މާލޭ ވޯޓަ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް
28 ފެބުރުއަރީ 2019 - 12:40
މާލެ ސަރަަހައްދުގައި ފެނުގެ ހިދުމަތް ދޭން ބަހައްްޓާފައިވާ މީޓަރުތަކުގެ ތެރެއިން ބާވެ ހަޑިވެފައިވާ މީޓަރުތައް ބަދަލުކުރަން ފަށާފައިވާ ކަމަށާއި އެ ފަދަ މީޓަރުތައް ބަދަލުކުރަން ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މީޓަރުތައް ބަދަލު ކުރުމަކީ ގަވައިދުން ހިނގަމުން ދާން ޖެހޭ ކަމެއް ކަމަށާއި އެހެން ނަމަވެސް މީޓަރުތައް ބަދަލުނުކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.
"ހުރިހާ ހަޑިކޮށް ހުރި މީޓަރުތަކާއި ދުވަސްވެފައި ހުރި މީޓަރުތައް ބަދަލުކޮށް، އެ މީޓަރުތަކަކީ ވެސް މީހުންނަށް ބަލައިލަން ކެރޭ ކަހަލަ މީޓަރުތަކަކަށް ބަދަލުކުރަން ނިންމާފައި އެ ޕްރޮގްރާމް ފެށިގެން ކުރިއަށް ދަނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މީޓަރުތައް ބަދަލުކުރުމުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.
ފެން މީޓަރުތައް ބާވެ، ހަޑިވެފައި ހުރުމުން ފެން ކުންފުނީގެ އިތުރުން ކަސްޓަމަރުންނަށް ވެސް ގެއްލުންތައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ ފެން މީޓަރުތައް ރީތިކޮށް ބެލެހެއްޓުމަށް އޭނާ ކަސްޓަމަރުންނަށް އިލްތިމާސް ކުރެއްވި އެވެ.
"ކަސްޓަމަރުންނަށް ވެސް މީގެ ސަބަބުން ގެއްލުމެއް ލިބިދާނެ. އެމްޑަބްލިއުއެސްސީ އަށް ވެސް ގެއްލުމެއް ލިބިދާނެ. އެހެންވީމާ ދެ ފަރާތުން ގުޅިގެން ކަންތައް ކުރީމާ އަޅުގަނޑަށް ހީވަނީ ރަނގަޅު ހިދުމަތެއް ދެވި އެންމެންނަށް ފައިދާ ވާނީ މިކަމުގައި،" އާޒިމް ވިދާޅުވި އެވެ.
މީޓަރުތައް ހަޑިވެ ހަލާކުވުމުގެ އިތުރުން މީޓަރުތައް ރައްކާތެރިކުރުމަށް ކުރާ ބައެއް ކަންތައްތަކުން ވެސް މައްސަލަތަކާ ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ފެނުގެ ހިދުމަތަށް ދިމާވާ މައްސަލައެއް ހައްލުކުރަން އުޅޭ އިރު މީޓަރާ ކައިރި ނުވެވޭ ގޮތަށް ހުންނަ ކަމަށް ވިދާޅުވި އެވެ.
ބާވެފައިވާ މީޓަރުތައް ބަދަލުުކުރުމުގެ އިތުރުން އުސް އިމާރާތްތަކަށް އެކަށީގެންވާ ޕްރެޝަރެއްގައި ފެން ނުލިބޭ މައްސަަލަ ހައްލު ކުރުމަށް ޓަކައި ފެނުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ވެސް ފެން ކުންފުނިން އަންނަނީ ކުރަމުންނެވެ. ތިން ފޭހަގަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތްތަށް ގާތްގަނޑަކަށް 24 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ، އެ މަސައްކަތް ފެށި އިރު އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
.ފެންމީޓަރު
01 March 2019
.މިއީވެސް ބާވެފާ އިން ފެންމީޓަރެކޭ މި މީހާވެސް ޖެހޭނީ ބަދަލު ކުރަން.
ބާލު
28 February 2019
މިހާރު ހުރި މީޓަރުތައް ސާފުކޮށް މަރާމާތު ކުރަންވީނު. ކޮންމެހެން އިސްރާފުކޮށް ބޭކާރު ހަރަދުކުރަން ނޫޅެ! ލިބޭހާ ފައިސާ މާލެއަށް ތާޅާ ހުސްކުރުން ކަމަކީ. ނުވަތަ ކޮންމެވެސް ބަޔަކަށް ފައިދާގަނޑެއް ނަގަން ބޭނުންވީތޯ؟ މިގައުމުގައި އެބަހުރި އެކި ރަށްރަށުގައި ކުރަން ޖެހިފައިހުރި ކިތަންމެ ކަމެއް.
ހަމަހޭ
28 February 2019
މިހާރުވެސް ބޭނުންނުކުރިއަސް މީޓަރ ޗާޖްއޭކިޔާފަ ނަގާ 30 ރުފިޔާ މަދުވީކަންނޭގެ. އެސްޓީއޯ އިން ވިއްކި އަލްމުދިސް އަމިއްލަ ވިޔަފާރިވެރިއަކައް ލިބުނުގޮތް ހަނދާންވަނީ.
ދަޔާ
28 February 2019
އެއުޅެނީ އާމީޓަރ ބަހައޓަންށޭ ކިޔައިގެން ޚަރަފު ބޮޑުވާ ވައްތަރުގެ މީޓަރ ބަހައްޓަން އޭރުންތާ މީނަޔަށް ބުނަން އޮންނާނީ ތިމަން ކުންފުންޏަށް ފައިދާ ހޯދަދީފަޔޭ އޮންނާނީ މަކަރާ ހީލަތް
އިމްރާން
28 February 2019
ކުންފުނީގެ އުފެއްދުންތަކުގެ ޚަރަދު ކުޑަކޮށް ކަސްޓަމަރުންނަށް އަގުހެޔޮކުރުމުގެ ވިސްނަން އިނގޭ ވެރިއެއްނޫންދޯ މީކީ. ސާބަސް މުޅިގައުމުގައި ބޭސްފިހާރަ. މުޅި ގައުމުގައި ބްރޭންޑް ނިއު މީޓަރ
ނަސީމް
28 February 2019
ބޮޑެތި ކުންފުނިތަކުގެ އެމްޑީންގެ ޒިމްމާ އަކީ ބޮޑެތި އަދަދުތަކުގެ ފައިސާ ހިމެނޭ ޝިޕްމަންޓްތަށް ގަތުންތޯ. ނުވަތަ މެއިންޓައިން ކުރެވެންހުރި އެއްޗެހި މަރާމާތުކޮށްގެން ބޭނުންކުރުންތޯ. ރަނގަޅު މީޓަރތަށްވެސް އުކާލުންތޯ. ތިގޮތަށް އެމްޑީ ކަން ކޮންމެ މީހަކަށްވެސް ކުރެވޭނެ. އަތުގައި ހުންނަ ފައިސާ އަށް އެއްޗެހި ގަތުމަކީ އެންމެ ފަސޭހަ ކަންތަށް. އެކަމަކު 3 އަހަރުވާއިރު ކުންފުނި ފިރުކެން ފަށާނެ.
ޕްރޯ
28 February 2019
ބޭކާރު ހަރަދު ކުރާނެ ގޮތެއް ނެތީތޯ؟ މިހާރުވެސް އެއަކު އެއްވެސް މައްސަލައެއް ޖެހެނީކީނޫން، ދެން ކީއްކުރަން "ބަލާލަން ކެރޭވަރުގެ" މީޓަރުތަކެއް ހަރުކުރަނީ ސަރުކާރުން ހަރަދުކޮއްފަ؟ އެއީ އެހެންނޫނަސް ސިޓިންގް ރޫމްގައި އިންނަ އެއްޗެއްވެސް ނޫން ދެން މާރިތިކޮއް ބަހައްޓާކަށް.
އަލީ އަހުމަދު
28 February 2019
ޗާޖެއް ނަންގަވަންތޯ ތި އުޅުއްވަނީ؟
އެޗު
28 February 2019
މިތަނަށް ތި ޕުރެސަރު އަރައިގެން ތި އުޅެނި މާލެ ފުރިގެން. ދެންވެސް ތޮއް ޖެއްސުން ހުއްޓެނެ ވިސްނުމއެއް ގެންގުޅެބލ..ލާމަރުކަޒި ކޮށް ރަށް ރަށް ތަރައްގި ކޮށްބަލަ
އެޗު
28 February 2019
ބާފެން އާފެން - މި ނޫނީ ނެތް ދެއްތޮ ކޮށްދެވެނެ ކަމެއް.. ޕުލާސްޓިކު ފުޅި ރިސައިކަލް ކުރަން ތާޒާ ހުސްފުޅި އެއް ގެނައީމަ .25 ލާރި ދިނުން ނޫނި ފެން ބިލުން ކެނޑޭ ގޮތް ހެދިއްޔާ ކީއްތޯ.. ވިސްނުން ތަރައްގި ކޮށްބަލަ.. ތިވެސް ކުރަންޖެހެ ކަމެއް.. މައްސަލަ އަކީ މުއައްސަސާގެ ވެރިން ތިބެނި އެއްބައެއް ދީން ބަދަލުވަނީ