މަޖިލީހަށް ވާދަކުރުމަށް ފޯމު ހުށަހެޅުއްވުމަށްފަހު ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ: ކޯޓުތަކުގެ އިތުބާރުގެއްލޭ އެންމެ ބޮޑު ސަބަބަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
25 ފެބުރުއަރީ 2019 - 15:27
އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމުގެ މުއްދަތު އިތުުރުކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ރާއްޖޭގެ އެންމެ މަތީ ކޯޓުން ބާތިލްކުުރުމުން ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކޯޓުތަކުގެ އިތުބާރުގެއްލޭ އެންމެ ބޮޑު ސަބަބަކީ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.
"ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިޚާބުތަކަށް ނުފޫޒު ފޯރުުވުން. ނަވާރަ ވަނަ މަޖިލީހުގެ އިންތިޚާބުގެ ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަކީ ސުޕްރީމް ކޯޓަށް އަމުދުން ކުރެވޭނެ ކަމެއް ނޫން،" މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާ ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
Raajjeyge court thakuge aguvetti ithubaaru gellidhaa enme bodu eh sababakee court thakun inthikhaab thakah nufooz foaruvaa kamun. 19 vana majileehuge inthikhaabuge kurimathi lumuge muhdhathu ithuru kurumakee SC ah amudhun kureveyne kamehnoon
— Mohamed Nasheed (@MohamedNasheed) February 25, 2019
ސުޕްރީމް ކޯޓުން އެހެން ހުކުމްކުރީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައިގަ އެވެ.
އެ ކޯޓުން ކުރި ހުކުމުގައި ބުނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. އެހެންވެ ޕްރައިމަރީން ބަލިވި މީހުންގެ ތެރެއިން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 4:00 އަށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް އަމުރުކޮށްފައި ވެ އެވެ.
މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ ނިލަންދޫ ދާއިރާ ފިޔަވައި ބާކީ ހުރި 86 ދާއިރާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒެޑްސީ
26 February 2019
ކޯޓްގެ މެންޑޭޓް ތެރޭ ހިމެނޭ ކަމެއްނޫން ތާރީޚަކާއި ގަޑިއެއް ކަނޑައެޅުމަކީ. ޤާނޫނު މާނަކުރުމަށްފަހު ހިނގާކަމަކަށް އެމާނަކުރުމަކުން އަސަރު ކުރަންޖެހޭނީ. ކުރިމަތި ލުމުގެ ފުރުސަތު މިހާރު އޮތީ ބަންދުވެފަ. ޢެ ދެން ހުޅުވަންޖެހޭނީ އެކަންކުރުމުގައި ޤާނޫނާއި ޚިލާފުކަމެއްހިގައި އޭގެ ސަބަބުން ބަޔަކަށް ފުރުސަތު ގެއްލިފައިވާނަމަ.
މަރޭމިތުރު
26 February 2019
މިހާރުވެސް ޖުޑިޝަރީގެ މައެއް މެންބަރުން އމީހުންގެ ހުސްވަގުތުތަކުގައި ސިޔާސީ ބައެއް ބޭފުޅުންގެ އޮފީސްތަކުގައި އެބަ މަސައްކަތްކުރޭ! މިހެންވީމަ މިނުފޫޒުތައް އެވަންނަނީ! ޖުޑިޝަރީގެ މެންބަރުން ސިޔާސީ މެނަބަރުންނަށް މަސައްކަތް ކޮށްދިނުމަކީ ސީދާ ގާނޫނީ ކުށެއް!
raajjethereymeehaa
26 February 2019
މިއީ ކޯޓަށް ގޮންޖެހުން ..އަމުރަށް ނުކިޔަމަންތެރިކަން ދެއްކުން.
ބޮޑުރިޔާ
26 February 2019
މިހުކުމް ރަނގަޅު އެންމެންނަށްވެސް ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ނަމުގެ ކުރިޔަށް ޑިމޮކްރެޓިކް އަޔަކަސް އަދި ކަމަކުނުދާނެ
އަލިކާ
26 February 2019
މުއްދަތު ބަދަލު ކުރަން މީހަކު ކޯޓަށް ހުށަހަޅާ މައްސަލައަކުން އިންތިޚާބަށް ކުރިމަތިލާ މުއްދަތަކީ ގާނޫނާ ޚިލާފު މުއްދަތެއް ކަމަށް ސާބިތުކޮށްފައި ނޫނީ އެ މުއްދަތު ބަދަލު ކުރުމުގެ އިހްތިޔާރެއް ކޯޓަކަށް ނޯންނާނެ. މުއްދަތު ކަޑައެޅުމަކީ އީސީގެ ކަމެއް. ސުޕްރީމް ކޯޓުގެ ކަމެއް ނޫން.
ކޮކީ
26 February 2019
ބަލަ މީހެއްގެ ހައްގު ދިފާއުކޮށްދިނީޔޭ މިހިރަ ..
އަލީބަލީ
26 February 2019
ކޯޓަށް އިންތިޚާބަށް ކުރިމަތިލާ މުއްދަތު އިތުރުކުރަން މީހަކު ހުށަހެޅިކީވެސް ނޫން. މުއްދަތު ފާއިތުވަންދަން ހުކުމް ނުކޮށް ތިބެފައި ބޭނުން ދުވަހަކު ހުކުމްކޮށް މުއްދަތާ ކުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން. ކޯޓަށް ހުށަހެޅި މައްސަލައިގައި މުއްދަތު ދިގުކުރަން އެދިފައެއް ނުވޭ. މިއީ މި ޝަރުއީ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަކީ. ހަމަ ބޭނުން ކޮންމެ ކަމެއް ބޭނުން ކޮންމެ ގޮތަކަށް ކޮށްލާތީ.
ޅިޔަނާ
26 February 2019
ބަލަގަ ނަސީދު ބޭނުން ވާގޮތަށް އަަމަލުކުރާ ކޯޓެއްވެސް އެއީ މިނިވަން ކޯޓަކަށް ނުވާނެ
އަލަ
26 February 2019
ހަހަ. ދޮގެއްނޫން
ފިރާ
25 February 2019
ކޯޓްގެ ހުކުމަށް ފާޑުވިދާޅުނުވޭ މަނިކުފާނު ހަދުމަފުޅުއެބަހުރިތޯ ސުޕްރިމްކޯޓް ތަޅުއެޅުވި ހަދާން.
ނެތޭ
26 February 2019
ނެތް. ދައުލަތުގެ އިމާރާތެއް ތަޅުލި ހަނދާނެއްވޭ. އެކަމަކު ސުޕްރީމް ކޯޓަކަށް ނުވާނެ ދެއްތޯ އަދި އިމާރާތެއް ހުއްޓަކަސް.
އަޙުމަދު.
26 February 2019
އަދިވެސް ވެރިއަކު އެތަން ތަނުގަ ތަޅު ނާލުވާނެ އެކޭ ދެންނެވޭކަށް ނެއް، ރައްޔިތުން ކޯޓްތަކަށް ފާޑުކިޔަނީ މިޒާތުގެ ކަންކަމާ، ޤާނޫނުތަކާ ޙިލާފަށް އިންސާފުން ބޭރުން ކޯޓުތަކުން ކަންކަމުގެ ތެރެއަށް ވަދެގެން އިންސާފު ހަރާބު ކުރަމުންދާތީ. ނިކަން ބުނެބަލަ، ކާކުތޯ އިންތިހާބުގެމުއްދަތު ދިގުކުރަން އެދުނީ، އެންމެންވެސް ވަކާލާތުކުރީ އެމީހުނަށް އިންތިހާބުގައި ބައިވެރި ނުވެވިދާނެތީ، އެމީހުނަށް ބައިވެރިވެވޭނެ ކަމަށްހުކުމް ކުރީމަ ނިމުނީ. އީސީ އިން އކަންކުރާނެ
ނަސްސް
25 February 2019
އެއްވެސް ހަރުދަނާ ސިސްޓަމެއް މިޤައުމުގައި ޤާއިމުވިޔަ ނުދޭންވީތަ؟ ޕްރައިމަރީގައި ބައިވެރިވަނީ ބަލިވެއްޖެއްޔާ ވާދަކުރުމުގެ ފުރުސަތު ގެއްލޭނެކަން އެގިތިބެ. އެއީ ނަގާރިސްކެއް. އެއީ ވެވޭ ސޯޝަލް ކޮންޓްރެކްޓެއް. ޢެޔަށް އޮނާރ ކުރުމަކީ ރީތި އަޚްލާގެއް.
ހަލީމާޅު
26 February 2019
ތާއީދު. އެއްވެސް މީހަކަށް ޕާޓީއަކަށް ވަންނާނަކަށްވެސް އަދި ޕްރައިމަރީގައި ބައިވެރިވާކަށްވެސް މަޖުބޫރެއް ނޫން. ޕާޓީގެ އުސޫލުތަކާއި ފަލްސަފާ ގަބޫލު ނުކުރާ މީހުން ފުރަތަމަވެސް އަމިއްލަގޮތުން ވާދަކުރީމާ ނިމުނީ.
ރީލޯޑް
25 February 2019
ބުރޯ! ދޫ ރައްކާތެރި ކޮށްގެން ހުރެވޭތޯ ބަލާ.... އިއްވާލާ ޙުކުމަކުން ލިބިފައި ތި އޮތް ޓިކެޓް ބީވެދާނެ...
ރޭނާ ޑި ފެއުދޫ ބިން މޫނިމާ
26 February 2019
ތިމަގުން ކަންތައް ކުރިޔަކަ ދެން އަހަރުމެން އަމުދުން ނުދޭނަން. ވަރައް ސަލާން.