ފުވައްމުލަކުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގައި ސައިކަލަކަށް ބޮޑެތި ގެއްލުންވެފައި
09 މާޗް 2019 - 17:53
ފުވައްމުލަކުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުސް އޮފީހުން ބުނީ ފުނާޑުއަވަށު ހައިވޭ ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އެކަކަށް ލިބުނު އަނިޔާތައް ސީރިއަސް އެވެ.
އެ ތިން މީހުންނަށް ވެސް މިހާރު އަންނަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނިގޮތުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން ސްރީލަންކާ މީހަކަށެވެ. އޭނާގެ ކަނާތު ފަޔާއި އަތް ވެސް ބިނދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްވި އަނެއް ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ޒުވާނެއް ކަމަށް ވެ އެވެ. އޭނާ އަށާއި އެ ސައިކަލުގެ ފަހަތުގައި އިން 24 އަހަރުގެ މީހާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމް ޝަރީފު/ ފޯއްމުލަކު/ އަސްލު މާލެ
10 March 2019
އަފޫން މީ ބަލަ ސިޓިީ އެއްކަމަށް ތަމެންނަށް ނޭނގެނީތޯ.
މަރޭމިތުރު
10 March 2019
ސައިކަލް ދުއްވާއިރު ފޯނާއި ނުކުޅެއްޗޭ! ސައިކަލް މާބާރައް ދުއްވަން ނަހަދައްޗޭ!......... މަގެއް ލިބިފައި އޮތަސް މާބާރައް ދުއްވާކަށްނުވާނެ. ފުރާނައަށް ރައްކާތެރިވޭ! ތިމާގެ ފުރާނަ ދިޔައިމާ ދެރަވެ ހިތާމަކުރާނެ ބަޔަކު ތިބިކަން އަބަދުވެސް ހަނދާންކުރަމާ!!
ހައިވޭޓުހެލް
09 March 2019
އަވަހަށް ޖަހަންނަމައަށް ނުދެވިގެންތަ މާބާރަކަށް ތިޔަ ދުއްވަނީ؟
އާދަމް ބާއީ
09 March 2019
އޮތީ ސައިކަލުގެ މަޑިއާ ވޮއްޓަށް ދަންދެން ދުއްވާލާފައެންނު.
ރަދީފް
09 March 2019
ހައިވޭ؟؟؟ ލޮލް.