09 ފެބުރުއަރީ 2019 - 10:29
މެޑްރިޑް (ފެބްރުއަރީ 9) – ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ކަމަށާއި އެކަމަކު އޭނާ ގެނައުމާ މެދު މެޑްރިޑުން ސީދާ ގޮތެއް ނުނިންމާ ކަމަށް ސްޕެއިނުގެ މަޝްހޫރު ނޫސްވެރިޔާ ހުއިލަމް ބަލަގޫ ބުނެފި އެވެ.
ހަޒާޑް ވެސް ވަނީ ކެރިއަރާ މެދު ގޮތެއް ނިންމައިފި ކަމަށް މިދިޔަ ހަފުތާގައި ބުނެފަ އެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެ އެވެ. އޭގެ ކުރިން އޭނާ ބުނީ ފަހުން ހިތާމަކުރަން ޖެހޭނެ އެއްވެސް ކަމެއް އޮންނަން ބޭނުންނުވާ ކަމަށެވެ. ބެލެވެނީ އޭނާ އެ އިޝާރާތްކުރީ މެޑްރިޑް ފަދަ ބޮޑު ކްލަބަކަށް ބަދަލުވާން ފުރުސަތު ލިބި އޭގެ ބޭނުން ނުހިފައި އޭގެ ހިތާމަ ފަހުން ކުރަން ޖެހިދާނެ ކަމަށް ކަމަށެވެ.
"ހަޒާޑް ބޭނުންވޭ ރެއާލް މެޑްރިޑަށް ބަދަލުވާން. އެއީ އޭނާގެ ހުވަފެނެއް. މިވަގުތު އޭނާ މަޑުކޮށްގެން ހުރީ އެ ކްލަބުން އޭނާގެ ސޮއި ހޯދުމާ މެދު ގޮތެއް ނިންމަންދެން. އޭނާ ވަނީ ޗެލްސީއާ އެކު އެގްރިމެންޓް އާކުރަން ވެސް ދެކޮޅު ހަދާފައި. އޭނާ ހުރީ ރެއާލް މެޑްރިޑުގެ އިންތިޒާރުގައި،" ޓްރާންސްފާގެ ކަންކަމުގައި އެންމެ އިތުބާރު ހިފޭ އެއް ނޫސްވެރިޔާ ބުންޏެވެ.
މިދިޔަ އަހަރުގެ ޖޫން ޓްރާންސްފާ މާކެޓްގައި ރެއާލުން ހަޒާޑް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އޭރު ޗެލްސީން ކިޔާ އަގުބޮޑުވުމުން ރެއާލުން ވެސް ގަންނަން ބޭނުންނުވި އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗުކަމާ މަައުރީޒިއޯ ސާރީ ހަވާލުވިއިރު، އޭނާ އޮތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑާއި ވިލިއަން ވިއްކާނުލަން ޝަރުތުކޮށްފަ އެވެ. އެއީ އެ ދެ ކުޅުންތެރިންނަކީ އޭނާގެ ޕްލޭނުގެ މުހިއްމު ކުޅުންތެރިން ކަމަށްވާތީ އެވެ.
ފްރާންސްގެ ލިލް ދޫކޮށް 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް މިހާރު އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރީ 2020 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެރޭޒް
10 February 2019
ފުޓްބޯޅަ ނުކުޅިތިއްބާތަ ރޭގަވެސް އެތްލެޓިކޯ އަހަރުމެން އަތުން އެ ބަލިވީ? އެހެން ނޫނަސް އަހަރުމެން ނުދަންނަން މިސީ ކިޔާ ކުޅުންތެރިޔަކު! އަހަރުމެން ދަންނަނީ މި ގަރުނުގަވެސް ދުނިޔޭގަ އުފެދުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ! އޭނަ ލިބެންޔާ ވަރިހަމަ ކިތަންމެ ބޮޑު އަގެއް ދޭން ޖެހުނަސްވެސް!
ޕެރޭޒް
09 February 2019
ބަލަ އަހަރުމެން ބޭނުމެއް ނުވެޔޭ މި ކިޔަނީ މޮޅެތި ހުރިހާ އެންމެން ގެނަސްގެން މޯލްޑިވްސް ގެ ނިއުރޭޑިއަންޓް ސ ކ ދިޔަ އެތިފަހަރުން ދާކަށެއް! އަހަރުމެން ފޫގަޅާނީ ހަމަ ރަނގަޅަށްވެސް ފޯރާވަރުގެ ފޮތިންނޭ! މަށައް ވަރިހަމަ ކައެ ނޭމާޔާ ހިތާވެގެން އުޅުނަސް, މީ ކަންއޮތް ގޮތަކީ! ވަރައް ސާފްކޮށް މި ބުނީ!
ޕެރޭޒް
09 February 2019
ބަލަ ހަޒާޑް ނިންމިޔަކަސް އަހަރުމެން ނޫޅެމޭ އޭނަ ގެންނާކަށް! މިހާރު އަހަރުމެން ބޭނުމީ ދަނޑުގެ އެހެރަ އަޑަގުޑަންތައް ފިލުވާލަން ބްރެޒިލްގެ ރޯލަރު ގެންނާށޭ! 100 މިލިއަން އެއް ނުދެވޭނެ ހަމަ އެކަނި މޮޅަށް ބޯޅަކުޅޭ މީހަކަށެއް, މެޗް ކުޅެމުންދާއިރު ދަނޑުގައި ހުންނަ ދެވަރުތަށް ފިލުވަމުން ކުޅޭ މީހަކުގެ ފައިދާ މާ ބޮޑުވާނެ ދޯ!
ނޭމާ ގެ ރައްޓެއްސެއް
09 February 2019
މާދުރު ދުރުން ނުކިޔާ ތިޔަ ބުނަން އުޅޭ އެއްޗެއް ސާފުކޮށް ބުނަން ނުކެރިގެން ތިޔަ އުޅެނީ ކާކުދެކެ ބިރުންތަ؟ ޙަޒާރޑް ވެސް ނޭމާ ވެސް ހަމަ ވަރަށް މޮޅު. ޜިޔަލް މެޑްރިޑަށް އެކަޝޭނެ ދެ ޕްލޭޔާސް އެއީ. އޯކޭ ޕެރޭޒް
ލައިލާ
09 February 2019
ކަލޭމެން ގެންދަންވީނު ޖައްވަށް ހަވަޔަށް ފަޒާއަށް ކުޅޭ ޕެސީ (މިސީ). ދަނޑުމަތީގަ ބޯޅަ ނުކުޅެންޏާ އަޑިގުޑަނެއް ނޯންނާނެދޯ؟