ލައިފްސްޓައިލް / ޑިޕްރެޝަން

ނަފުސާނީ މައްސަލަތައް ހިއްސާކުރުމުން ސިކުނޑިއަށް ލުއިވޭ

ނަފުސާނީ މައްސަލަތައް ކުރިމަތިވާ މީހުން ގިނަ ކަމަށް ތަޖުރިބާކާރުން ބުނޭ.

11 ފެބުރުއަރީ 2019 - 07:04

ކުރިމަތިވާ ނަފުސާނީ މައްސަލަތަކުގެ ވާހަކަ އެހެން މީހުންނާ ހިއްސާކުރާ ދެމަފިރިންގެ ގުޅުން ބަދަހިވެފައި އުފާވެރި ކަމަށް ސާވޭއެއްގައި ބުނެފި އެވެ.

މެންޓަލް ހެލްތު ފައުންޑޭޝަނުން 21 އަހަރުން މަތީގެ 2،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ސާވޭގައި ބައިވެރި ގިނަ މީހުން ބުނެފައި ވަނީ ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ އެކަކު އަނެކަކާ އެ މީހުން އަބަދުވެސް ހިއްސާކުރާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހިތަށާއި ސިކުނޑި އަށް ބާރު ކުޑަވެ، ހިތްހަމަޖެހުން ގެނުވައިދޭ ކަމަށް ބުނެފައިވެ އެވެ.

ހެޕިނެސް އިންޑެކްސް ރިޕޯޓްގައި ޝާއިއުކޮށްފައިވާ ސާވޭގައި ފާހަގަކޮށްފައިވާ ގޮތުން ދެމަފިރިންގެ އިތުރަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންގެ ތެރެއިން ވެސް ބައިވެރިޔާ އޭނާގެ ނަފުސާނީ ދުޅަހެޔޮކަމުގެ ވާހަކަ ހިއްސާ ކުރުމަކީ އެފަދަ މައްސަލަތަކުން އަރައި ގަންނަން ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުން ކުރިމަތިވާ ކަންކަމުގެ ވާހަކަ ހިއްސާ ނުކޮށް، އެތެރެ އަށް އެކަންކަން ހިނދާލައިގެން އުޅޭ ނަމަ، ކުރިމަތިވާ މައްސަލަތަކުން ނުކުންނަ ނަތީޖާ ވަރަށް ނުރައްކާވެދާނެ އެވެ.

އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ބައިވެރިޔާއާ ވީހާ ވެސް ތަފުސީލުކޮށް، ވާހަކަތައް ހިއްސާކޮށް، އަމިއްލަ އަށް ހުރިހާ ކަމެއް ހިންދާލައިގެން ހުރުން ދޫކޮށްލުމެވެ. އެގޮތުން ބައިވެރިޔާގެ އިތުރުން ރައްޓެއްސެއް ނުވަތަ އާއިލާގެ މީހަކާ ވެސް އެފަދަ ވާހަކަތައް ހިއްސާ ކުރުުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.

ސާވޭގައި ބުނާ ގޮތުން މިފަހަކަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ނަފުސާނީ އެކި ކަހަލަ މައްސަލަތައް ކުރިމަތިވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު، ކޮންމެ ތިން މީހުންގެ ތެރެއިން ދެ މީހަކީ ނަފުސާނީ ކޮންމެވެސް މައްސަލައެއް ތަޖުރިބާކުރަން ޖެހިފައިވާ މީހެކެވެ.

ސާވޭގައި ފާހަގަކޮށްފައިވާ ގޮތުގައި މީގައި ބައިވެރިވި ކޮންމެ 10 ޖޯޑަކުން ހަތަރަކަށް ވުރެ ގިނަ ބައިވެރިންނަކީ ޑިޕްރެޝަނާއި އެންޒައިޓީ ނުވަތަ ހައިޕައެކްޓިވިޓީ ޑިސްއޯޑާ ފަދަ ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ނަފުސާނީ މައްސަލަތަކުގެ ވާހަކަ ބައިވެރިޔާ ނުވަތަ އެ ނޫން މީހަކާ ވެސް ހިއްސާކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އަދި އެއީ ބައެއް ހާލަތްތަކުގައި ލަދުވެތި ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ.

ނަފުސާނީ މައްސަލަތަކުފެ ވާހަކަ ސިއްރު ނުކޮށް ހިއްސާ ކުރަން ޖެހޭ.

އެކަމަކު އެކަކު އަނެކަކަށް ނަފުސާނީ މައްސަލަތަކުގެ ވާހަކަ ހިއްސާކުރާ ބައިވެރިންގެ ގުޅުން ވަރުގަދަވެފައި، އަނެއް މީހާ އަކީ ތިމާ އަށް ރަނގަޅަށް އެނގޭ މީހެއްގެ އިހުސާސް ކުރުވައިދޭ ކަމަށް ސާވޭގައި ބުންޏެވެ.

ހަމަމިއާ އެކު ސާވޭގައި ބުނީ ޖެނެރޭޝަން ޒީ (1990-2000 ކުރީކޮޅު އުފަންވެފައިވާ މީހުން) އަށް ނިސްބަތްވާ އާބާދީއަކީ ނަފުސާނީ މައްސަލަތަކުގެ ވާހަކަ ހާމަކަން ބޮޑުކޮށް ދައްކާ ބައެއްކަން ފާހަގަ ކުރެވޭ ކަމަށެވެ.

"އެއީ ހަގީގަތުގައި ވަރަށް ޕޮޒިޓިވް އިޝާރާތެއް،" ސާވޭ އަށް އިޝާރާތްކޮށް އީހާމަނީގެ ޗީފް ޖިއާނީ އެސިމޯސް ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454