ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް.--- ފޮޓޯ: ނިޝާން އަލީ/މިހާރު
18 ފެބުރުއަރީ 2019 - 21:44
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަން ފެއިލްކޮށްލާނެ ކަމަށް ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރިޔާގެ އިތުބާރު ގެއްލޭފަދަ ކަމެއް ކުރައްވާފައިވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ އެފަދަ މައްސަލައެއް ހުށައެޅިނަމަ ވެސް ފެއިލްކޮށްލާނެކަން، ޖޭޕީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރު ފާހަގަކުރެއްވި އެވެ.
Def Min. @MariyaDidi ge ithubaaru gelley fadha kameh kurahvaafa vaakamah qabooleh nukuran. Efadha massalayeh hushahelhinamaves ekan fail kollaanan! https://t.co/rqR79lcSNY
— Abdulla Riyaz MP (@riyazabdulla) February 18, 2019
ރިޔާޒު އެހެން ވިދާޅުވީ، އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ މާރިޔާ ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހަފުތާއެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެފައިވަނިކޮށެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޒިންމާދާރުކުުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ކަމަށެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ ގައުމެއް ކަމަށެވެ. އެކަމަކު އިންޑިއާ އިން ރާއްޖޭގައި އަސްކަރީ ކަންކަން ކުރަނީ ރާއްޖެ ހިފުމުގެ ނިޔަތުގައި ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާގެ މި ވާހަކަތާ ގުޅިގެން އޭނާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ވެސް އޮތީ ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
19 February 2019
އަޅުގަޑަކީ އެމް.ޑީ.ޕީ. މެމްބަރެއް އެކަމަކު ފުރަތަމަދުވަހުވެސް އަޅުގަޑު މާރިޔާ ޑިފެންސް މިނިސްޓަރ ކަމަށް ކުފޫ ހަމަވާކަމަށް ނުދެކެން. އޭނަގެ ޢަމަލާއި ވާހަކައިން އޭނަ އެކަނަް ސާބިތުކޮށްދީފި. އޭނަ އެމަޤާމުގަ ބަހައްޓަން މަސައްކަތް ކުރާ ކޮންމެ މީހަކީވެސް ބޭރުކުރަންޖެހޭ މީހެއް. އެމް.ޑީ.ޕީ. ގަ އެބަތިބި އެމަޤާމަށް ޤާބިލް މޮޅު މީހުން.
ކަންއޮތްގޮތް
19 February 2019
މައްސަލަ ނުބަލައި، ތިގޮތަށް ފޭލްކޮށްލަންތިއުޅެނީ އިތުރަށް އޭނައާއިމެދު ސުވާލުއުފައްދައި، އެމްޑީޕީ ނަގުލަށްއަރަންތާއެވެ. ބޭނުންވެގެންތިއުޅޭ ގޮނޑިގޮނޑި ހޯދަން ޕުރެޝަރުކުރާށެވެ. މައްސަލަބަލަން ޙާޟިރުކުރަންވީއެވެ. ސުވާލުކުރަންވީއެވެ. މަޢުޞޫމްކަން ސާބިތުކުރަން ފުރުޞަތު ދޭންވީއެވެ. ތިގޮތަށް ޚުދުމުޚުތާރުގޮތް ދައްކައި، ހިހޫތަނުން ފައިދާނަގާނީ ވަރަށްވެސް ފެންވަރުނެތީމަކަން އެބަސާފުވެއެވެ. މަށްހީވަނީ މިއު ރީތިރޯއެއްގައިދާނެހެންނެވެ.
ގައްމު
19 February 2019
ކަލެއައް ތިވައްތަރު ޖެއްސެން ދެންއޮތީ މަހެއްހާދުވަސް ކަލޭދެނެެއް ނުހޮވޭނެ ﷲގެ އިރާދަފުޅެން
މަންޑޭލާ
19 February 2019
ރިޔާޒްއަކަ އަޅުގަނޑު ވޯޓެ ނުލާނަން. ޤާއުމު އިސްކުރަން ރިޔާޒަ ގޮވާލަން.
މިލޮބުވެތިވަތަން
19 February 2019
ގައުމަށް ހެޔޮއެދޭ މީހަކު މާރިޔާދީދީ އެމަގާމުގައި ބަހައްޓަން ވޯޓެއް ނުދޭނެ! ރައްޔަތުން މިކަމާއި މެދު ވޯޓުލާގޮތް ނިކަން ގާތުން މިތިބީ ބަލަން! އިންޑިޔާ މައްސަލަ އަކީ މައްސަލައަކަށް ނަހަދާ މީހުނަށް ވޯޓެއް ނުދޭނަން!
މުޙައްމަދު ހާން
19 February 2019
މިއީ ކާކު، ކޮބައިހޭ ޕޮލިހުގައި ހުރި އިރު ނުފުރޮޅުލާ އެއްވެސް ގަލެއް ނުބާއްވާނެ ބުނި މީހާ، އަފްރަޝީމް މައްސަލައަށްވީ ކިހިނެތްތޯ، މީނާ އަންނިވެރިކަމުގައި ފުލުހުންގެ ތެރެއަށް ވަދެފައިވާނަމަ އެކަން ބަލަންޖެހޭ،
ޕަޕެޓްމާސްޓަރ
19 February 2019
ކުރީގެ ފޮލިސް ކަމިޝަނަރަށް މާރިއާގެ ވާހަކައިން އެ މަގާމުގެ އިތުބާރުބާރު ގެއްލިއްޖެކަން ފަހުމު ނުވުމުން ދޭހަވަނީ އެހެން މާނައެއް. ތިމާ ބޭނުން ޙާސިލް ކުރަން ގައުމު ވިއްކާ އިއްޒަތް ވެއްޔާ މޮޑެންވެސް ފަހެއް ނުޖެހޭނެކަން. މީނައަށް ދެން އަންނަ ދައުރަށް ވޯޓު ނުދެއްވުމަށް ގޮވާލަން.
Haruge
19 February 2019
އަބްދުﷲ ރިޔާޒަކީ ފެއިލްކޮއްލަން ވަރަށް މޮޅުމީހެއް. ޢަފްރާޝީމްގެ މަރުގެ މައްސަލަ ފެއިލްކޮށްލީ ނަޝީދުދެކެ ބިރުންދޯ؟
ތިމަރަ ފޮށިން
19 February 2019
ޕޕމ ޕނސ އަދި ގައުމުގެ މިނިވަންކަން ބާއްވަން ބޭނުން އެއްވެސްމީހަކު ޖޕ ޓިކެޓުގަ ވާދަކުރާ މިފަދަ ކިބުރުވެރި ބޮޑާ އެކަކަށްވެސް ވޯޓުނުދޭންވީ. މރމގެވެސް. އަމިއްލަގޮތުން ވާދަކުރިޔަސް މިމީހުންނާ ގުޅިފަތިބި އެކަކަށްވެސް ވޯޓުނުދޭންވީ މިއީ މަޖުލިސް18 ރިޝްވަތުގެ ކަޅުފައިސާއިން ހަލާކުކުރިމީހުން. ފާރިޝް އަބްދުﷲރިޔާޒު ނާޒިމު ޖަމީލު މިއީ ފާއިތުވި ދުވަސްތަކުގަ ގައުމު ފަސާދަކުރިމީހުން މިމީހުންގެ ކިބައިން ގައުމު މިނިވަންކުރަންވީ. ވައުދާއެއްގޮތަށް ދެމިނުތިބޭ ކިބުރު
ޢެޑްމުންޑޯ
19 February 2019
ނޫސްވެރިން ކުރާ ބައެއްސުވާލުތަކަށް ޖަވާބްދޭންޖެހޭނީ ވަކިގޮތަށް ، އެފެންވަރު މާރިޔާގެ ނެތީމާ މައްސަލައަކަށްވީ ،