ސައުދީ އަރަބިއާ އާއި ޕާކިސްތާނުން އެއްބަސްވުންތަކުގައި ސޮއިކުރާ އިރު ވަލީ އަހުދު މުހައްމަދު އާއި ބޮޑު ވަޒީރު އިމްރާން ޚާން. --ފޮޓޯ:އޭއެފްޕީ
18 ފެބުރުއަރީ 2019 - 12:16
އިސްލާމްއާބާދު (ފެބްރުއަރީ 18) - ޕާކިސްތާނާ އެކު 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކުގައި ސައުދީ އަރަބިއާ އިން އިއްޔެ ސޮއިކޮށްފި އެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ބަނދަރުމަތީގެ ސިޓީއެއް ކަމަށްވާ ގްވަދަރުގައި އަށް ބިލިއަން ޑޮލަރުގެ، ތެޔޮ ސާފުކުރާ ކާރުޚާނާއެއް ހެދުން ހިމެނެ އެވެ. މީގެ އިތުރުން ވަނީ ޕެޓްރޯކެމިކަލް އާއި މައިނިން ސެކްޓަރާ ގުޅޭ އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފަ އެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ އެކު ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން އަމިއްލަފުޅަށް ކާރު ދުއްވާފައި ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ޕާކިސްތާނުގެ އިގްތިސާދަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސައުދީން މިހާރު ވެސް ވަނީ ހަ ބިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ. ޕާކިސްތާނުގެ ސެންޓްރަލް ބޭންކުގައި ފޮރިން ރިޒާވްގެ ގޮތުގައި މިހާރު ހުރީ އަށް ބިލިއަން ޑޮލަރެވެ.
ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނާއި ސައުދީ އަރަބިއާގެ ގުޅުން މީގެ ކުރިން ރަނގަޅު ނުވާ މިންވަރަށް މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. މިދިޔަ ޖުލައި މަހު ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން ވަނީ ސައުދީ އަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފަ އެވެ.
ޕާކިސްތާނާއި ސައުދީ އަރަބިއާގެ ރަސްމީ ވާހަކަތައް ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ޕާކިސްތާނުގެ އިތުރުން ސައުދީ ވަލީ އަހުދު ނުވަތަ އެމްބީއެސްގެ ނަމުން މަޝްހޫރު ޕްރިންސް މުހައްމަދުގެ އޭޝިއާ ދަތުރުފުޅުގައި އިންޑިއާ އާއި ޗައިނާ އަށް ވެސް ވަޑައިގަންނަވާނެ އެވެ. އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ޕެޓްރޯލިއަމް މިނިސްޓަރު ދަރުމެންދުރަ ޕްރަދާންއާ ޕްރިންސް މުހައްމަދު ބައްދަލު ކުރައްވާނެ އެވެ. ޗައިނާ އަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.
ސައުދީގެ ކްރޫޑް އޮއިލް އެންމެ ގިނައިން ގަންނަ ގައުމަކީ ޗައިނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖެ ނެތިދިއުން
19 February 2019
ފާފު އަތޮޅުގައި ތަރައްޤީގެ ބިޔަ މަޝްރޫއެއް ހިންގަން އުޅުނީމަ ދިވެހިންގެ ކޮސް ކަމުން ހުއްޓުވީ. ޔާމީންގެ ދައުރުގައި ވަގަށް ނޫނީ ތެދަށް ވެސް ބްރިޖް އެޅީމަ އެހެރީ އެޅިފައި، ދަރުމަވަންތަ ހޮސްޕިޓަލް ވެސް އެހެރީ އެޅިފައި. ހަމަ 29 ބިލިޔަން ރުފިޔާގެ ބަޖެޓެއް ޔާމީން ސަރުކާރަށް ވެސް ދިނީ. އެހެން ސަރުކާރު ތަކަށް ވެސް ދިނީ އެވަރަށް.
ސަޅިބައިސާ
18 February 2019
ފަހުޒަމާނުގެ ހުރިހާކަމެއް މިހިރަގެން ހަމަވަނީ. ޑެވަނަ ހައްޖާޖު ބިން ޔޫސުފަށް ތިއޮއްކުރާ ގަދަރެއް. މިޒަމާނުގާ ދީނަކީވެސް ޢިއްޒަތަކީވެސް ފައިސާ. ކޮންފަދަ މުޖުރިމެއް ޕާކިސްތާނަށް އައިސްގެން މިއުޅެނީ.
ތެދުވެރިޔާ
18 February 2019
ސައުދީން މިރާއްޖެ ތަރައްގި ކޮއްދޭން އުޅުނީމަ. ރައިސް ނަޝީދު މިކަންތަ ހުއްޓުވީ. މީދޮގެއްނުން
ޙުސެން
18 February 2019
މި ރާއްޖެ އައް ފާވެފަ ހުރި ޢަންނި އޭ ކިއުނު މީހަކާ ހެދި ފ އަޓޮލް ގަ ޖައްސަން އުޅުނު ބިލިޔަން ޑޮލާރ ޕްރޮޖެކްޓް ފެއިލްވީ....
ރަދީފް
18 February 2019
ކޮބާ ރާއްޖެއަށް ފެނޭތަ؟ އެމްބީއެސް ގެނެސް ފަންޑްކޮޅެއް ލިބޭތޯ ބަލާބަލަ.
ހަސީނާ
18 February 2019
ލާރި އޮތިއްޔާ މީހަކު މަރާލާފަ ހުއްޓަސް ދުނިޔެ އެމީހަކު ބަލައިގަންނަ ޒަމާނެއްކަން މި ފެންނަނީ..
ރާއްޖެ ނެތިދިއުން
19 February 2019
ޚަބަރުތަކުގައި ހުންނަ ވާހަކަ ތަކަކީ 100% ތެދު ވާހަކަ ތަކަކަށް ނުވެދާނެ.
ޝޮކްތެރަޕީ
18 February 2019
ޕާކިސްތާނާ ޗައިނާ އޮތުމަކީ ދިވެހިންގެ ނަސީބު. އިންޑިޔާގެ އަޅުވެތި ކަމުން ދިވެހިން މިނިވަން ވާން އެބަޖެހޭ.