ގަތައްދަސް އަށް ހުކުމް ކުރި ކޯޓްގައި މަޑުކޮށްލައިގެން.
08 ފެބުރުއަރީ 2019 - 07:40
ވިސާގެ މުއްދަތު ހަމަވުމަށް ފަހު ވެސް ގަވައިދާ ހިލާފަށް އިންޑޮނީޝިއާގައި އުޅުނު އިނގިރޭސިވިލާތުގެ އަންހެނަކު ފުރަން ގޮސް، އެއާޕޯޓްގައި އިމިގްރޭޝަން އޮފިސަރެއްގެ ކަންކަށިމަތީގައި ޖެހި މައްސަލާގައި އޭނާ ހަ މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މިކަން ހިނގީ މި ހަފުތާގެ ކުރީކޮޅު އެވެ. ބާލީގެ އެންގްރާ ރާއީ އިންޓަނެޝަނަލް އެއާޕޯޓަށް ދިޔަ އައުޖޭ ތަގައްދަސް، 42، ގެ ވިސާގެ މުއްދަތު ހަމަވެފައިވާތީ 3،500 ޑޮލަރުން ޖޫރިމަނާ ދައްކަން ޖެހޭ ކަމަށް އިމިގްރޭޝަން އޮފިސަރު ބުމުނުން އޮފިސަރުގެ ކަންކަށިމަތީގައި ޖަހައި، ވިސާ ޖަހައިގަންނަން ވެސް މަސައްކަތްކުރި އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އިންޓަނެޓްގައި ދައުރުވެފައިވެ އެވެ.
މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތަގައްދަސް ވަނީ ވިސާ ހަމަވުމަށް ފަހު ވެސް ބާލީ 160 ދުވަސް ހޭދަކޮށްފަ އެވެ. އަދި މި މައްސަލާގައި ކޯޓަށް ހާޒިރުވާން ތަކުރާރުކޮށް އެންގުމުން ވެސް ހާޒިރު ނުވުމުން އޭނާ މިދިޔަ ބުދަ ދުވަހު ކޯޓަށް ހާޒިރުކުރީ ފުލުހުންގެ އެހީގަ އެވެ.
ގަވައިދާ ހިލާފަށް އުޅުމާއި އިމިގްރޭޝަން އޮފިސަރަށް ހަމަލާ ދިން މައްސަލާގައި އިއްވި ހުކުމަކީ ބޭއިންސާފު ހުކުމެއް ކަމަށް ތަގައްދަސް ވަނީ ބުނެފަ އެވެ. އަދި އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުފާނު ކުރަން ކޯޓުން ހުށަހެޅުމަށް ފަހު، ތަގައްދަސް ވަނީ އިންޑޮނީޝިއާއަށާއި އެ ގައުމުގެ ކޯޓުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އޭނާ ބުނީ އިންޑޮނީޝީއާއަކީ "ކުށުގެ ވެއްޓެއް" ކަމަށާއި "އެއީ ކޮރަޕްޓްވެފައި އޮތް ތަނެއް" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާޖަން
08 February 2019
އިނގިރޭސި ރަޢްޔިތަކަށްވިއަސް ތީ އިންޑިއާ ދަރިކޮޅުމީހެއް. ޢެމީހުންތިކަހލަ ނާތަހްޒީބް ކަންތަކުގަކުރީގަ ތިބޭނީ.