21 ފެބުރުއަރީ 2019 - 15:17
ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ 42 ބޭފުޅެއްގެ ފޯމް އެ ޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް "މިހާރު" އަށް ވިދާޅުވީ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށްގެން ނެގި 42 ބޭފުޅުންގެ ފޯމާއި ލިޔެލިއުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ޕީޕީއެމް އަދި ޕީއެންސީން ނެރޭ ކެންޑިޑޭޓުންނަށް ޖާގަ ދިނުމުގެ ގޮތުން ޖޭޕީން ބައެއް ދާއިރާތައް ދޫކޮށްލާ ވާހަކަ އޭނާ ދޮގުކުރެއްވި އެވެ. އަލީ ވިދާޅުވީ އެއީ ބައެއް މީޑިއާތަކުން ދައްކާ ދޮގު ވާހަކައެއް ކަމަށެވެ.
"ޖޭޕީން ޕީޕީއެމަށް ދާއިރާތައް ދޫކޮށްލި ކަަމަށް ނޫސްތަކުން ބުނާ އިރު ޖޭޕީ ކައުންސިލަކަށް އެކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ޖޭޕީން ރައްޔިތުންގެ މަޖިލީހަށް ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން ދީފައި ވަނީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށެވެ. އެގޮތުން ގާސިމް ޓިކެޓް ދެއްވުމުގައި އެ ޕާޓީ އަށް ގިނަ ހިދުމަތްތަކެއް ކުރި މެމްބަރުންނަށް ވުރެ، ފަހުން ގުޅުނު ބައެއް ފަރާތްތަކަށް އިސްކަން ދެއްވާފައިވާ ކަމަށް ބުނެ، ޕާޓީގެ ބައެއް މެމްބަރު ކުރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ގާސިމް ކުރިން ވިދާޅުވެފައި ވަނީ މަޖިލީހުގެ 87 ދާއިރާ އަށް ކުރިމަތިލާން ޖޭޕީ އަށް ވެސް ކެރޭނެ ކަމަށެވެ.
ޑިސެމްބަރު 17 ގައި ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޓިކެޓް ދޭނީ ހޮވޭނެ މީހުންނަށް ކަމަށެވެ.
"މިއަދު އަޔަސް، މާދަމާ އަޔަސް އައިސް ސޮއިކޮށްލީމަ ޓިކެޓް ދޭނަން އޭނާ އަކީ [ގޮނޑިނެގޭނެ] ގާބިލް މީހެއްވިއްޔާ. މިތާގައި [ޖޭޕީގައި] 20 އަހަރު ވެފައި ހުއްޓަސް އަޅުގަނޑުމެން ޓިކެޓެއް ނުދޭނަން ނުހޮވޭނެ މީހަކަށް،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެއްޔާ
23 February 2019
20 ވަރަކަށް ގޮންޑި ލިބޭނެ ޖޭޕީއަށް. އމޑޕ ޕޕއމ އަދި ޖޕ ވަކިވަކިން ވާދަ ކުރާނަމަ ޖޕ އަށް 7 ގޮންޑިވެސް ނުލިބޭނެ އަދި އމޑޕ 60 ވަރަކަށް ގޮންޑި ނަގާނެ.ނަމަވެސް ޖޕ ޕޕމ އެއް ޕާޓީ ލާ ގޮންޑިއަށް އަނެއް ޕާޓީ ނުލާތީ އެދެ ޕާޓީއަށްގިނަ ގޮންޑިތަކެއް ލިބޭނެ. އެދެ ޕާޓީއަށް މެޖޯރިޓީ ލިބިދާނެ.ގިނަ ވޯޓް ލިބޭނީ އެމްޑީޕީއަށް މާލެ އައްޑޫ ފަދަ އާބާދީތަކުން. ނަމަވެސް ގިނަ ކުދި އާބާދީތަކުން ޖޕ ޕޕއމ މޮޅުވެ ކުރިންހެން މެޖޯރިޓީ ނަގާނެ. އެފަރަގު މިފަހަރު ކުޑަވާނީ.
ރުމާލު10
22 February 2019
އަހަރެންގެ ވޯޓް ތިލަފަތަށް
އަލިފުޅު3
22 February 2019
މާމިގިލީ ގޮނޑި ލައިގެން 7 ގޮޑި ވަރު ލިބިދާނެ ދެން އިތުރަށް ބޭނުމިއްޔާ ޖެހޭނީ ހޮވު ބަޔަކު ގަންނަން
ޝޮކްތެރަޕީ
21 February 2019
އެމްޑީޕީއަ މަޖުލިސް ލިބިއްޖީޔާ މި ޤައުމުގެ ދުވަސް ދިޔައީ. ދިވެހިން ޅައެއްޗެ ނުހަދާނެކަމަ ހީކުރަން.
ދެރަސޮރު
21 February 2019
ބަލަ ޓިކެތް ދިން 42 ގޮނޑި ޔަޤީންވީތާ ދޮއްތޮ އެކަމަކު މިފަހަރި ފެންފުށި މާމިގިލި މީހުން ތިބީ އެމަނިކުފާނު ހޮވާގޮތަކަށް ނޫން ވަރަށް ސަލާން
ކިއްލިބާޝާ
21 February 2019
ނޫސްވެރިން ހަދަނީ ދޮގު އުތަ؟
ބޫމް
21 February 2019
"މިއަދު އަޔަސް، މާދަމާ އަޔަސް އައިސް ސޮއިކޮށްލީމަ ޓިކެޓް ދޭނަން އޭނާ އަކީ [ގޮނޑިނެގޭނެ] ގާބިލް މީހެއްވިއްޔާ. މިތާގައި [ޖޭޕީގައި] 20 އަހަރު ވެފައި ހުއްޓަސް އަޅުގަނޑުމެން ޓިކެޓެއް ނުދޭނަން ނުހޮވޭނެ މީހަކަށް" އެހެންވީމާ ޖޭޕީއަށް 42ޖާގަ ކަށަވަރުވީތާ ދޯ؟
ހަމޫ
21 February 2019
މަމެން އެއިނީ ގާސިމް މަޖިލީހުގެ ރައީސަކަށް ބައިންދާފަ ގައިދީ ޔާމީނަށް މިފަދަ މަގާމެއް ދުވަހެއްގެ ކޮޅުންވެސް ގާސިމަށް ދޭން ބޭނުން ނުވާނެކަން އެއީ އިރު ފެންނަ ފަދައިން ފާޅުވެ އެނގޭ ކަމެއް ކޮއިލިޝަންގެ ކޮންމެ ބަޔަކަށް ގޮނޑިއެއް ލިބުނަސް އެއީ 04 ލީޑަރުންނަށް ލިބޭ ތަސައްލީ އެއް
ސުލޮމޮން
21 February 2019
ޔާމީނު ޖަލަށް ނުލި ނަމަ ތި 3 ޕާޓީ ތިބޭނީ އެގޮތަސް ގޮނޑި ދޫކޮށްގެން، އިބޫ އަކީ ކަނޑުކޮހެއް ނޫނޭ ގާސިމް ދަސްނުވާ ވަރުގެ. ޖެޕީގެ އެއްވެސް ކެންޑިޑޭޓެއް ނުހޮވުމަކީ މިހާރު ގާސިމުގެ އަމަލުތައް ހުރިގޮތުން ވަރަށް ގިނަ މީހުން ބޭނުންވާ ގޮތް
މުނާފިގުކަލޭގެ
21 February 2019
އެހެންވިއްޔާ ކޮބާ ތިޕާޓީގަ އުޅުމުގެ ބޭނުމަކީ ޕާޓީ ލޯބިއޮވެ ގިނަދުވަސްވީ މީހުން ބާކީ ކޮށްލާނަމޭ އެބުނީ ލީޑަރ އިދިކޮޅުގަ އޮވެ ޕާޓީގެ ލީޑަރ އަށާ ޕާޓީ އަށް ޖެއްސުންކޮށް އުޅެފަ ބަދަލުވާއިރަށް އައިސް ޕާޓީއަށްވަނީމަ ގިނަދުވަހު ޕާޓީގަ އުޅުނު އިޚްލާޞްތެރިން ބޭކާރުކޮށްލާފަ ބެވިމީހުން ކައިރިކޮށް ޓިކެޓްވެސްދެނީ.... ތީ މުނާފިގުންގެ ގޮތެއްނު... ހެތޮނުވާނެ ތި ޕާޓީއަށް ވަދެއުޅެންވެސް............