ޕްރިންސް މުހައްމަދަށް ޕާކިސްތާނުން ހަދިޔާކުރި ރަން ޕްލޭޓްލީ ބަޑި.
18 ފެބުރުއަރީ 2019 - 20:37
އިސްލާމްއާބާދު (ފެބްރުއަރީ 18) - ސައުދީ އަރަބިއާގެ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ޕާކިސްތާނުގެ ސެނެޓުގެ ވަފުދަކުން ރަން ޕްލޭޓްލީ ބަޑިއެއް މިއަދު ހަދިޔާކޮށްފި އެވެ.
ދެ ދުވަހުގެ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންނެވި ޕްރިންސް މުހައްމަދަށް ބަޑި ހަވާލުކޮށްދެއްވީ ސެނެޓުގެ ޗެއާމަން ސާދިގު ސަންޖްރާނީ އެވެ. ބަޑިއާ އެކު ވަނީ ޕްރިންސްގެ ފޮޓޯފުޅެއް ވެސް ހަދިޔާކޮށްފަ އެވެ.
ޕްރިންސް މުހައްމަދަށް ޕާކިސްތާނުން ހަދިޔާކުރި ރަން ޕްލޭޓްލީ ބަޑި އާއި އެމަނިކުފާންގެ ފޮޓޯފުޅު.
ޕްރިންސް މުހައްމަދަށް ޕާކިސްތާނުން މިއަދު ވަނީ އެ ގައުމުގެ އެންމެ މަތީ މަދަނީ ޝަރަފް ވެސް އަރުވައިފަ އެވެ. ނިޝާނީ ޕާކިސްތާނުގެ ލަގަބް ޕްރިންސް މުހައްމަދަށް އެރުވީ ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ އެވެ. ޕްރިންސް މުހައްމަދަށް ޕާކިސްތާނުން މި ޝަރަފް އެރުވީ ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށް އެމަނިކުފާން ކުރައްވާ މަސައްކަތުގެ ރަމްޒެއްގެ ގޮތުންނެވެ.
ޕްރިންސް މުހައްމަދުގެ ދަތުރުގައި ދެ ގައުމުން ވަނީ 20 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. ޕާކިސްތާނަށް މިހާރު ދިމާވެފައިވާ މާލީ ދަތި ކަމަށް ހައްލު ހޯދުމުގެ ގޮތުން ސައުދީން މިހާތަނަށް ވަނީ ހަ ބިލިއަން ޑޮލަރުގެ ލޯނު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިޢުބު
20 February 2019
ސުނަނި ސުނަނި އޯމައި ސުނަނި
ބޮންކޮޅެއް
19 February 2019
ނެއްތަ ރަންގިރިޓީކުރި ޕުލީޒް
ގުނބޯއަލީ
19 February 2019
ޕާކިސްތާނުން ނުސީދާ ގޮތެއްގައި ބުނެފި މުޙައްމަދަކީ މީހުން މަރާ ޓެރަރިސްޓެކޭ. އަމޭ ބަޑިޔެއް. ކަލެޔާ އެންމެ ގުޅެނީ ބަޑިއެކޭ. ނޭގުނޭ މަލާމާތުން ވެދުން ކުރި އިރުވެސް. ގަމާރު ކަމުން އަދި އޭގައި ހިފައިފިޔޭ. ކީއް ކުރާނީ. މިހާ ވަރަށް މީހަކު ކޮސްވާނީ. ޕާކިސްތާނުން އެބުނީ ޖަމާލު ހާޝުގީ މަރާލީ ހަމަ މުޙައްމަދޭ.
ކުނބޯ
19 February 2019
އަރަބިންނަކީ ކަންކަމުގަ އުފާފާޅުކުރަން މައްޗަށް ބަޑިޖަހާ އުޅޭ ބައެއް..
ރަދީފުގެ ދަރި ކުމާރު
18 February 2019
ދެން މިބަޑިހިފައިގެން ޔަމަނުމީހުން މަރާކަށްނޫން ދާނީ.
ކުމާރު ބައްޕަ
19 February 2019
ބަޑިދިންއިރު ވަޒަނެއްނުދޭ. އަދި އެހެން ބަޑިއެއްގެ ވަޒަނެއް އެއަކަށް ނުލެއްވޭ!
މޯޑުބްރޯ
18 February 2019
ރަން ޕްލޭޓެޑް ބަޑި ކޮންޓެއިނަރުތައް ގަނެވޭނެ މީހަަކަށް ޕާކިސްތާނު ކަހަލަ ޤައުމަކުން އޭގެ ބަޑިއެއް ދިނީމަ ވަރަށް ޖޯކު. ކޮންމެހެން ދެއްކުންތެރި ކަމަަށް ނޫނަސް އަގުބޮޑު ނޫން ހަނދާނީ ހަދިޔާ އެއް ދެވިދާނެ ދޯ. ޕްރީންސް މޯޑުއަށް އަންޑަސްޓޭންޑު ވާނެ. އޭނަ އެއީ ރަނާއި ޖަވާހިރުގައި ދިރިއުޅޭ މީހެއް.
ލާމަސީލު
18 February 2019
އަދިވެސް މީހުން މަރަންތޯ ހިއްވަރުދޭންވީ. ބަޑިއަކީ އިންސާނުން މަރަން ހާއްސަކޮށްފައިވާ އެއްޗަކަށްވާތީވެ ބުނެލީ.