12 ފެބުރުއަރީ 2019 - 07:27
އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާންގެ ދަރިއަކު މޫނު ބުރުގާ އަޅާތީ ބައެއް މީހުން އެކަމަށް ފާޑު ކިޔައި، އެއީ މަޖުބޫރުން ކުރުވާފައިވާ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން ދިޔަ ވާހަކަތަކަށް ރަހުމާން ރައްދު ދީފި އެވެ.
ރަހްމާން މިއުޒިކް ތައްޔާރުކޮށް ދިން އަދި އޭނާ އަށް އެ ފިލްމުން ދެ އޮސްކާ އެވޯޑް ވެސް ލިބުނު 2009 ގެ "ސްލަމްޑޯގް މިލިއަނާ" ރިލީޒް ކުރިތާ 10 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓެއްގައި ރަހްމާނާ އެކު ދޮށީ ދަރިފުޅު ހަތީޖާ ރަހްމާން ބައިވެރިވެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. އަދި އިވެންޓްގައި ހަތީޖާ ހުރީ ސާޅީއަކާ އެކު މޫނުބުރުގާއެއްގަ އެވެ.
މިކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ބުނީ ހަތީޖާގެ ފަރާތުން ފެނުނީ އޭނާގެ މައިންބަފައިން މަޖުބޫރުކޮށްގެން ކުރުވި ކަމެއް ކަމަށެވެ.
އެ ފާޑުކިޔުންތައް އެހާ ސީރިއަސްކޮށް ނުނަގައި ވަރަށް ކުރުކޮށް އަދި އެހާމެ ތިލަކޮށް އަންހެނު ސާއިރާ އާއި ދެވަނަ އަންހެން ދަރިފުޅު ރަހީމާ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބަނީގެ އަންހެނުން ނީތާ އަމްބާނީއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ރަހްމާން ބުނީ އެއީ "ފްރީޑަމް ޓް ޗޫޒް" ކަމަށެވެ. އޭނާ އިޝާރާތް ކުރި ގޮތުގައި މޫނުބުރުގާ އެޅުމަކީ ދަރިފުޅު ހަތީޖާގެ އަމިއްލަ ނިންމުމެކެވެ.
The precious ladies of my family Khatija ,Raheema and Sairaa with NitaAmbaniji #freedomtochoose pic.twitter.com/H2DZePYOtA
— A.R.Rahman (@arrahman) February 6, 2019
އެ ފޮޓޯގައި ހަތީޖާ މޫނުބުރުގާ އަޅައިގެން ހުންނަ އިރު، އޭނާގެ އަންހެން ކޮއްކޮ ރަހީމާ ހުރީ ބުރުގާ ނާޅަ އެވެ. އަދި މަންމަ ސާއިރާ ހުރީ ދޯޕައްޓާއަކުން ބޮލުގެ އެއްބައި ނިވާކޮށްގެންނެވެ.
މޫނުބުރާ އަޅާތީ އަމާޒުވި ފާޑުކިިޔުންތަކާ ގުޅިގެން ހަތީޖާ ވަނީ ފޭސްބުކްގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި މޫނުބުރުގާ އެޅުމަކީ އޭނާ އަމިއްލަ އިހުތިޔާރުގައި ނިންމި ނިންމުމެކެވެ. އަދި އެކަމުގައި މައިންބަފައިންގެ އެއްވެސް ނުފޫޒެއް އަދި މަޖުބޫރުކަމެއް ނެތް ކަމަށެވެ.
ހަތީޖާ ބުނި ގޮތުގައި އޭނާއަކީ ތަސައްރަފު ފުދިފައި ހުރި ބޮޑު އަންހެނެކެވެ. އެހެންވެ އަމިއްލަ ކަންކަން ނިންމުމުގެ އިހުތިޔާރު އޭނާ އަށް ލިބިފައިވާ ކަމަށް ބުންޏެވެ.
ހަތީޖާގެ އެފްބީ ޕޯސްޓް.
"އެހެންވެ ކަމުގެ ހަގީގަތް ނުބަލައި މީސްމީހުން ޖަޖް ނުކުރަން އިހުލާސްތެރިކަމާ އެކު އެދެން،" ޕޯސްޓް ނިންމައިލަމުން ހަތީޖާ ބުންޏެވެ.
ސްޓާ ޕްލަސް އިން މިހާރު ދައްކާ "ވޮއިސް" ގެ ތިން ވަނަ ސީޒަނުގައި މާސްޓަ ޖަޖެއްގެ ގޮތުގައި ފެންނަ ރަހްމާނު، 52، ގެ ތިބެނީ ތިން ދަރިންނެވެ. އެއީ ހަތީޖާ އާއި ރަހީމާގެ އިތުރުން ފިރިހެން ދަރިފުޅު އޭއާރް އަމީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާޗުސް
13 February 2019
އިސްލާން ދީނުގެ އެހާމުހިންމު ކަމެއް އެއީ ނާތަހުޒީބު އަމަލެއްކަމައް ދެކޭމީހާގެ ހުރި ނާތަހްޒީބުު ކަމުގެ ބޮޑުކަމާއޭ
ޙަމް
13 February 2019
ނާތަހުޒީބު ވީމަ ދިމާކުރާނެ ދޯ
ތުނިޔަ
12 February 2019
އޭނަގެ ނަމަކީ ޚަދީޖާ ރަޙުމާން!
ޢައްޔޫބު
12 February 2019
ޥަރައް އަސަރު ކުރާނެ ވަރިހަމަ ގެރިމަސް ކޮޅެއް ކައިގެން ދުވާލަކު 109 މީހުން މެރިޔަސް.
އިފްމާން
12 February 2019
ހޫން މިމީހުންނަށް މީހަކު ނިވާކަން ކުޑަހެދުން ލަންޏާ ބުނާނެ އެމީހާ ކިހާ ޒަމާނާ އެއްގޮތްހޭ! މިމީހުން ބަލަނީ ހަމައެކަނި ދުނިޔޭގެ އުފަލަށް ވިއްޔަ! ކޮބާ މޫނު ބުރުގާ އެޅުމުގަ މައްސަލައަކީ؟ އޭގަ މައްސަލައެއް އޮތިއްޔާ ތިޔަ އިންޑިޔާ މީހުން އަޅާ ސާޅިއާ އެމީހުން ނިއްކުރީގަ އެޖަހާ ސިއްކަޔާ އެއްޗެހި ޖެހުމުގަ މައްސަލައެއް ނޯންނަންވީ ކީއްވެ؟؟؟ ޒަމާނާ ފެޝަނާ ކޮންމެ ދުވަހަކު ބަދަލުވާނެ އެކަމު ދީނުގެ ކަންކަމަކީ އަބަދުވެސް ދީނުގެ ކަންކަން!
ކަރީމުއްދީން ބާޝާ
12 February 2019
އޭނާގެ އަމިއްލަ ހައްގު އަދާކުރީމާ އެހެންމީހުންނާ ކޮންބެހޭކަމެއް.
މިނިވަން މިނިވަން
12 February 2019
މިނިވަންކަމާއި ހައްގުތަކަށް ވަކާލާތުކުރާ ގިނަ މީހުންނަށް މިނިވަންކަމާއި ހައްގުކަމަށް ބަލަނީ އިސްލާމްދީނާ ބީރައްޓެހި ކަންތައްތައް. އޭގެ ބަދަލުގައިި މީހަކު އަމިއްލަ އިހްތިޔާރުގައި ޚިޔާރުކުރާ މިފަދަ ކަންކަމަށް އެފަދަ މީހުން ފާޑުކިޔާ. ކިހާ އިންސާފުވެރި! ހަށިގަނޑުގެ ވަނާތައް ފާޅުކޮށްގެން އުޅޭމީހުން އެގޮތަށް އުޅުމަކީ އެމީހުންގެ ޒާތީ މިނިވަންކަމޯ. އެކަމަކު މުސްލިމަކު ބުރުގާ އަޅާފިއްޔާ..... ސުބުޙާނަﷲ. އެދެން ހަތަރެސްކަން ހަމަވީ.
އަޑަފި
14 February 2019
މުސްލިމުން ބުރުގާ އަޅަނީ މާތްﷲ އަމުރުކުރެއްވި ގޮތައް ހެންދުން އެޅުމުގެ ގޮތުން. މުސްލިމެއް ހެންދުން އެޅުމުގައި އެއްވެސް އަމިއްލަ ހިޔާލެއް އޮވެގެން ނުވާނެ. އެކަމައް ނެތް ދެކޮޅުހެދޭކައްވެސް.