ކުރީގެ ރައީސް ޔާމީން: އެމަނިކުފާނު ވާދަކުރައްވަން ނިންމެވީ މާވަށު ދާއިރާ އަށް. --ފޮޓޯ/މިހާރު
17 ފެބުރުއަރީ 2019 - 12:24
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މާވަށު ދާއިރާ އަށް ވާދަކުރައްވަން އުޅުއްވި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެކަމަކު، އެ ވިސްނުންފުޅު ދޫކޮށްލައްވައި، އެމަނިކުފާނު ވަނީ އެ ދާއިރާ އަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހަށް އިންތިޚާބު ކުރަން ނިންމަވައިފަ އެވެ. އަންނަ އެޕްރީލް މަހު ހަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި މާވަށު ދާއިރާ އަށް ސައީދު ވާދަ ކުރައްވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
އެއީ، ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި ޔާމީން އިސްވެ އުފެއްދެވި ޕާޓީ އެކެވެ.
މާވަށުގައި ރޭ ބޭއްވި ސައީދުގެ ކެމްޕޭން ޖަލްސާއެއްގައި، އެ ދާއިރާގެ ރައްޔިތުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މާވަށު ދާއިރާ އަށް ވާދަ ކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލެއްވީ ސައީދަށް ޖާގަ ދެއްވަން ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދޭން އިޚްލާސްތެރި މަސައްކަތްތަކެއް ސައީދު ކޮށްދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިން އުޅުނީ މާވަށު ދާއިރާ އަށް ކުރިމަތިލާން. އެކަމަކު ދާއިރާތައް ހުސްވަމުން ހުސްވަމުން ގޮސް ހުސްވީމާ އަޅުގަނޑު އިހްތިޔާރުކުރީ ސައީދަށް މާވަށު ދާއިރާ ދޫކޮށްލަން،" ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން ސައީދާ އެކު: މާވަށު ދާއިރާ ސައީދަށް ދޫކޮށްލެއްވީ ރިޔާސީ އިންތިޚާބުގައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ ކަމަށް ވިދާޅުވި. --. ފޮޓޯ: ނިޝާން އަލީ/މިހާރު
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު ނަގަން ޕީޕީއެމާއި ޕީއެންސީން ބޭނުންވާ ކަމަށެވެ. އެކަމަކު މަޖިލިހުގެ 87 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަށް ވާދަނުކޮށް، އެ ދާއިރާތަކުން ނުކުންނަ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރަން އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ.
އެއީ، ޔާމީން ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ވެސް އެ ދާއިރާތަކަށް ވާދަކުރުމާ އެކު އެމްޑީޕީ އަށް ގޮނޑި ހިނގައިދާނެ ކަމުގެ ފުރުސަތު ވެސް އޮތުމުންނެވެ.
ޕީޕީއެމުން ކުރިން ވާދަކުރަން ނިންމައި، ޓިކެޓް ދިން ދާއިރާތައް ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލުމުން ޕާޓީގެ އެތެރޭގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް ހުންނާނެ ކަން ގަބޫލުފުޅު ކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ދޫކޮށްލި ދާއިރާތަކުގެ ތެރެއިން ވެސް މާވަށު ދާއިރާ މުހިއްމުވީ، އެ ދާއިރާގެ އަޣުލަބިއްޔަތު ހޯދައި ދޭނެ ކަމުގެ ޔަގީން ކަން އެމަނިކުފާނަށް އެ ދާއިރާގެ ރައްޔިތުންތަކެއް ދީފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް ދެއްވި ޔަގީންކަމާ އެއްގޮތަށް، މާވަށު ދާއިރާ އަށް ސައީދު އިންތިޚާބު ކުރަން މަސައްކަތް ކޮށްދޭން ވެސް ޔާމީން އެދިވަޑައިގަތެވެ.
މި ފަހަރުގެ އާންމު އިންތިޚާބަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ޔާމީން އަނބުރާ ގެންދެވި އިރު، މަނީ ލޯންޑެރިން ހިންގި ކަމުގެ ތުހުމަތާ އެކު ދައުވާކޮށްދޭން އެދި މައްސަލަ ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުބައިސަ
17 February 2019
ޔާމީނު ނުހޮވޭނޭ ބުނި ފަރާތްތަކަށް ބުނެލަން އޮތީ. ހަޖަމު ކުރާށޭ. މިހާރުވެސް އެންމެ ރައްޔިތުންގެ ތާއީދު ބޮޑު އެއް ލީޑަރަކީ ރައީސް ޔާމީން. އަމިއްލަ ޕާޓީން ވިކުނު ގްރޫޕުތަކާއި ދެންތިބި ހުރިހާ ސިޔާސަ ލީޑަރުންނާ ވާދަކޮށްގެން ލައްކައެއްހާ ވޯޓު ލިބުމަކީ ގައިމު ކުޑަކަމެއް ނޫން.
ބިސްބެ
17 February 2019
ހެހޭ...ކައްޕި.....ހެހޭ.....ހީހީހަލާކު...ސަހާދެއް.
ޖަމަލު
17 February 2019
މީނަނުހޮވޭނެ ކައުންސިލް ގޮނޑިޔަކަށްވެސް.
ފޮނިޓައްޕު ހަސަނު
17 February 2019
މިރާއްޖެއަކު ނެތް ތި ޔާމީނު ހޮވޭނެ އެއްވެސް ދާއިރާއެއް.
ޖަމަލޭ
17 February 2019
މީދޯ މިގައުމު ބޮޑުވެގެންވާ ނުތަނަވަސްކަމަކަށް ފޮނުވާލި ހިނިތުންވުމަކީ.
ްއަދުރޭ
17 February 2019
މީނަ ނުހޮވޭނެތީ ބިރުން ކުރިމަތިނުލީ
ފީއަލީ
17 February 2019
ކީއްކުރަން ހޮވާ 87 މެމްބަރުންނެއް ތިޔަބައިގަޑަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެން ރައްޔިތުމީހާއަށް މިއުޅެނީ އަނގަޔާއި އަތާއި ދިމާނުވެގެން އަދި ކޮބާތޯ މެމްބަރުކަމުން ވަކިވިޔަސް އެދޭންޖެހޭ ޕެންށަންފައިސާ50000(ފަންސާސް ހާސް ރުފިޔާ) މަރުދުވަހާއި ޖެހެންދެން މީދެން ރައްޔިތުންނަން އުފުލޭނެ ވަރުގެ ބުރައެއްބާ؟
ތިއްތި
17 February 2019
މާވަހަރު ދާއިރާއަށް ކުރިމަތިލާބަލަ. ޢޭރުން ގެންގުޅޭ ގެންގުޅޭޖާޑިއަށް ލާނެ މާވަހަރެއް ލިބިދާނެ ތޯއްޗެއް ދެއްތޮ.
ޖައިސާމް
17 February 2019
ޔާމިނު މިހާރު އެއްތާކުން އިންތިޚާބުވާނެ ކަމާމެދު ޝައްކު.
މުރާލިބެ
17 February 2019
ޔާމީނު ކޮންމެ ދާއިރާއަކަށް ކުރިމަތިލިޔަސް ދެން އިރާދަކުރެއްވިއްޔާ ނުހޮވޭނެ. މިހާރު އެހުރީ ވަތަށް ބޯޖަހާފަ. އިންސާނުންނަށް ނުހައްގު އަނިޔާ ކުރާ ކޮންމެ މީހަކަށްވެސް އަންނާނެ އެދުވަސް.