ހިލްޓަން އިންޓަނޭޝަނަލުން ހިންގި އިރުފުށި ރިސޯޓް: އެ ރިސޯޓް މެނޭޖް ކުރުމަށް ހަދާފައިވާ އޮތް އެއްބަސްވުން ބާތިލުކޮށްފައި ވަނީ 2013 ވަނަ އަހަރު -- މިހާރު ފައިލް ފޮޓޯ
21 ފެބުރުއަރީ 2019 - 12:59
ސަން ޓްރެވަލްސް އިން އިރުފުށި ރިސޯޓު ހިންގަން ހިލްޓަން އިންޓަނޭޝަނަލްއާ އެކު ހެދި އެއްބަސްވުމާ ޚިލާފުވެ ރިސޯޓް އަތުލި މައްސަލާގައި ހިލްޓަނަށް 26 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރުގެ އާބިިޓްރޭޝަން ކޯޓުން ކުރި އަމުރު އެ ގައުމުގެ ކޯޓް އޮފް އެޕީލް އިން ދަމަހައްޓައިފި އެވެ.
ނ. އިރުފުށި ރިސޯޓު ހިންގައި މެނޭޖްކުރުމަށް ހިލްޓަނަށް ދިން އެއްބަސްވުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް އިން ބާތިިލްކޮށްފައި ވަނީ 2013 ވަނަ އަހަރެވެ.
އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަން އިން ދިޔައީ އެއްބަސްވުމުގައި އޮތް ގޮތަށް، ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށެވެ. އެ ކޯޓުން ނިންމީ ސަން ޓްރެވަލްސް އިން ހިލްޓަނަށް 26 މިލިއަން ޑޮލަރު ދެއްކުމަށެވެ.
އެ މައްސަލައިގައި ސަން ޓްރެވަލްސް އިން ސިންގަޕޫރުގެ ކޯޓް އޮފް އެޕީލްސް ނުވަތަ ހައި ކޯޓަށް ދިއުމުން އެ ކޯޓުން ވެސް މިހާރު ނިންމާފައި ވަނީ އާބިޓްރޭޝަން އެވޯޑް ސައްހަ ކަމަށެވެ. އެއްބަސްވުމާ ބެހޭ މައްސަލައެއް ރާއްޖޭގެ ކޯޓުތަކުން ބަލަމުން އަންނާތީ، އާބިޓްރޭޝަންގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ސަން ޓްރެވަލްސް އިން ހައި ކޯޓުގައި އެދުމުން އެ ކޯޓުން ނިންމީ މައްސަލަ ހުށަހެޅުން، މަގުބޫލު އުޒުރެއް ނެތި، މާބޮޑަށް ލަސްވެފައިވާ ކަމާއި އެހެންވެ އާބިޓްރޭޝަންގެ ނިންމުން ދަމަހައްޓާ ކަމަށެވެ.
ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންމެ ފުރަތަމަ މައްސަލަ ނިންމުމާ އެކު އަމުރު ތަންފީޒުކުރުމަށް ހިލްޓަނުން ވަނީ ރާއްޖޭގައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ތަންފީޒުނުވެ އޮއްވައި ސަން ޓްރެވަލްސް އިން ހުށަހެޅި މައްސަލައެއްގައި 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް މިހާރު އޮތީ ހުކުމާ ހިސާބުގަ އެވެ.
ހިލްޓަނަށް ދިމާވި މައްސަލާގައި ރާއްޖެއިން ހައްލެއް ނުލިބި އަހަރުތަކެއް ވެގެން ގޮސްފައި ވާތީ އެ މައްސަލަ ހިލްޓަން އިން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ސިޓީ ފޮނުވާފައިވެ އެވެ.
ސިންގަޕޫރުގެ އާބިޓްރޭޝަންގެ ނިންމުމަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުން ވެސް ތާއީދުކޮށްފައި ވާއިރު ވެސް އެކަމުގައި ސަން ޓްރެވަލްސް އިން އަމަލުކުރާ ގޮތުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ހިލްޓަން އިން 2015 ވަނަ އަހަރު، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުޝީ
22 February 2019
މީނަ ހިލްޓަން އަށް 26 މިލިއަން ޑޮލަރ ދޭން ހުކުމް ކުރާނީ މީނަ އަތުގަ އެސްކިޔާފަ ލާރި އޮތީމަ. މިމަހުޖަނުން ޓެކްސްގެ ގޮތުގައި ރައްޔިތުންނަށް މިދެނީ ވަރަށްކުޑައެއްޗެއް. އިންކަމް ޓެކްސް މިހާރުން މިހާރަށް ނަގަންވީ. މިމީހުންގެ ލާރިތައްހޭދަމިކުރަނީ ރައްޔިތުން ހޮވާ ވެރިންނާ ދެކޮޅަށް ބަގާވާތްކުރުމަށާ އެމެންނަށް ފައިދާވާގޮތައް ރައްޔިތުންނަށް މަންފާނުލިބޭގޮތައް ގާނޫނުތައް ހެދުމަށްޓަކާ މެމްބަރުން ގަތުމަށް.
ޢެޑަމް
22 February 2019
ވަކިމީހަކައް ވަކިގޮތެއްނޯންނާނެ ރައީސްސޯލިހަކީ އިންސާފައް ލޯބިކުރާނޭބޭފުޅެއްކަންޔަގީން ސިޔާމަކަސް ހަސަނަކަސްހުކުމާއެއްގޮތައްފައިސާނުދައްކާނަމަ ފޯމުލާފައޮތަސް މެމްބަރުކަމަކައްކުރިމައްޗެއްނުލެވޭނެ,އެއީޤާނޫނު,
އުދުހޭ
21 February 2019
ދައްކަންޖެހޭ ފައިސާއެއް ގަވާއިދުން ނުދައްކާ މީހުންނަށް މަޖިލިސް އިންތިހާބުގައި ބައިވެރިވެވޭތަ؟
އީވްލް
22 February 2019
ނުވެވޭނެ
ހައިސީނާ މޫސާ
21 February 2019
ރަނގަޅު، ވަރަށް ރަނގަޅު ނިންމުމެއް، އިންޓަނޭޝަނަލް ހޮޓަލްޗޭންތަކާއި އެކުގައި ކުޅުނީމަ ވާނެގޮތްވަނީ
ފުންއަސަރު
21 February 2019
ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ފަނޑިޔާރުންނަށް.
އަސްތާ
21 February 2019
އަސްތާ ރާއްޖޭގެ ޕަވަފުލް ބާރުގަދަ ޖުޑިސަރީން ތިޔަކަންތައް މަހުޖަނާ އެއްކޮޅަށޤ ނިންމާނެކަމާމެދު ސައްކެއް ނުކުރަން. އިންސާފުގެ މަގަށް ރާއްޖެ ލިބޭކަށްނެއް،
ވާނީ
21 February 2019
އަދި ކިރިޔާ ހައްޤުން ހުކުމެއް އެކުރީ... ބޭރުގެ ކުންފުންޏެއް ކަމަށް ވިޔަސް ، އެމީހުންނަށް ވެސް އިންސާފު ލިބެން އެބަ ޖެހޭ
އިބްރާހީމްފުޅު
21 February 2019
ތިޔަ ސިޔާމަކާއިހެދި ދ އަތޮޅުމީހަކަށް ނޭވައެއްލެވެން ނެތޭ. ހުރިހާ ރަށްރަށް ނަގާ ހުސްކޮށް އެންމެފަހުން ފަޅުތައްވެސް ނަގާ ހުސްކޮށްފި ނުވީތާކަށް ރަށްރަށުގެ ތަރައްޤީއަށް ހުރަސްއަޅަމުން ދަނީ މިސާލަކަށް ނަރުދަމާ ކަހަލަ ކަންކަންވެސް ވިޔަ ނުދީ، ސިޔާމް ބޭނުންވަނީ ރިނބުދުއާއި ބަނޑިދޫވެސް ދަމައިގަނެ ރިޒޯރޓް ހަދަން މީ ދެން ބޮޑުވަރު. ސިިޔާމްގެ ހިތް ނުފުރޭއިރު އެހެން މީހުން އުޅަނަ ދިނިއްޔާވާނީ ކީއް؟ އުއްމީދުކުރަން މީދޫ ދާއިރާގެ ނުވިސްނޭ ރައްޔިތުން ވިސްނާނެކަމަ
އަތްޖަހާ
21 February 2019
އުޅުނީ އާއްމު އުސޫލުން ދިވެހިން ބޭރު މީހުން ލައްވާ ގެސްޓް ހައުސް ހައްދާފަ އެމީހުންނަށް ލަނޑުދޭ ފާޑަށް ހިލްޓަން ލާއްވާ ބޮޑު ސިންގާ ރިސޯޓެއް ހައްދާ އެމީހުން ބޭރު ކޮށްލަން. މިހާރު ހުންނާނެ އެއްޗެއް ވިސްނިފަ.
ކަންއޮތްގޮތް
21 February 2019
ރާއްޖޭގެ ޝަރުޢީނިޒާމު ޚަރާބުކުރުމަށްފަހު، ދުނިޔޭގެކުރިމަތީގައި ރާއްޖޭގެއަގުވައްޓާވެސްލަނީއެވެ. މިފަދަމީހުނަށް ދައުލަތުން ދެއްވާފައިހުރި ރަށްރަށް އަގުމަގުކޮށް ދައުލަތަށް ނަންގަވައި، އަގުދެއްވައި، މިފދަގޮތްގޮތަށް ރާއްޖޭގެނަން ޚަރާބުކުރަން ފުރުސަތުނުދޭންނިންމަންވެއްޖެއެވެ. ރަޢިޔަތުންގެ މަޖިލީހަށް ކުރިމަތިލާމީނުނަކީ ވިޔަފާރިވެރިންނަށްނުވުމަށް މިއީ ފާހަގަކުރަންޖެހޭސަބަބެކެވެ. ނާޖާއިޒުފައިދާނެގުން ހުއްޓުވާ! ރާއްޖޭގެނަން ޚަރާބުކުރުންވެސް ހުއްޓުވާ!