ތަޒްމީލް: އެމްއާރުއެމްގެ ކެމްޕެއިން ސްޕޯކްސްޕާސަނަކަށް ތަޒްމީލް ވަނީ ހަމަޖައްސާފައި
11 ފެބުރުއަރީ 2019 - 15:16
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްޕޯކްސްޕާސަނަކަށް ތަޒްމީލް އަބްދުއްސަމަދު ހަމަޖައްސައިފި އެވެ.
އޭނާ އަކީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ މަހު އައްޔަން ކުރެއްވި ބޭފުޅެކެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އެމްއާރުއެމްގެ ފަރާތުން ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނެރެން ވަނީ ނިންމައިފަ އެވެ.
އެމްއާރުއެމުން މިއަދު ކުރި ޓްވީޓެއް ގައި ވަނީ އެ މޫވްމަންޓުން އާންމު އިންތިޚާބުގެ ސްކޯޕްސް ޕާސަނަކަށް ތަޒްމީލު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެމްއާރުއެމްގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު ފައިސަލް އަދި އެސިސްޓެންޓް މެނޭޖަރަކަށް މުހައްމަދު ރާއިދު ހަމަޖައްސާފައިވާ ކަަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
ފައިސަލް އަކީ ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބަސެޑަރެވެ. ރާއިދަކީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރެވެ.
MRM in Majlis Inthihaabu 2019 ah Spokes Person akah @Thazmyl , Campaign Manager akah @faixal adhi Asst. Campaign Manager akah @mraaidh hamajahsavafi. pic.twitter.com/hOrfpNXj8i
— Maumoon Reform Movement (MRM) 🇲🇻 (@RMAG_MRM) February 11, 2019
އެމްއާރުއެމްގެ ޓްވީޓް
އެމްއާރުއެމް އިން މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ނެރޭއިރު، މައުމޫންގެ ފަރާތުން މިހާރު ވަނީ އެމްއާރުއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮރުނުދޯރު
11 February 2019
ތިޔަ މައުމޫނު އަކީ މިގައުމު ހަލާކުގެ ތެރެއައް ވައްޓާލި އެންމެ ކުޅަދާނަ ފަހުލަވާނު..30 އަހަރު ކުރެވުނު މަދުވެ. އަދިވެސް ހަމަ ކުރިއައް..
Hassan
11 February 2019
ކޮންތާކުތޯ އޮފީސްހުރީ ؟ ތިޔަޕާޓީއަށް ސޮއިކޮށްލަންދާހިތުން މިތިބީކެތްމަދުވެފާ ..