާހެން ހަބަރު ލިޔަނީ. މިހެން ހެދީމަ ރަށްރަށުގެ ކާޑުގެ އަގު ވަނީ ބޮޑުކަމެއް ކުޑަކަމެއް، އަގުބޮޑުވަނީ ކިހާވަރަކަށްކަމެއްވެސް ނޭނގުނު.
ރާނީ
07 February 2019
މިހާރު މާލެ އިން ހަކުރު ކިލޯއެއް ވިއްކަނީ 4ރ. އަށެވެ. ހަނޑޫ ކިލޯއެއް 3.98ރ. އަށް ވިއްކާ އިރު ފުށް ކިލޯއެއް ވިއްކަނީ 2.98ރ. އަށެވެ. އަހަރެން 5 ރުފިޔާ އަށް ވުރެ ކުޑަކޮށް ނުގަންނަން ކާޑްގެ އެއްވެސް ބާާވަތެއް
ބާބާ
07 February 2019
ޔާމީނު ސަރުކާރުގަ ހިކުނުތަން އެދިއައީ މިސަރުކާރު އައުމުން. އެކަމަކު ބަރާބަރު އިގޭ.
ނުބައިހާނު
07 February 2019
ކޮންޓުރޯލު އަގެއް ހަދާފައި އޮތެއް ކަމަކު 5 ރުފިޔާއިން ދަށުގަ ތިޔައިން އެއްވެސް ބާވަތެއްގެ އެންމެ ކިލޯއެއްވެސް ވިއްކާ ބަޔަކު މި މާލެއިން ހޯދާފަ ދައްކަބަލަ. ފުލުހުން ބަލަނީ އެމީހުންނަށް އާމުދަނީ ލިބޭގޮތަށް ލައިސަން ހިފެހެއްޓޭތޯ އެކަނި. ކޮބާ ބިދޭސީ ސޭޓުން؟ ކޮބާ ކާޑުގެ ކޮންޓުރޯލު އަގު؟ ކޮބާ ކުނިއަޅާމީހުން؟ ކޮބާ މަގުގަ ސިނގިރޭޓުބޯ މީހުން؟؟؟