17 ޑިސެމްބަރ 2018 - 22:34
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޖެހިއްޖެއްޔާ އެގޮތަށް ކަންތައް ކުރަން ޖުމްހޫރީ ޕާޓީ ވެސް ފަސް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ މަޑުން އޮތީ ވާދަކުރަން ނުކެރިގެން ނޫން ކަމަށާއި ކޯލިޝަނެއްގައި ތިބުމާ ގުޅިގެން އެ ވިސްނުމާ އެއްގޮތަށް ގެންދަން ބޭނުންވާތީ މަޑުކުރަނީ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ޖޭޕީގެ ކެތްތެރި ކަމަށް ވެސް ނިމުން އަންނާނެ ކަމަށެވެ.
އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގާސިމް މިރޭ ނުސީދާ ގޮތެއްގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ގޮނޑި ކާމިޔާބު ވުމަކީ ކޮންމެހެން މީހެއްގެ ބޮޑު ކުޑަމިނަށް ބަލައިގެން ވާ ކަމެއް ނޫން ކަމަށެވެ.
"ވާދަކުރަން ޖެހިއްޖެއްޔާ އަޅުގަނޑުމެންނަށް ވެސް 87 ދާއިރާ އަށް ވާދަކުރެވޭނެ. އަދި ކުރަން ވެސް ކުރާނަން،" ގާސިމް ވިދާޅުވި އެވެ.
ކޯލިޝަންގެ ސަރުކާރު އެކުލަވާލި ފަހުން، ގާސިމް މިހެން ވާހަކަފުޅު މި ދެއްކެވީ ކޯލިޝަންގެ އެއްބަސްވުމާ ހިލާފަށް އެމްޑީޕީން ބޭނުންވާ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެކަމަށް އެދި އެމަނިކުފާނަށް ގިނަ ބަޔަކު ގުޅަމުން އަންނަ ކަމަށާއި އެހެން ނަަމަވެސް އަދި ގޮތެއް ނުނިންމައި ޕާޓީ އޮތީ "ކުރިން ނިންމާފައި އޮތް ގޮތަށް" ކުރިއަށްދާން ކަަމަށެވެ. ކުރިން ނިންމާފައި އޮތް ގޮތް ކަމަށް އެ އިޝާރާތް ކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަނުގެ މެދުގައި ދާއިރާތައް ބަހާލަން ވެފައިވާ އެއްބަސްވުމަށް ކަމަށް ބެލެވެ އެވެ.
ނަމަވެސް އެއަށް ފަހު ގާސިމް ވިދާޅުވީ ކޯލިޝަން ރޫޅާލާ ބަޔަކަށް ޖޭޕީ ނުވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށާއި ގާސިމަށް ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ކިޔަމުން ގެންދާ ފާޑުކިޔުންތަކާ މެދު ގާސިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ވިދާޅުވީ އެ ޕާޓީ އަށް ހަމަލާތައް އަންނަ ނަމަ ދިފާއުވާން ކުރަން ޖެހޭ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ. ސޯޝަލް މީޑިއާގައި ކިޔަމުން އަންނަ ފާޑުކިއުންތަކަކީ އަބުރާ ބެހުން ކަަމަށް ސިފަކުރައްވައި، މިހާރު އުވާލައިފައިވާ އަބުރުގެ ގާނޫނު އަލުން އަތުވެދާނެ ކަމުގެ އިންޒާރު ވެސް އެމަނިކުފާނު ދެއްވި އެވެ.
"ހަމަލާދޭން އަތް މަޅާލަންޏާ އަޅުގަނޑުމެންނަށް ވެސް އަތް މަޅަން ކެރޭނެ ދިފާއުގައި. އަތް މުގުރައިގެން ދިއުން ނުވަތަ ނުދިއުން އަދި އެއީ އެހެން ކަމެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ
19 December 2018
މީ މިގައުމުގެ ހަލާކު... ޔާމީން މީނަގެ ކަރުބުޑައް ފިއްތާ ފަހުނޭވަޔައް ގޮސްފަ އޮއްވާ އެމްޑީޕީ މީނަ ސަލާމަތް ކުރީމަ އަނެއްކާ ވެސް ހޭރެން ފެށީ...
ބެއްޔާ
19 December 2018
ކަލޭމެން ސިިޔާސީމީހުން ހީކުރަނީ ދިވެހިޤައުމަކީ ކަލޭމެންގެ މިލްކެއް ކަމަށްދޯ؟..އާނ! މިމީހުން ހީކުރާގޮތުގައި ހައިލެވެލް މީހުން ތިބޭނީ ސަރުކާރުގެ ބޮޑެތި މަޤާމްގައި ދެން އާދައިގެ މީހުން ޖެހޭނީ މިމީހުން ބުނާކަމެއް ކުރަން ހިލޭ! ކުއްތާއެއްގެ ކަރުގައި ވާޖަހާ އުސޫލުން ޕާޓީތަކުގެ ޢާއްމުމެންބަރުން ތިބެންޖެހޭނީ! މިމީހުން ބުނާ މީހަކަށް ވޯޓްލާގޮތައް! މަސަލާން! މަށައްއިގޭނީ ވޯޓްދޭނެ މީހެއް. އެކަމަކު މީހާރު ވިސްނަނީ އެއްވެސް މީހަކަށް ވޯޓްނުދޭން ހިލޭސާބަހައް.
ގޮތުގަ
19 December 2018
އެމްޑީޕީމީހުންނަކީ ބޭނުންވީމަ ބޭނުންކޮށްފަ ބޭނުން ކެނޑުނީމަ އެއްލާލަން ބޭނުންވާ ބައެއް. ރިޔާސީ އިންތިޚާބަށް ބޭނުންހިފާފަ މިހާރު އެއުޅެނީ އެއްލާނުލެވިގެން ހަދާނެ ގޮތެއްނެތިގެން. ޖޭޕީއަށް 3 އަނބިން އެއްފަހަރާ ގެންގުޅެވުނަސް އެމްޑީޕީއަކީ އަބަދުވެސް ބެޗްލަރއެއްގެ ގޮތުގައި އޮންނަ ހިތްވާ ބައެއް. އެމީހުންނާއެކީ ނޫޅެވޭނެ ހަގީގަތުގަ އެއްބަޔަކަށްވެސް. ގަދަކަމުން ޖޭޕީ އުޅެންވެގެން ތިއުޅެނީ.
ފިރުޓޭ
19 December 2018
ޖާސިމާ ކައެ މާ ހިފިނުހުރެވިގެން ތެޅި ނުބާލައްޗޭ އިނގޭ! އަހަރުމެން ވެސް މި އުޅެނީ މި ޤައުމުގަ!
އަޙުމަދު
19 December 2018
މީހަކު ބުނީތޯ ޤާސިމް ކައިރީގަ 87 ގޮމޑިއަށް ކުރިމަތި ނުލާށޭ. ކުރިމަތި ލީމަ ނިމުނީނު. ކެންޕޭނަށް ޤާސިމް ގޮސް ނުވާނެހާ ކަންކަން ކޮށްދޭނަމޭ ބުނެފަ އަންނާނީ ދެން މީހުން ޤަބޫލު ކުރަންވީ ، މަހުޖަނު ވިއްޔާ ކޯށްދޭނަމޭ އެބުނީ ، އަނގައިން ކޮށްދޭނެ. މަހުޖަނަށް އޮންނާނީ ވެރިކަމަށް މީހަކު އެރުވުމާ އެމީހަކު ވެރިކަމުން ވައްޓާލުން، މިކަން ކުރެވޭތޯ ބަލާ.
ނަޖްވާ
19 December 2018
ސޭޓުގެ އަނބިމީހާގެ ފިރިމީހާ ކޮންހާ ފާޑަކަށްތަ މި ތެޅި ބާލަނީ! އަހަރުމެން ނުތިބޭނަން ބަލާކަށް އިނގޭ މިފަހަރު މި މީހާ ފަނި ހަދާތަނެއް! މީ އަހަރުމެންގެ ވެސް ޤައުމު!
ނޫނު
19 December 2018
އެމްޑީޕީ އިން ބުނީތަ އެކަކުވެސް ލައިގެން ނުވާނެ އޭ،، ތިމެންނަމެން އެކަންޏޭ 87 ދާއިރާ އަށް ކުރިމަތި ލާން ވާނީ. ބަހަންވެސް ހުށަހެޅީ ހަމަ އެމްޑީޕީ އޭ. އެހެން ބަޔަކު ނެތޭ އެއްބަސްވެފާ. މިހާރު ވަޤުތު ޖެހުނީމާ މި ބޭނުންވަނީ އެމްޑީޕީ އަށް ތާއީދު އޮތަސް މީނަގެ މީހުން ލައްވާ ކުރިމަތި ލައްވާ، އެމީހުން ހޮވާދޭން. ބަލަ އެމްޑީޕީ އަށް އޮތް ފަދަ ތާއީދެއް އޮތް ނަމަ ތިޔަ އެދުންވެރިޔާ ޔަޤީނުންވެސް އެހެން އެކަކަށްވެސް އެންމެ ގޮނޑިއެއްވެސް ނުދޭނެ. އެންމެން ދަނޭ..ރޫޅ
ހުސީނާ
19 December 2018
ތިތާއީދު ފެންނާނެ މިފަހަރު. ގިނަވެގެން ލިބޭނީ 30 ގޮނޑި.ދެން ލަަލަލަ
އަޑު
19 December 2018
މިއީ ކޯލިޝަން ހަދާ އަދި އެ ރޫޅާ ލުމުގެ ރިކޯރޑް އޮތް ބޭފުޅާ ، މީނަ އަކަށް މާ ގިނަ ދުވަހަކު މިހެން ނުހުރެވޭނެ. މިކަހަލަ ގޮތަކަށް ތެޅި ތެޅި މިކަލޭގެ ހުންނާނެ ދުވަސް ދަންދެން. ހިތުން މިހިރީ ވަރަށް ބާރު ގަދަ ވެގެން. ބަލަ އެކަމެއް ނުވޭ ތާއީދު ކުރާ ބަޔަކު ނެތް . ޕާޓީ އަށް ވަނީކީ ތާއީދަކުން ނެއްނޫން. ވަކި ފައިދާ ތަކެއް ހޯދަން. ކޯލިޝަން ރޫޅާލުން ނޫން އެއްކަމެއްވެސް ނުކުރެވޭނެ. ދެން ބަޣާވާތެއްވެސް ކުރެވިއްޖެއްޔާ ރޯދި.
އަލީ!
18 December 2018
ދެން ލާބަލަ . އެހެން މީހުން ލާން އުޅޭތީ އެވާހަކަނުދައްކާ.
ރަންބުއްދި
18 December 2018
ތިޔަހާ ރުޅިގަދަ ނުކުރިޔަސް 87 ދާއިރާއަށް ކުރިމަތިލަގަ.ކާކުތަ ހިފަހައްޓަނީ.ނަމަވެސް ހަންދާން ކުރާތި ހުރިހާ ރައްޔިތުން ތިބީ ވިކިފަ ނޫންކަން