ލައިފްސްޓައިލް / ދަރިން ތަރުބިއްޔަތުކުރުން

ދަރިފުޅު "ބަސް ނާހަނީ" ކީއްވެ؟

ކުޑަކުދިން ބަސް ގަބޫލު ނުކުރާ ސަބަބަކީ މާބޮޑަށް ހިފަހައްޓައިގެން ގެންގުޅުން ކަމަށް ވެދާނެ

24 ފެބުރުއަރީ 2019 - 06:59

ބޯހަރު ކުއްޖެކޭ ބުނާ ގޮތެއް ނުހަދައޭ ކިޔާތީ ވަރަށް ގިނައިން އިވެ އެވެ. ބުނާ ގޮތަށް ކަންތައް ނުކުރުމުން އެންމެ ފަހުން "ބަސް ނާހާ" ކުދިން ކަމަށް ވެސް ބުނަނީ އެވެ.

މިއީ މި މައްސަލައާ ބެހޭ ގޮތުން، ކްލިނިކަލް ކައުންސެލަރެއް ކަމަށްވާ ޑރ. ޑެބޯރާ މެކްނަމާރާ "މަދަލީ" ވެބްސައިޓްގައި ދައްކަވާފައިވާ ބައެއް ވާހަކަ އެވެ.

ޑެބޯރާ ވިދާޅުވެފައިވާ ގޮތުގައި ކުއްޖަކު، ބުނާ ގޮތް ނުހެދުމަކީ އެ ކުދިންގެ ވެސް އަދި ބެލެނިވެރިންގެ ވެސް މައްސަލައެއް ނޫނެވެ. އޭނާ ވިދާޅުވީ އިންސާނުންގެ ސިކުނޑި އުފެދިފައިވަނީ ކަމަކަށް އަމުރުކޮށްފި ނަމަ އެކަމާ ދެކޮޅު ހެދުމުގެ ވިސްނުން ވެސް އަންނަ ގޮތަށް ކަމަށެވެ. އެކަމަކު މި ވިސްނުން ބޮޑަށް އަންނާނީ މާ ބޮޑަށް ހިފަހައްޓައި، ކަންކަން މަނާކޮށްގެން ގެންގުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑެތި މީހުންނަށް ވެސް މިކަން އިހްސާސް ވާނެ، އެ މީހަކު ވިސްނަންވީ ނުވަތަ އިހްސާސްކުރަންވީ ކޮން ކަމެއްކަން އެހެން މީހަކު ބުނެފި ނަމަ،" ޑެބޯރާ މިސާލެއްގެ ގޮތުން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިއީ އިންސާނާ އުފެދުގެ އުނިކަމެއް ނުވަތަ މައްސަލައެއް ވެސް ނޫން ކަމަށާއި މިއީ ރަނގަޅު ގޮތެއް ކަމަށެވެ. އެކަމަކު މިކަން ބެލެނިވެރިންނަށް އުނދަގޫ ކަމަކަށް ވަނީ ކުދިންގެ ކިބައިގައި، މި ދެކޮޅު ހެދުމުގެ ވިސްނުން އެއްކޮށް ފުރިހަމަވެފައި ނުހުރުމެވެ. ބޮޑުވަމުން އަންނަ ސިކުނޑިއަކަށް ވާތީ، ދެކޮޅު ހަދަންޖެހޭ ކަންކަމާއި އަމަލުކުރަންޖެހޭ ކަންކަން ދެނެގަތުމުގައި އޮޅުން އަރަނީ އެވެ.

ޑެބޯރާ ވިދާޅުވީ އެ ކުއްޖަކާ ގާތް ގުޅުމެއް އުފެދިފައިވާ މީހަކު ބުނާ ކަމަކާ ދެކޮޅު ހެދުމުގެ ވިސްނުން ކުޑަވާނެ ކަމަށެވެ. އޭނާ މިސާލަކަށް ދެއްކީ، ނުދަންނަ މީހަކު އައިސް ކުއްޖަކު ގާތު ކާރަށް އަރާށޭ ބުނުމާއި އެ ކުދިން ދަންނަ މީހަކު އައިސް ބުނުމުން އަމަލުކުރާނެ ގޮތެވެ.

އޭނާ ވިދާޅުވީ މައިންބަފައިންނަކީ ދަރިންނާ ގާތް ގުޅުމެއް އޮންނަ ބަޔަކަށް ވާއިރު ވެސް މައިންބަފައިން ބުނާ ގޮތް ހަދަން ދަރިން އެހާ ފަސޭހައިން އެއްބަސްނުވާ މައިގަނޑު ސަބަބަކީ މާބޮޑަށް ހިފަހައްޓައިގެން ގެންގުޅުން ކަމަށެވެ.

"ހަފިންޓަން ޕޯސްޓް ކެނެޑާ" އާ ވާހަކަ ދައްކަވަމުން ޕޭރެންޓިން އެކްސްޕާޓެއް ކަމަށްވާ އެލިޝަން ޝަފާ ވިދާޅުވީ މާބޮޑަށް ހިފަހައްޓައިގެން ގެންގުޅުމުން ބަސް ނޭހުމުގެ މައްސަލަ ބޮޑުވާނެ ކަމަށާއި އެކަން ހައްލުކުރުމަށް، ދަރިންނަށް "އަމުރުކުރުން" ހުއްޓާލަން ޖެހޭނެ ކަމަށެވެ. އެގޮތުން، ވަކި ކަމެއް ކުރުމަށް އެންގުމުގެ ބަދަލުގައި އެއީ އިހްތިޔާރެއްގެ ގޮތުގައި އެންމެ ފުރަތަމަ ދެއްކިދާނެ ކަމަށް ޝަފާ ވިދާޅުވި އެވެ.

"ހަގީގަތުގައި އަހަރެމެން ވެސް ބޭނުންވަނީ އަހަރެމެން އަންގާ ކޮންމެ ކަމެއް ކުރާ ދަރިންތަކަކަށް ވުރެ، އަހަރެމެންނަށް އިހްތިރާމްކުރާ އެއްބާރުލުން ދޭ ދަރިން،" އޭނާ ވިދާޅުވި އެވެ.

ޝަފާ ވިދާޅުވީ ދަރިންނަށް އިހްތިޔާރުތަކާއި އަޅާނެ ފިޔަވަޅުތަކެއް ފެންނަން އޮންނަން ޖެހޭނެ ކަމަށެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 30%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454