ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން. --ފޮޓޯ:އޭއެފްޕީ
12 ފެބުރުއަރީ 2019 - 14:52
އިސްލާމްއާބާދު (ފެބްރުއަރީ 12) - ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެމަނިކުފާނުގެ އަމިއްލަ ބޭނުންތަކަށް ފަސް ޓްރަކުގެ ސާމާނު އެ ގައުމަށް އެތެރެކޮށްފި އެވެ.
ޕްރިންސް މުހައްމަދުގެ ދެ ދުވަހުގެ ދަތުރުގައި ޕާކިސްތާން ސަރުކާރާ އެކު އެތައް ބިލިއަން އިންވެސްޓްމަންޓް އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ. ސައުދީގެ ބާރުގަދަ ވަލީ އަހުދުގެ ދަތުރާ ބެހޭ މައުލޫމާތު، ސަލާމަތީ ސަބަބުތަކަށްޓަކައި ވަނީ ސިއްރުކޮށްފަ އެވެ.
ޕާކިސްތާނަށް އެތެރެކުރި މުހައްމަދު ބިން ސަލްމާންގެ އަމިއްލަ ސާމާނުގެ ތެރޭގައި ކަސްރަތު ކުރަން ބޭނުންކުރާ އިކުއިޕްމަންޓާއި ފަރުނީޗަރު ހިމެނެ އެވެ. ބިން ސަލްމާންގެ އަމިއްލަ ސާމާނުގެ ގޮތުގައި ފަސް ޓްރަކުގެ މުދާ ޕާކިސްތާނަށް ގެންދިޔަ ކަމަށް އެ ގައުމުގައި ހުންނަ ސައުދީ އެމްބަސީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
މުހައްމަދު ވަޑައިގަތުމުގެ ކުރިން އޭނާގެ ސެކިއުރިޓީ ޓީމާއި ސައުދީ މީޑިއާ ޓީމު ވެސް ވަނީ ޕާކިސްތާނަށް ގޮހެވެ. މިއީ ވަލީ އަހުދުކަން ލިބިވަޑައިގެންނެވި ފަހުން މުހައްމަދު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވަނީ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިރު ޕާކިސްތާނަށް ވަޑައިގެންފަ އެވެ.
ވަލީ އަހުދު އިސްލާމްއާބާދުގައި ހުންނަވާނީ ޕްރައިމް މިނިސްޓަ ހައުސްގަ އެވެ. އެކަމަކު ޕްރިންސްގެ ވަފުދުގެ ބޭފުޅުން ތިއްބެވުމަށް އިސްލާމްއާބާދުގެ އެންމެ މަޝްހޫރު ދެ ހޮޓާ އެކުގައި ވަނީ ބުކްކޮށްފަ އެވެ. އަދި އިތުރު ދެ ހޮޓަލެއްގެ ބޮޑު ބައެއް ވެސް ވަނީ ބުކްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާރޫން
13 February 2019
މީނަ ހިތުން މިތާ އަބަދަށް އުޅެން ކަމަށް.
މޫނީ
13 February 2019
މިހާގިނަ ސާމާނާއި ސެކިޔުރިޓީއާއެކު ކީއްވެބާ؟
ކެނެޑީ
12 February 2019
ހެހެހެ 5 ޓްރަކްގަ ހުރި ސާމާން: ޓްރަކް 1: ދަތްއުނގުޅާ ބޭހާއި ބުރުސް ޓްރަކް 2: އެކިސައިޒްގެ ތުވާލި ޓްރަކް 3: ޝޭމްޕޫ ޝަވަރޖެލް ޓްރަކް 4: ޖިލެޓް ސާމާން ޓްރަކް 5: އަތަރު
ރަދީފް
12 February 2019
އެއީ ކިންގެއް ދޯ.އެހެންވީމަ ޕާކިސްތާންފަދަ ގައުމަކަށް ކުރާދަތުރެއްގަ ސައުދީން ތަކެތި ގެންދިއުން އެއީ މައްސަލައެއްނޫން.މާރިޗް 1998 ގަ ކްލިންޓަން އެފްރިކާއަށް ކުރި ދަތުރަށް 65 މިލިއަން ޑޮލަރު.އޮބާމާ 2013 ގަ އެފްރިކާއަށް ކުރިދަތުރަށް 100 މިލިއަންޑޮލަރު.ތަކެތި ނުގެންދިޔައަސް މިވެސް އިސްރާފްވެގެންދާ ފައިސާ ދޯ.ރަސްރަސްކަލުން އަދި ރައީސުން ކުރާ ދަތުރުތައް އަގުބޮޑުވާނެ.އެއީ ހައިޕްރޮފައިލް ބޭފޫޅުންނަށް ވީމަ އެކަން އޮންނާނެގޮތް.ވ.ވެދުން.
ފޮނިޓައްޕު ހަސަނު
12 February 2019
ތިއޮތީ އެނގިފައި.
މަންސޫރު
12 February 2019
ބުރޯ އެއީ ކިންގެއް ނޫން. އެއީ ކްރައުން ޕްރިންސް. އެވަރުން ދެން މިފަހަރަށް ފުއްދާލީ.
ރަދީފް
13 February 2019
*މަންސޫރު ބްރޯ.ވެރީ ސޫން ހީ ވިލްބީ އަ ކިންގް.ހީ އެކްޓްސް މޯ ލައިކް އަ ކިންގް.އިފް ޔޫ ނޯ ވަޓް އައި މީން.
ފޮނިޓައްޕު ހަސަނު
12 February 2019
މިސޮރު މިއުޅެނީ ވަރަށް ފާޓު ފުޅާވެގެން. ހިޔެއް ނުވޭ މިސޮރަށް ރަސްކަން ލިބޭނެހެނެއް.
ޢާދަނު
12 February 2019
މުސްލިމުން ގެ ރުފިޔާ ތިހެންއިސްރާފުކޮށް ހުސްކޮށްލާއިރު ފަގީރު މުސްލިމުން ނަމާދުކޮށްލާނެ މިސްކިތެއްހިސާބުވެސް ނެތިފައެތިބެނީ ހެޔޮނުވާނޭނުން ތިހެންއިސްރާފްކުރާކަށް
މުހައްމަދުބިން
12 February 2019
ޢެ ކިހިނެޔް މުސްލިމުންގެ މުދަލަށް ވީ؟
ފާރަގެމަ
12 February 2019
ފަސްގަނޑުދޮށައް ދާނީ އެކަނިމާ އެކަނި . ޙާޝޮގީގެ މަރުގެ ރަހަ ދެކޭނެ
ޏަމް
12 February 2019
ޢިސްރާފު