ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން. --ފޮޓޯ:އޭއެފްޕީ
15 ފެބުރުއަރީ 2019 - 11:57
އިސްލާމްއާބާދު (ފެބްރުއަރީ 15) - ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މާދަމާ ޕާކިސްތާނަށް ކުރައްވާ ރަސްމީދަތުރުފުޅުގައި އިސްލާމްއާބާދުގެ މަޝްހޫރު، އަށް ހޮޓަލަކުން 750 ކޮޓަރި ބުކްކޮށްފި އެވެ.
ސައުދީ ވަފުދަށް ވަނީ ބީއެމްޑަބްލިއު ސެވަން ސީރީޒްގެ ހަތް ކާރާއި ލޭންޑް ކްރޫޒާގެ އިތުރުން އަށް ކޮންޓެއިނާގެ ސާމާނު ޕާކިސްތާނަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޕްރިންސް މުހައްމަދު ކަސްރަތު ކުރައްވާ ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ. ވެހިކަލްތައް ޕާކިސްތާނަށް ގެންގޮސްފައި ވަނީ ސީ-130 ގެ ދެ މަތިންދާ ބޯޓުގަ އެވެ. މީގެ އިތުރުން ޕާކިސްތާނުން ވަނީ 300 އަށް ވުރެ ލޭންޑް ކްރޫޒާ ރިޒާވްކޮށްފަ އެވެ. ސައުދީ ވަފުދަށް ވަނީ ވީވީއައިޕީ ސެކިއުރިޓީ ޕްލޭނެއް ތައްޔާރުކޮށްފަ އެވެ. ޕްރިންސް މުހައްމަދުގެ ވަފުދުގެ ބޭފުޅުންގެ ސެކިއުރިޓީ އަށް ވަނީ 2،000 ސިފައިން ހަމަޖައްސައިފަ އެވެ. އިސްލާމްއާބާދުގައި ޕްރިންސް ހުންނަވާ ސަރަހައްދަށް ފޮނުވާލާ ކޮންމެ ޑްރޯނެއް ވައްޓާލާނެ އެވެ. އިސްލާމްއާބާދުގައި ޕްރިންސް މުހައްމަދު ހުންނެވުމަށް ހަމަޖެހިފައި ވަނީ ޕްރައިމް މިނިސްޓަ ހައުސްގަ އެވެ. ޕްރިންސް މުހައްމަދަށް ޚާއްސަކޮށްގެން ޕްރައިމް މިނިސްޓަ ހައުސްގައި ވަނީ ޖިމްއެއް ވެސް ހަދައިފަ އެވެ.
ޕްރިންސް މުހައްމަދުގެ ސެކިއުރިޓީ އަށް ސައުދީ ރޯޔަލް ގާޑުގެ 123 ސިފައިން އަބަދުވެސް ޑިއުޓީގައި ތިބޭނެ އެވެ.
ޕްރިންސް މުހައްމަދު އިސްލާމްއާބާދަށް ވަޑައިގަންނަވާ މަތިންދާ ބޯޓާ އެކު ހަތަރު ޕަސިންޖާ ޖެޓް ޖައްސާނެ އެވެ. ޕްރިންސްގެ ބޯޓް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމާ އެކު އެއާ ފޯސްގެ ޖޭއެފް-17 ގެ ޖެޓްތައް އެ ބޯޓާ އެކު ދަތުރު ކުރާނެ އެވެ. ޕްރައިމް މިނިސްޓަ ހައުސް އާއި ވަފުދުގެ ބޭފުޅުން ތިއްބަވާ އަށް ހޮޓަލުގެ ސެކިއުރިޓީ ބަލަހައްޓާނީ ސައުދީ ރޯޔަލް ގާޑާއި ޕާކިސްތާން ސިފައިންނެވެ.
ސައުދީ ސެކިއުރީ ޓީމާއި މީޑިއާ އަދި ޕްރިންސްގެ ޑޮކްޓަރުންގެ ޓީމު ޕާކިސްތާނަށް ދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ.
ޕްރިންސް މުހައްމަދުގެ ދަތުރުފުޅުގައި ޕާކިސްތާނާ އެކު 14 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ އެވެ. ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ އޮކްޓޯބަރު މަހު ސައުދީ އަށް ވަޑައިގެންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޙުމަދުު.
18 February 2019
ވެރިންނޭ ކިއަސް މީވެރިންނެއް ނޫން. ޤައުމެއްގެ ރައްތިތުންގެ މުދަލާފައިސާއަށް ޚިޔާނާތްތެރި ވަމުން ދާ ބޮޑެތި ޚިޔާނަތްތެރިން. ﷲ ތިބާގެންދަވާ ދުވަހަކު ތިޔަޖެޓް ތަކާ ހަށިފާރަ ވެރިންނާ ބޮޑީގާޑުންނެއްވެސް ނުގެންދެވޭނެ.އަދި ޕާކިސްތާނުން ދިންޝަރަފެއްވެސް ނުގެންދެވޭނެ.
މުހައްމަދުގެ ބައްޕަ
16 February 2019
މަރުވުމުން ކައްވަޅަށް ގެންދާނީ ވެސް މި ހަށިފާރަވެރިންނާއި އަގުހުރި ތަކެތި ބާ؟؟؟؟
ގައު
16 February 2019
ކޮބާ ޔަމަންގަެއި މަރާމީހުންގެ ފުރާނާގެ އަގުނެތީތަ?
ސަތާތަ
16 February 2019
ޙާލުގައި ޖެހިފައިތިބި އެތައް މުސްލިމުންގެ ޙައްޤުތަކެއްވާކަން ހަނދާންނައްތާލާފައި ފައިސާއިން އިސްރާފުކުރާއރު ހިތަށް ހަމައެކައްޗެއްވެސް ނާރަނީބާއޭ ހިތަށް އަރާ. މުަރުވީމާ ވަޅުލާނީވެސް ތިޔަ ހުރިހާ ސާމާނާއި ސެކިއުރިޓީ ހާހެއްހާ ސިފައިންނާއެކު ދޯ
ޙަސީ
16 February 2019
ވަގުތު ޖެހުމާއެކު މަލަކަލްމައުތުގެ ފާނު ފުރާނަ ހިތްޕަވާނެ. ފަސްކުރެވޭނެ، ފިއްލެވޭނެ، ސަލާމަތްވާނެ ހަމަ އެެއްގޮތެއްވެސް ނޯންނާނެ. ޢާރާއިބާރުގަ ޖާހާއި މަންސަބުގައި ދުނިޔެ ފެނިދާނެ. އެކަމަކު ކަށްވަޅުގައި ވަޅުލެވުމަށްފަހު ކުރިމަތި ވާނީ ދުނިޔޭގައި ކުރެވުނު އަމަލެއްގެ ޖަޒާ. ސަލާމަތް ކުރާކަށް އެންމެ ސިފައިންގެ މީހެއްވެސް ނުހުންނާނެ.
ހަސީން
15 February 2019
މިކަމާ ސަޢުދީ ފަތުވާކޮމެޓީގެ ބަހެއް ނުލިބޭ. މިއީ ބިދުޢައެއްތޯ ނުވަތަ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމު ނުވަތަ އެކަލޭގެފާނުގެ ހަތަރު ޚަލީފާއިން ޢަމަލުކުރެއްވި ގޮތްތޯ. އަޅެ ރާއްޖޭގައި މިއުޅޭ ޢިލްމުވެރިއަކުވެސް މިކަމާ ހަމަ އެއްޗެއް ނުބުނެ ތިބެން ހެއުވާނެތޯ؟
ހަޒްނީލް
16 February 2019
މިރާއްޖޭގައި އުޅޭ ބަޔެއް ޝޭހުންނައް ވާހެން ފަތުވާކޮމިޓީގެ ޝޭހުންނައްވެސް ވަނީކަމައް ވެދާނެ ނޫންތޯއެވެ. ފަހުޒަމާނުގަ އިލްމުވެރީންނެއް ނުތިބޭނެ.. ތިބޭނީ ނަމުން އިލްމުވެރީން..
އއއއިބްރާހިމް
15 February 2019
މިއޮތީ ވާދުނިޔެއެއް ބަޔަކަށް ލައްވާފައިވާ. ބޮޑުވަރުދެން ތިވަރު ނުވިޔަސް ތިދަތުރުގެ ކަންކަން ހަމަޖެއްސޭނެ ހަމަ.
4567
15 February 2019
މިގައުމުގެ ވެރިން ވީވީއައިޕީން ދަތުރު ކޮއްފަ ނިދާފަ ކައިފަ ހަރަދު ކުރަނީ އަމިއްލަޖީބުންތަ
ކައްމަތިން
15 February 2019
ރާއްޖޭގެ ދަތުރުފުޅު އެމްޑީޕީގެ ސަބަބުން ކެންސަލް ކުރުމުން ބޮޑު ގެއްލުމެއް ފ އަތޮޅާ ރާއްޖެއަށް ލިބުނު
1234
15 February 2019
އެމާތް ބިމަށް އުފަންވެ ވަޑައިގަތް ކީރިތި މާތް ރަސޫލާއަށް މިހާރުގެ ވެރިން އެކުރަނީ މަލާމާތްހެންވެސް ހީވޭ... އެކަލޭގެފާނު އުޅުއްވި ސާދާ ދިރިއުޅުއްވުން މިމީހުންނަށް ނޭނގެނީބާ؟