އައްޑުއިން ވަގަށް ނެގީ ތިޖޫރީ ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރެއަށް އެއްލާލާފައި-- ފޮޓޯ: ޕޮލިސް
24 ފެބުރުއަރީ 2019 - 22:51
އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓް ފަޅާލައިގެން މި މަހު ކުރީކޮޅު ވަގަށް ނެގި ތިޖޫރީ ސ. ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރޭން ފެނިއްޖެ އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލު ފުއްޓަރު ފަރާތު ވަލުތެރެ ބަލައި ފާސްކުރީ، ތިޖޫރި އެތަނުގައި އޮތްކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އައްޑުއިން ވަގަށް ނެގީ ތިޖޫރީ ހިތަދޫ ފުއްޓަރު ފަރާތު ވަލުތެރެއަށް އެއްލާލާފައި-- ފޮޓޯ: ޕޮލިސް
ހިތަދޫ ލިންކް ރޯޑްގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓުން ތިޖޫރީ ވަގަށް ނެގީ ލައްކައަކަށް ވުރެ ގިނަ ރުފިޔާއާ އެކުގަ އެވެ. އެކަމަކު ތިޖޫރީ ފެނުނު އިރު އޭގައި ފައިސާއެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
މި މަހު 14 ގައި، އއ. މަތިވެރީގައި ހުންނަ އެސްޓީއޯ ބޭސް ފިހާރައިގެ ތިޖޫރީ ވެސް ބަޔަކު ވަނީ ވަގަށް ނަގާފަ އެވެ. އެކަމަކު އެ މީހުންނަށް ތިޖޫރީ ހިފައިގެން ނިކުމެވުނީ ފުލުހުންގެ ކުރިމައްޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީއަލީ
24 December 2021
ބަލަގަ ވައްކަން ކުރަނީ ހަމަ އެއްބަޔެކޭ ގޮސް އެބައިގަޑު ހިފާ ހައްޔަރު ކޮއްބަލަ އަދަބު ދީބަލަ.ބަލަގަ ކޮން އިންޓެލިޖެންސް އެއްތަ؟
ހޮޓްކިންގ
25 February 2019
ވަގަށް ނެގި ޢިމާރާތްހުރި ދިމާ ފުއްޓަރުފަރާތު ވަލުތެރެއިން ފެނުނީ. އެއީވެސް އިންޓެލިޖެންސް މަޢުލޫމާތުން. ލަދުން ބޯހަލާކު. ކޮންކަހަލަ އިންޓެލިޖެންސް މަޢުލޫމާތެއްތީ؟ ފެނުނުއިރު ފައިސާ ހުރިކަން ނެތްކަންވެސް ނޭނގޭ. އެކަމަކު ހުރީ ހަލާކު ނުކޮށް ރީއްޗަށް ހުޅުވާފާ. ކިހާސަޅި.
ހާލި
25 February 2019
އެއްގޮލާގެނަމަވެސް އަތްބުރިކޮށްބަލަ ކީއްކުރަން މަގުމަތީ ތިޖޫރީ ހުއްޓަކަސްއަތެއްނުލާނެ
ބައްޑާސް
25 February 2019
މިއީ އައްޑޫމީހުންގެ ފެންވަރަކީ!
ޣަފޫރު
25 February 2019
ކުރިން އިނގިރޭސިން ތިބީމަ ކުޑަ ހޭލުންތެރިކަމަކާއި ތިޔާގި ކަމެއް އައްޑޫ މީހުންނަށް ލިބުނު. އެކަމަކު ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ރާވަން އެނގުނީ ނިސްބަތުން މަދު ބަޔަކަށް. އެމީހުންގެ ދަރިން ތައުލީމާއި ވިޔަފާރީގައި ކުރިއަރާފައިވޭ. އަނެއްބައި މީހުން ވަރަށް ހާލުގައި އުޅެނީ. އެކަމަކު ވަރަށް ހެދިގެން އުޅޭނެ އެންމެން ވެސް.
އަލީ ރާޖާ
25 February 2019
ފެނުނުކަން ތީ ވަރަށް ބޮޑު ނަސީބެއް.
ގާނޫނީވަކީލު
24 February 2019
ކުށްވެރިއަކީ ތިޖޫރީ. ތިޖޫރީ ހުޅުވާފައި ވަގުންނަށް ނެގޭގޮތަށް ނުބެހެއްޓުން. ބެހެއްޓިނަމަ ގެންދާކަށް ނުޖެހޭނެ. އެއްވެސް ވަގަކަށް ފަސޭހައިން ނުނެގޭގޮތަށް އެއްވެސް އެއްޗެއް ބެހެއްޓުމަކީ ގާނޫނީ ބޮޑުކުށެއް. ކުށެއްކަމަށް މުރައްކަބުޖާހިލުވެފައި ތިބި ޤާނޫނީ ވަކީލުންގެ މަހާސިންތާއަކުން އޮތީ ފާސްކޮށް ތައްގަނޑުޖަހާފައި. ސަބަބު ވަގުން ސަލާމަތްކޮށްދީގެން ލިބޭ އާމްދަނީ ނުލިބޭނެތީ.