ޕްރިންސް ހެރީ އާއި މޭގަން ބަޔަކާ ބައްދަލު ކުރައްވަނ<
18 ފެބުރުއަރީ 2019 - 07:30
އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީއާ އެންގޭޖްވި ހިސާބުން ވެސް މޭގަންގެ މާކަލްގެ ދިރިއުޅުން ވަނީ ބަދަލުވެފަ އެވެ. ކުރިން ހޮލީވުޑްގެ ބަތަލާއެެއްގެ ގޮތުގައި މަސައްކަތްކުރި މޭގަން ވަނީ އެކްޓްކުރުން ވެސް އެންގޭޖްމަންޓާ އެކު ހުއްޓާލައިފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކައިވެނި ބައްލައިގަތް މޭގަން މިހާރު އިންނެވީ އަލަތު ދަރިފުޅަށް އާލާސްވެ އެވެ. އެޕްރީލް މަހުގެ ތެރޭގައި ދަރިފުޅު އުފަން ވާނެ އެވެ.
އިނގިރޭސީ ޝާހީ އާއިލާއާ ގުޅިވަޑައިގަތް ފަހުން މީޑިއާޔތަކުން ސިފަ ކުރާ ގޮތުގައި، އެމެރިކާގެ ކެލިފޯނިއާ އަށް އުފަން މޭގަންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ވާހަކަ ދައްކަވާ އެކްސެންޓެވެ.
މީޑިއާތަކުން ބުނާ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން މޭގަން ވާހަކަ ދެއްކެވި އެކްސެންޓާއި މިހާރު ވާހަކަ ދައްކަވާ އެކްސެންޓުން ވަނީ އަޅައިގަންނަ ވަަރަށް ބަދަލުތަކެއް އައިސްފައި އެވެ. މި ވާހަކަ މީޑިއާތަކުން ދައްކަން ފެށުމާ އެކު، ބައެއް މީހުން ވެސް އެ ފަރަގު ފާހަގަކުރެވޭ ކަމަށް ބުނެ ކޮމެންޓްކޮށްފައިވެ އެވެ.
Meghan Markle’s got a case of the Madonna! She’s now speaking with a British accent! It happens! Have you heard Lindsay Lohan talk lately? 😜 pic.twitter.com/sexMnNlglc
— Perez (@ThePerezHilton) July 6, 2018
މީޑިއާތަކުން ބުނީ މޭގަންގެ އެކްސެންޓް މިހާރު ވަރަށް ބޮޑަށް "އިނގިރޭސިވެފައިވާ" ކަމަށެވެ. ކުރިން އޭނާގެ ވާހަކަ ދެއްކި އެމެރިކަން އެކްސެންޓާއި މިހާރު ގެންގުޅޭ އެކްސެންޓަށް ބަލާއިރު، ބައެއް ލަފުޒުތައް ބޭނުން ކުރުމުގައި ތަފާތެއް ހުރިކަން ގިނަ މީޑިއާތަކުން ފާހަގަ ކުރެ އެވެ.
އެގޮތުން މޭގަން މިހާރު "އޯލް" އާއި "ދެޓް" ފަދަ ލަފުޒުތައް ޕްރޮނައުންސް ކުރާ ގޮތް ވަރަށް ވެސް އިނގިރޭސި ކަމަށް އޭނާ މި ފަހުން ދައްކާފައި ހުރި ބައެއް ވާހަކަތައް އަޑު އަހައިލުމުން ފާހަގަ ކުރެވޭ ކަމަށް ބަހުގެ ބައެއް ތަޖުރިބާކާރުން ފާހަގަކޮށްފައިވެ އެވެ.
"މާ ބޮޑު ބަދަލެއް އެކްސެންޓަށް އައިސްފައި އެބަ ހުއްޓޭ ބުނާ ހިތެއް އަދި ނެތް. އެކަމަކު އެބަހުރި ފާހަގަކުރެވޭ ކަހަލަ ބަދަލެއް އައިސްފައި،" ލަފުޒުތައް ބޭނުން ކުރާގެ ގޮތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޖިއޯފް ލިންޒީ ވިދާޅުވި އެވެ.
ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި މޭގަންގެ އެކްސެންޓަށް ބަދަކު އައިސްފައި ހުރިކަން ފާހަގަ ކުރެވޭ ކަމަށް ބުނާ ބައެއް ވީޑިއޯތައް ވެސް ހިއްސާކޮށްފަ އެވެ.
ޓޮރޮންޓޯ ޔުނިވަސިޓީގެ ބަހާ ބެހޭ އެސިސްޓަންޓް ޕްރޮފެސަރު މެރީޒާ ބްރޫކް ވިދާޅުވި ގޮތުގައި މޭގަންގެ އެކްސެންޓް "އިނގިރޭސި" ވާކަން ބޮޑަށް ފާހަގަ ކުރެވެނީ އިނގިރޭސިން ރައްޔިތުންނާ މުއާމަލާތް ކުރާ ހާލަތްތަކުގަ އެވެ. އެގޮތުން ދަރިވަރުންނާ ބައްދަ ކުރައްވާ އިވެންޓްތަކުގަ އާއި ސީދާ އާންމުންނާ ކުރިމަތިލައްވާ އެކިއެކި އިވެންޓްތަކުގެ ތެރެއިން އެ ބަދަލު ފެންނަ ކަމަމަށް ވިދާޅުވި އެވެ.
"އެ ބަދަލު ގޯހެއް ވެސް ނޫން. އަދި ގަބޫލެއް ނުކުރެވޭ އެއީ ވަކި ގޮތަކަށް ވާހަކަ ދައްކަން އުޅެން ހަދައިގެން ފާހަގަކުރެވޭ ބަދަލެއް ކަމަކަށް ވެސް،" މެރީޒާ ވިދާޅުވި އެވެ. "އަހަންނަށް ހީވަނީ މޭގަންގެ ފަރާތުން އެ ފެންނަ ބަދަލުވުން އިނގިރޭސިން އެކަމަނާ ލޯބިވުން އިތުރުހެން ވާނީ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy