މެމްބަރު ރިޔާޒް: މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އޭނާ ނުކުންނަވާނީ އުފަން ރަށް ތިމަރަފުށި ދާއިރާ އަށް.---ފޮޓޯ: މިހާރު
10 ފެބުރުއަރީ 2019 - 16:11
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.
އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އުފަން ރަށް ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވާ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ނަޒާހަތްތެރި މެމްބަރުން ބައިތިއްބަން ބޭނުން ނަމަ އިންތިޚާބުގެ ކުރިން ބޮޑު ހިޔާނާތް ރަނގަޅަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިނާޔާތް ރަނގަޅަށް ތަހުގީގު ކުރަންޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއިރު، އެ ފައިސާތައް ޖަމާވި އެކައުންޓުތައް ހާމަކުރުމަށް ގޮވާލައި އަންނަ ބުރާސްފަތި ދުވަހު އާއްމުންގެ ބަޔަކު ބޮޑު މުޒާހަރާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
ފަޅުތަކާއި ފަޅު ރަށްތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާތައް 155 މީހެއްގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ކުރިން ބުނެފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ހިމެނޭ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަމާ ގުޅޭގޮތުން ވާހަކައެއް ނުދައްކަ އެވެ.
ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާކޮށް ހުކުމް ކޮށްފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލެވެ. އޭގެ ތެރެއިން ދެ އަަހަރާއި ނުވަ މަހުގެ ހުކުމް ތަންފީޒުކޮށް ނިމުމުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހާމިދު ވަނީ މިނިވަން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
11 February 2019
ބޮޑު ޚީޔާނާތުގެ ތިޔަޕާޜޓީގެ ގިނަ މިންބަރުން ހިމެނޭ ، ރިޝްވަތު ހިފި 12 މިންބަރުންގެ ތެރެއިން ގިނަމިންބަރުންނަކީވެސް މިހާރު ތިޔަ ޕާޜޓީގެ މިންބަރުން
މުހައްމަދު އަހްމަދު
11 February 2019
7 ފެބުރުއަރީ އެއީ ބަޣާވާތެއްތޯ އާއި އެއީ ބަޣާވާތަކަށް ވެއްޖެނަމަ، އެކަމުގައި ބައިވެރި މީހުންނަށް އަދަބު ދޭންޖެހޭ... އަދި ފެބުރުއަރީ 8 ގައި މުޅި ރާއްޖޭގައި ރޯކޮށްލުން އެއީ ޖިހާދެއްތޯ އާއި، ޖިހާދަކަށް ވާނަމަ، އެކަމުގެ އަޑީގައިވާ ފަރާތްތަކަށް މެޑަލްދީ، އެއީ އުދުވާނަކަށް ވާނަމަ އެކަމުގެ އަޑީގައިވާ ފަރާތްތަކަށް އަދަބު ދިނުމަށް ކޮމިޝަނެއް ހައްދަވާ ދެއްވުމަށް ދަންނަވަން..
ރަށުމީހާ
11 February 2019
ތިބޭފުޅުން ފާޑުނުކިޔާހުރެބަލަ .ތިއުޅެނީކުރަންބުނިކަންވެސް ނުވެގެން.ވަގުތެއްނުކޮއްލެވިގެން.
އޮރެންޖު
11 February 2019
ބޮޑު ބަޣާވާތުގެ ތަހުގީގުވެސް ކުރަންޖެހޭ.
މަސްލަހަތު
11 February 2019
ޑރ.އަފްރާޝީމަށް ވީ ގޮތެއް ވެސް އިންތިޚާބުގެ ކުރިން ބުނެލަދެއްޗޭ
ޝެލަރީ
11 February 2019
ރަނގަޅު ނަންތައް ހާމަކުރަންދެން މުޒާހަރާ ކުރާންވާނެ މޯލްޑިިވިއަންގެ މުއަށްޒިފުން ކުރިކަހަލަ ކަމަކައް ވެގެންނުވާނެ، ނަންހާމަ ކުރީމަ ގެ އަށް ވަންނަންވާނީ
ކެކެކެ
10 February 2019
ކަލެއަށް މަޖިލިސް ހަތަރު ފާރުން އެތެރެއަށް ވަންނާކަށް މިފަހަރު ހަމަ ލާހިކެއް ނޫން. ފާރުމަތިންވެސް ނޭރޭނެ. ފާރުވެސް އުސް ކުރަމުން މިދަނީ.
ނަންބަރު
10 February 2019
އަލްމަރްޙޫމް ޑރ.އަފްރާޝީމްގެ މަރު މައްސަލަ ތަޙުޤީޤް ކުރަން ފަށަން ޖެހޭ. ރިޔާޒް ހުރީ އޭރު ކޮމިޝަނަރަށް. އޭރު ބުނި ހުރިހާ ގަލެއް ފުރޮޅާނަމޭ. އަހަރެމެން ހަން ބޯ ވާނެއޭ. ވީ ފެއިލް.
ލޮސްޓ
10 February 2019
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަދައްކަވާއިރު ހަމައެކަނި ފައިސާގެ ވާހަކަ ދައްކާލާފަ، ދެންއޮތްބައި ދޫކޮށްލުމަކުން ނުފުދެއެވެ. އެތައް ފަޅުރަށެއްގެ މުއާމަލާތާއި ގުޅިފައިވާ ކަމަކަށްވާއިރު، އެކަމުގައި އެރަށްތައް ލިބުނު ބޭފުޅުންގެ ބައިވެރިވުން އޮތްތޯވެސް ބަލަންޖެހެއެވެ. އެފަދަ ބޮޑަތި ހިޔާނާތްތަކަކީ އެއްދުވަހަކުން ދެދުވަހަކުން ހިނގާފައި ހުރި ކަންތައްތަކެއްވެސް ނޫނެވެ. ނުއަގުގައި ރަށްތައް ލިބުނު ބޭފުޅުން ކޮބާތޯ؟
ހުތްކިބަ
10 February 2019
އަސްތާ! ހާދަހާކުއްްލިގޮތަކަށް! ވަހެއްއެބަދުވާ!