ކްރިމިނަލް ކޯޓު: މަސްތުވާތަކެތީގެ މައްސަލާގައި އިއްޔެ ވަނީ 20 މީހަކާއި ކުއްޖެއް ހައްޔަރުކޮށްފައި.
03 މާޗް 2019 - 16:28
މަސްތުވާތަކެތީގެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި 21 މީހުންގެ ތެރެއިން ފަސް މީހަކު މިއަދު ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ރިޕޯޓާ އެކު މާފަންނު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް 20 މީހަކާއި ކުޑަ ކުއްޖަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ.
އެ ގެ ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި 38 ރަބަރު ޕެކެޓް ފެނިފައި ވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ކޯޓަށް ހާޒިރުނުކޮށް ކުޑަކުއްޖާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ދެން ތިބި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. އޭގެތެރެއިން ފަސް މީހުން ދޫކޮށްލީ ކޯޓުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ބާކީ ތިބި 12 މީހުންގެ ބަންދަށް ފަސް ދުވަސް އަދި ތިން މީހެއްގެ ބަންދަށް ތިން ދުވަސް ޖަހާފައި ވެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުހުއްތު
03 March 2019
ވަކިކަންތައްތަކެއް ފުރިހަމަވެގެން ބަންދުކުރެވޭނީ ހަމަމީހަކު ކޯޓައްގެންދިޔަސް ބަންދެއްނުކުރެވޭނެ އެކަންއެބައެނގޭދޯ އެއްބަޔަކައްފަސްދުވަސް އަނެއްބަޔަކައްތިންދުވަސް ހައްޔަރުކުރީ އެއްތާކުން
ވެށި
03 March 2019
ބިދޭސީ މީހާ ގެ ފޮޓޯ ބަލާލަން ބޭނުމެވެ. ދިވެހީންވެސް ފެންނަނަމަ ބަލާލަން ބޭނުމެވެ.
ބަބުރުލް ސަލީމް
03 March 2019
ހާދަ ފާސްޓޭ.
އޯކޭނޫންތަ
03 March 2019
އިއްޔެ ހައްޔަރުކުރީ. މިއަދު ދޫކުރީ. ކުރިއަށް އޮތީ އެއްކަލަ ސިޔާސީ މީހާގެ ވޯޓު ގޮޅި. އެ ގޮޅީގައި އެ މީހާ ބޭނުން ފާހަގަޖަހައިދެވެން އާއިލާއަށް އޮންނާނީ ދޫކޮށްލީމާ ނޫންތަ!
ދޭސީ
03 March 2019
މިއޭ މައްސަލައަކީ. މިތަކެތި މީހުންގެ ޅަދަރިންނަށް ވިއްކައިގެން އޭގެ އަވައިގަ ޖައްސައިގެން އުޅޭމީހުން ސީދާ ކޯޓުން ދޫކޮށްލަނީ. މިހާރު ބިދޭސީންވެސް ކުރަނީ މި ވިޔަފާރި. ގުލިސްތާނު ގޯޅީގަ މިކަހަލަ ހުރިހާ ޖަރީމާއެއް ބިދޭސީން ހިންގާ. ވިޔަފާރީގެ ހުއްދަނެތި ހުރިހާ ވިޔަފަރިއެއް ކުރޭ. ޕޮލިހައް ބަލާލަން ކެރޭނެބާ؟