އިހަވަންދޫގެ ދެ މީހަކަށް ވީލްޗެއާ ހަދިޔާކުރުމަށް ފަހު، އެ ދެ މީހުންނާ އެކު ބީއެމްއެލްގެ ބައެއް މުވައްޒަފުން މިއަދު ފޮޓޯއެއް ނަގަނީ.---ފޮޓޯ: ބީއެމްއެލް
06 މާޗް 2019 - 20:45
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން، ހއ. އިހަވަންދޫގެ ހަތަރު މީހަކަށް އެ ބޭންކުން މިއަދު ވީލްޗެއާ ހަދިޔާކޮށްފި އެވެ. ވީލްޗެއާ ހަދިޔާކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ކުޑަކުއްޖަކާއި ބޮޑު ދެ މީހެކެވެ.
ބީއެމްއެލުން ނިންމާފައި ވަނީ މި އަހަރުގެ ތެރޭގައި 60 މީހަކަށް ވީލްޗެއާ ހަދިޔާކުރުމަށެވެ.
އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން މިއަދު ވިދާޅުވީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ ކަމަށާއި މޮޓޮރައިޒްޑް ވީލްޗެއާގެ ސަބަބުން އެތަށް ބައެއްގެ ދިރިއުޅުމަށް ހެޔޮބަދަލު އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިހަވަންދޫގެ ކުއްޖަކަށް ވީލްޗެއާ ހަދިޔާކުރުމަށް ފަހު، އެ ކުއްޖާއާ އެކު ބީއެމްއެލްގެ ބައެއް މުވައްޒަފުން މިއަދު ފޮޓޯއެއް ނަގަނީ.---ފޮޓޯ: ބީއެމްއެލް
ބީއެމްއެލުން ވީލްޗެއާތައް ހަދިޔާ ކުރަނީ ހިނގައިބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަދި މޮޓްރައިޒްޑް ވީލްޗެއާ އަމިއްލަ އަށް ދުއްވޭނެ މީހުންނަށެވެ. އެގޮތުން، އެ ރަށެއްގައި އެ ވަގުތަކު ތިބި މޮޓްރައިޒްޑް ވީލްޗެއާ ބޭނުންވާ ހުރިހާ މީހުންނަށް އެ ހަދިޔާކުރާނެ އެވެ.
މީގެ ކުރިން ބީއެމްއެލުން ވަނީ ހަތް ރަށެއްގައި ދިރިއުޅެމުންދާ 16 މީހަކަށް މޮޓްރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. ދިއްދު އާއި ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ކ. މާފުށީގެ އިތުރުން އއ. ރަސްދު އާއި ސ. ހުޅުމީދޫ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
07 March 2019
މީނޫހުގައި ޖަހަންޖެހޭ ވަރުގެ ވާހަކަ އެއް ނޫން ... މމޕރސ ގެ ހިޔާނާތުގައި ބމލ ބައިވެރިވުން ހާމަ ކުރަންވީ ...
ރައްޔިތުންގެ ބޭންކު
07 March 2019
ތީ ދެއްކުންތެރިކަން! ކުޑަކުޑަ ޚައިރާތެއްކޮށްލާފަ އެނިކަމެތިންގެ ފޮޓޯ އާންމު ކުރުމުން ތި ކަމުގެ ފައިދާއެއް ނުކުރާނެ!
ރަދީފް
07 March 2019
ސާބަހޭ ބީއެމްއެލް.
މޮހައްމަދު
07 March 2019
ހެޔޮހިތުން ހެޔޮ ނިޔަތުގައި ކަންކަން ކުރާމީހިން ތިމަންނަ ހެޔޮކަމެއް ކޮއްދީފީމޭ ކިޔާފަ އެންމެނަށް އަންގަމުން ނުދުވާނެ.
އުނދުޅި އޮތް ފަރާތަށް ގޮނޑި
06 March 2019
އަނެއްކާ ޓަސްލާފަ އިހަންދުއަށް ކީއްވެ؟ ޢިހަވަންދޫ އިސް މީހަކު ހުރީތަ ރޢްޖޭގެ ވަރަށް ގިނަ ރަށްރަށުގަ ބޭންކް ހިންގާތާ އެތައް އަހަރެއް އެރަށް ރަށުގަވެސް އެތައް ބަޔަކު އެބަތިބި ފުރޮޅުލީ ގޮނޑިއަށް ބޭނުންވެފަ؟؟؟