ސައުދީ ވަލީ އަހުދު (ވ) އާއި ބޮޑު ވަޒީރު އިމްރާން ޚާން ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
18 ފެބުރުއަރީ 2019 - 16:16
އިސްލާމްއާބާދު (ފެބްރުއަރީ 18) - ސައުދީ އަރަބިއާގެ ޖަލުތަކުގައި ތިބި ޕާކިސްތާނުގެ 2107 ގައިދީން މިނިވަން ކުރުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަންގަވައިފި އެވެ.
ވަލީ އަހުދުގެ ޝަރަފްގައި މިއަދު ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ޕާކިސްތާނުން ހައްޖާއި އުމްރާ އަށް ދާ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައި ދިނުމަށް ވެސް ވަލީ އަހުދުގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި އެ މީހުންގެ އިމިގްރޭޝަންގެ ކަންކަން ޕާކިސްތާނުގެ ބޮޑު ތިން ސިޓީން ހަމަޖައްސައިދިނުމަށް އިމްރާން ޚާން ވަނީ އެދިވަޑައިގެންފަ އެވެ.
ސައުދީގައި މަސައްކަތް ކުރާ ޕާކިސްތާން މީހުންނަށް ދިމާވާ މައްސަލަތަކުގެ ސަމާލުކަން ވެސް އިމްރާން ޚާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. ސައުދީ އަރަބިއާގައި ޕާކިސްތާނުގެ 2.5 މިލިއަން މީހުން އުޅެ އެވެ. އެ މީހުންނާ މެދު ސައުދީ ރައްޔިތުންނެކޭ އެއްގޮތަށް އަމަލު ކުރުމަށް ބޮޑު ވަޒީރު ވަނީ ވަލީ އަހުދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ސައުދީގެ ޖަލުތަކުގައި ތިބި ތިންހާހެއްހާ ގައިދީން ދޫކޮށްލުމަށް ވަލީ އަހުދުގެ އަރިހުން އެދިވަޑައިގެންނެވީ އިމްރާން ޚާނެވެ. ޖަވާބުގައި ޕްރިންސް މުހައްމަދު ވަނީ އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"ގަބޫލް ކުރައްވާ އަޅުގަނޑަކީ ޕާކިސްތާނުގެ ސައުދީ ސަފީރު ކަމަށް،" ވަލީ އަހުދު މުހައްމަދު ވިދާޅުވި އެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވީ ޕާކިސްތާނުގެ ޖަލުތަކުގައި ތިބި 2107 މީހުން މިއަދުން ފެށިގެން މިނިވަންކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލި ފުތު
18 February 2019
މީގެ ތެރޭގައި މަރުދިޔަ ދޭން ޖެހޭ އަދި ވާރިސުން މާފުނުކުރާ ނިކަމެތި މީހުން ހިމެނޭނެ ކަމަށް އުމީއްދުކުރަން
ކިއްލިބާޝާ
18 February 2019
ވަރަށް ރަގަނޅުކަމެއް. އަޚްވަންތަކަން އެބަޖެހޭ އިސްލާމީ ދައުލަތްތަކުގެ މެދުގާ ގާއިމްކޮށް ވަރުގަދަކުރަން.