12 ފެބުރުއަރީ 2019 - 07:29
ޑިޒްނީން ގެނެސް ދޭ "އަލާދިން" ގެ ލައިވް-އެކްޝަން ފިލްމުގައި އެ ވާހަކައިގައި އުޅޭ ދުންގަނޑެއް ކަހަލަ ނޫކުލައިގެ ޖިންނީގެ ރޯލުން އެކްޓަރު ވިލް ސްމިތު ފެންނާނެ ގޮތް އާ ޓީޒާގައި ދައްކާލައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމުގެ ފަސްޓްލުކެއް ދައްކައިލި އިރު، އޭގައި ވިލް ސުމިތު ފެންނަނީ ހަމަ އޭނާގެ އަސްލު ކުލައިގަ އެވެ. އެހެންވެ ސުވާލަކަށްވެފައި އޮތީ "އަލާދިން" ގައި ވެސް އޭނާ ފެންނާނީ ހަމަ އެގޮތަށްތޯ އެވެ؟
އެ ސުވާލަށް އިންސްޓަގްރާމްގައި ޖަވާބު ދެމުން ވިލް ސުމިތު ބުނީ އޭނާ ފެންނާނީ ނޫކުލައިގައި ކަމަށެވެ. އެކަން މިހާރު މިއޮތީ ކަށަވަރުކޮށް ދީފަ އެވެ.
“Your life begins now... Aladdin”. Watch this special look at Disney’s #Aladdin, in theaters May 24. pic.twitter.com/XzZozU81DU
— Disney (@Disney) February 11, 2019
ފިލްމުގެ ދެވަނަ ޓީޒާ ޓްރެއިލާއެއް ދައްކައިލި އިރު، އޭގެ އުސްއައްޔަކީ ވެސް ޓީޒާ ނިމިގެން އަންނަ ދަނޑިވަޅުގައި ދައްކައިލާ ނޫކުލައިގެ ބިޔަ ޖީނީ އެވެ. ވިލް ސުމިތުގެ ސިފައިގަ އެވެ.
ގައި ރިޗީ ޑައިރެކްޓްކޮށްފައިވާ "އަލާދިން" ސިނަމާތަކަށް އަންނާނީ އަންނަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. މި ފިލްމުގެ ޓައިލްޓްލް ރޯލް މޭނާ މައްސޫދު ކުޅެފައިވާ އިރު، ޕްރިންސެސް ޖޭޒްމިންގެ ރޯލުން ފެނިގެން ދާނީ ނިއޯމީ ސްކޮޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy