ބާސެލޯނާގެ ލުއިސް ސުއަރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
28 ފެބުރުއަރީ 2019 - 07:14
މެޑްރިޑް (ފެބްރުއަރީ 28) – ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު ރެއާލް މެޑްރިޑުގެ ދަނޑުގައި އެ ޓީމު އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ފައިނަލަށް ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ބާސެލޯނާ އިން ދަތުރުކޮށްފި އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައިވާތީ ބާސެލޯނާ އަށް ކުރި ލިބުނީ 4-1 ގެ އެގްރިގޭޓުންނެވެ. މޭ 25 ގައި އޮންނަ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރާނީ ވެލެންސިއާ އާއި ރެއާލް ބެޓިސް މިރޭ ކުޅެ ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މި މެޗުގައި ރެއާލް މެޑްރިޑުން 14 ހަމަލާ ފޮނުވާލި އިރު ބާސެލޯނާ އަށް ފޮނުވާލެވުނީ ތިން ހަތަރު ހަމަލަ އެވެ. އެކަމަކު ބާސެލޯނާގެ ނިންމާލުންތައް ފުރިހަމަވުމުން ފައިދާކުރީ އެވެ. ފުރަތަމަ ގޯލް 50 ވަނަ މިނެޓުގައި ސުއަރޭޒް ޖެހީ މެޑްރިޑުގެ ދެ ޑިފެންޑަރުގެ ދޭތެރެއިން އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހެއް، މެޑްރިޑުގެ ސާޖިއޯ ރާމޯސް ހުރަސްއަޅައަޅާ ހުއްޓާ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.
ބާސެލޯނާގެ ދެ ވަނަ ގޯލަކީ 69 ވަނަ މިނެޓުގައި މެޑްރިޑުގެ ޑިފެންޑަރު ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޑެމްބެލޭ ނެގި ހުރަސް ދިފާއުކުރަން ވަރާން ވެއްޓިގެންފައި ޖައްސާލުމުން ގޯލުގެ ތެރެއަށް ވަނީ އެވެ. އޭނާ ފައިގައި އެ ބޯޅަ ލައްވާނުލި ނަމަ ސުއަރޭޒަށް ލިބި ބޯޅަ ގޯލަށް ވަނުމުގެ ފުރުސަތު އޮތެވެ. ތިން ވަނަ ގޯލަކީ ސުއަރޭޒަށް އޭރިއާ ތެރެއިން މެޑްރިޑުގެ ކަސެމިރޯ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން އޭނާ ޖެހި ގޯލެކެވެ. އޭނާ 13 މެޗުން މެޑްރިޑް ކޮޅަށް ޖެހި 11 ވަނަ ލަނޑު ވައްދާލީ ރޮނގު މަތިން ބޯޅަ ހިއްލާލައި ގޯލުގެ ތެރެއިން އޮއްސާލައިގެންނެވެ.
ސްޕެނިޝް ލީގުގައި މި ހަފުތާގައި ސެވިއްޔާ އަތުން 4-2 އިން ބާސެލޯނާ މޮޅުވި މެޗުގައި ހެޓްރިކެއް ހެދި ލިއޮނަލް މެސީ ރޭ މާބޮޑު ތަފާތެއް ނުފެނެ އެވެ. އެކަމަކު ލީގުގައި ހޮނިހިރު ދުވަހުގެރޭ މި ދެ ޓީމު މި ދަނޑުގައި އަނެއްކާ ވެސް ވާދަކުރަން ހަމަޖެހިފައިވާއިރު މެސީގެ މުހިއްމުކަން ބޮޑެވެ.
"އަހަރެމެންގެ އެބަތިބި މެސީ ނޫނަސް ލަނޑު ޖެހޭނެ އިތުރު ކުޅުންތެރިން. ސުއަރޭޒްގެ އަދަދުތައް އާދަޔާހިލާފު، އަދި އެއީ ބާސެލޯނާ އަށް ތާރީހީ އަދަދުތަކެއް. އަހަރެމެންނަށް އެނގޭ އޭނާ އަބަދުވެސް ހުންނާނެކަން،" ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ.
މެޑްރިޑުގެ ކޯޗު ސެންޓިއާގޯ ސޮލާރީ ބުނީ ފައިނަލުގައި ކުޅެން ބޭނުންވެ އެ ފުރުސަތު ނުލިބުމުން މާޔޫސްވާ ކަމަށާއި އެކަމަކު ކުރިއަށް ދާނީ އިސްއުފުލައިގެން ކަމަށެވެ.
"އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. އަހަރެމެންނަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނީ، ބާސެލޯނާ އިން އެކަން ކުރި،" ސޮލާރީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތް
28 February 2019
އަހަންނަކީ ބާސާ ސަޕޯރޓަރެއް. އެކަމަކު ރޭގަ ރިއަލްގެ ވިނީޝިއަސް ދެއްކި ކުޅުމަށް ތަޢުރީފުކުރަން ބޭނުން. އަހަންނަށް ޔަޤީން މުސްތަޤުބަލުގައި މޮޅު ކުޅުންތެރިޔަކަށް ވާނެކަން. ރިއަލްއިން ކުރި ހިތްވަރަށް ސާބަސް. ބާސާ އައުޓްޕްލޭ ކުރެވޭނީ ވަރަށް މަދު ބަޔަކަށް.
ލޯންްސްޓަރ.
28 February 2019
25 ފެބްރުވަރީގަ ލެވަންޓޭއަތުން ރެއާލް މޮޅުވި ރެފްރީގެ އެހީގަ.ކެކެކެކެ
ޑޮލަރޭ
28 February 2019
ރެފްރީގެ އެހީތެރިކަމާއެކު މޮޅުވި ވާހަކަ ކިޔާބަލަ
ރެފްރީ
28 February 2019
ބަލިވީމަ ރެފްރީ. ރިއަލް މޮޅުވިނަމަ ރެފްރީއަށްވުރެ މޮޅު މީހަކު ނުހުންނާނެ. ބަހަނާއަކަށްފަހު ބަހަނާއެއް.
މެސީ
28 February 2019
ބާސާ ހަމަ މޮޅީއޭ ކިޔާބަލަ. އޭރުން ސަޅިވާނެ
ބަނދޭ
28 February 2019
މުންކޮ ޔޫސަ ނަމަކަށް ޖެހީމަ އެ އަތުލައިފި މެސީ ޖެހީމަ އެނަން ބޭނުން ކުރަންފަށައިފި މަގޭ ނަގާ ނަންތަށް ހަމަ ދަޅީ ދޯ
މުލޭ
28 February 2019
އޮޅިއްޖެ. ބާސާގެ ކޯޗަކީ ކާކު؟ ބަލިވީ ކޮންޓީމެއް؟. "ބާސެލޯނާގެ ކޯޗު ސެންޓިއާގޯ ސޮލާރީ ބުނީ ފައިނަލުގައި ކުޅެން ބޭނުންވެ އެ ފުރުސަތު ނުލިބުމުން މާޔޫސްވާ ކަމަށާއި އެކަމަކު ކުރިއަށް ދާނީ އިސްއުފުލައިގެން ކަމަށެވެ."
ރަދީފް
28 February 2019
މަރުހަބާ ބާސާ.މަރުހަބާ ސުއަރޭޒް.ރެއާލް ކުރި ހިތްވަރަށް ސާބަސް.ހޮނިހިރު ދުވަހު ކުޅޭ މެޗް ވެސް ދުނިޔޭގެ އެންމެ ގަދަފަދަ ކްލަބުން ކާމިޔާބްކުރުން އެއީ ފޭނުންގެ އުއްމީދު. #ވިސްކައެލްބާސާ #ހަލަމެޑްރިޑް
ސުޒޭންް
28 February 2019
މަރުހަބާ ބާރސާ. "މި މެޗުގައި ރެއާލް މެޑްރިޑުން 14 ހަމަލާ ފޮނުވާލި އިރު ބާސެލޯނާ އަށް ފޮނުވާލެވުނީ ތިން ހަތަރު ހަމަލަ އެވެ." ސްޓެޓްސް ގެނެސްދޭ ކުދިން ކީކޭބާ ބުނަނީ؟ ރޭގަ މެސީ ކުޅުނުތަ؟ އެންމެ ޝޮޓެއްވެސް ހެދިފައި ނުވޭ. 12 މިނިޓް ކުޅުނު ކުޅުންތެރިންނާ އެއްވަރެއްގެ ރޭޓިންގ އެއް މެސީއަށް 90 މިނިޓް ކުޅެގެން ހޯދުމުން، އެއީ މެސީއަށް އެކަނި ހޯދޭނެ ރޭޓިންގ އެކޭ ކިޔާ ފޮނި ކަނޑާނެ ފޭންގާރލްއެއް މިއަދު ނެތީބާ؟ އަދިވެސް އެހެން ކުޅުންތެރިންނަށް މަލާމާތްކުރާތި.
ރަދީފް
28 February 2019
14 ޝޮޓް ހެދިފަ ގޯލެއް ނުޖެހުން އެއީ ކޮންބައެއްގެ މައްސަލައެއް ބާ؟؟ ބޭނުންވީ ރޭގަ މެޗުން މޮޅުވާން ، އެކަން އޮތީ ކާމިޔާބްވެފަ.ރަނގަޅަށް ޕަފޯމް ކުރެވޭ ދުވަސްތައް ވެސް އަންނާނެ.ސުޒޭން ބްރޯއަށް އިނގޭނެ ދޯ ކޯޗުގެ ގޮނޑި އެއީ ކިހާ ހޫނު ގޮނޑިއެއްކަން.ބްރޯ ވެސް އެއްދުވަހު ބުނި ތިމަންނަ މިއިނީ ރާއްޖޭގަ ހުރި އެންމެ ހޫނު ގޯނޑީގައޭ.ރެއަލް ފޭނުންގެ ހިތާމައިގަ ބައިވެރިވަން.
ސުޒޭންް
28 February 2019
އެއަށްވުރެ ރަދީފް ބްރޯ އިންނަ ގޮނޑި ހޫނު ވީމާ ނޫންތޯ "ދެން ނިކަން ތިޔަ ނަމުގަ ކޮމެންޓް ކޮށްބަލާށޭ" ކިޔާފަ އިދިކޮޅު ޓީމަކަށް ސަޕޯރޓްކުރާ އެންމެންގެ ނަން ކަޓުވަނީ؟
އައްބެ
28 February 2019
ސުޒޭން އެހެންވެއްޖެއްޔާ ބުނެދީބަލަ މިފަހުގެ ތާރީހެއްގަ ރެއާލައް ބާސާއަތުން މޮޅުވެވުނު ދުވަހެއް ، ދުނިޔޭގެ އެއްވަނަޓީމު ބާސާއާ ޖެހުނީމަ ހަމަބިމައް ތިރިވަނީ ވިތް ސީއާރް ސެވަން އޯލްސޯ .. ތިޔަ ޗެންޕިއަންސް ލީގުވެސް ނޮކްއައުޓް ވާގޮތައް ނޯންނަނަމަ އަސްލު ލީގުއުސޫލުން ކުޅޭނަމަ ރެއާލް މެޑްރިޑައް ހަރާންވާނެ ތަށިގަނޑެއް ލިބިއްޖެއްޔާ ...
ސުޒޭންގެ ދޮންދަރި
28 February 2019
މެޗުން މުހިންމީ މޮޅުވާން. 100 ޝޮޓް ހަދައިގެންވެސް ގޯލެއް ނުކެހިފައި އެންމެ ޝޮޓަކުންވެސް ގޯލެއް ޖެހުމުން މެޗުން މޮޅުވާނީ ގޯލް ޖެހި ޓީމް. ރޭގަ މޮޅަށް ކުޅުނީ ރިއާލް. އެކަމަށް މަރުހަބާ ކިޔާލަން ބޭނުން. ރިއަލްގެ ކުޅުންތެރިން ކުރި ހިތްވަރަށް އައްސަރިބަހާ ސާބަސް. އެކަމަކު ކްލިނިކަލްއީ ބާސާއިން. ރޭގަ މެސީޔަށްއޮތް ގޯލެއް ޖެހެންވެސް. އެކަމަކު ދޫކޮށްލީ. ކުރިޔަށްއޮތް މެޗަށްފަހު މެސީޔާމެދު ކޮމެންޓްކޮށްލާނަން.
ޗެލްސީ
28 February 2019
މަރުހަބާ ބާސާ..." ބާސެލޯނާގެ ކޯޗު ސޮލާރީ" ސާބަސް..