ސާރާ: އޭނާގެ ތިން ވަނަ ފިލްމަކީ އިމްތިއާޒް އަލީ ޑައިރެކްޓް ކުރާ ފިލްމެއް.
12 މާޗް 2019 - 06:44
އަންނަ މަހުގެ 5 ގައި ރިލީޒްކުރަން ނިންމި އެޑްވެންޗަ ފިލްމު "ޖަންގްލީ" މި މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ކުރިން ރިލީޒްކުރަން އޮތް ތާރީހަށް ވުރެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިއަށް ފިލްމު ޖެއްސި އިރު، މި މަހުގެ 29 ގައި ރިލީޒް ނިންމާފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި އައު ދެ ތަރިއަކު ބޮލީވުޑަށް ތައާރަފު ކުރަން ސަލްމާން ހާން ގެނެސްދޭ "ނޯޓްބުކް" ހިމެނެ އެވެ.
ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޗަކް ރަސަލްގެ ޑައިރެކްޝަނެއް ކަމަށްވާ "ޖަންގްލީ" އަކީ އެތަކާއި ޒުވާނަކާ ދެމެދު އޮންނަ ގުޅުމަށް ބިނާކޮށް ހަދާފައިވާ އާއިލީ އެޑްވެންޗާއެކެވެ. މި ފިލްމުގެ ބަތަލަކީ ބޮލީވުޑްގައި އެކްޝަން ހީރޯއެއްގެ ދަރަޖަ ހޯދާފައިވާ އެކަމަކު އަދި އެހާ މަޝްހޫރު ނޫން ތަރިއެއް ކަމަށްވާ ވިދުޔަތު ޖަމްވަލް އެވެ.
New release date for #Junglee... Will now release on 29 March 2019 [was slated for release on 5 April 2019 initially]... Official announcement: pic.twitter.com/HcPToXS5G1
— taran adarsh (@taran_adarsh) March 11, 2019
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަތުކް ކުލްކަރްނީ، މަކްރަންދު ދޭޝްޕާންޑޭ، އަކްޝޭ އޮބެރޯއީ، ޕޫޖާ ސާވަންތު އަދި އާޝާ ބަޓް ހިމެނެ އެވެ.
މަދާ ތެރޭސާގެ ނަމުން މަޝްހޫރުވި ވަރުގަދަ އަންހެން ޝަހުސިއްޔަތު މޭރީ ތެރޭސާ ބޮޖާޒިހޫގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައި، އަންނަ އަހަރު އެ ފިލްމު ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފި އެވެ.
Official biopic on nobel laureate #MotherTeresa launched, produced by Pradeep Sharma, Nitin Manmohan, Girish Johar & Prachi Manmohan. Written-Directed by Seema Upadhyay. Cast-Crew comprises top talent pools of Bollywood & Hollywood.@OneUpEntertain @girishjohar @prachinm @seems_u pic.twitter.com/oVCQ3juMK3
— Komal Nahta (@KomalNahta) March 11, 2019
ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
ހޮލީވުޑާއި ބޮލީވުޑް ކާސްޓެއް މަސްހުނިކޮށްގެން ގެނެސްދޭ "މަދާ ތެރޭސާ: ދަ ސެއިންޓް" ލިޔެ، ޑައިރެކްޓް ކުރަނީ ސީމާ އުޕަދޭ އެވެ. މީގެ ޕްރޮޑިއުސަރުންނަކީ ޕްރަދީޕް ޝަރްުމާ، ނިތިން މަންމޯހަން، ގިރިޝް ޖޯހަރް އަދި ޕްރަޗީ މަންމޯހަން އެވެ.
އަންނަ އަހަރު "މަދާ ތެރޭސާ" ގެނެސް ދޭން ނިންމި ނަމަވެސް ފިލްމު ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މެސެޑޯނިއާ އަށް 1910 ގައި އުފަންވި މަދާ ތެރޭސާ މަރުވީ 1997 ގައި އިންޑިއާގަ އެވެ.
ކާތިކް އާރިޔަން އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅޭ އިމްތިއާޒް އަލީގެ ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ފިލްމުގެ ޝޫޓިން ކުރިއަށްދާކަން ކަށަވަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅުނު 2009 ގެ ފިލްމު "ލަވް އާޖް ކަލް" ގެ ދެވަނަ ބައެވެ. އަދި ފިލްމުގެ ނަމަކީ "ލަވް އާޖް ކަލް 2" ކަމަށް ވެސް މީޑިއާތަކުން ބުނެ، ފިލްމުގެ ސެޓުން ލީކްވެފައިވާ ފޮޓޯތަކެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ވަނީ ސެޓްގައި ސާރާ އާއި ކާތިކްގެ ގައިގޯޅި މަންޒަރެއްގެ ވީޑިއޯއެއް ވެސް ލީކްވެފަ އެވެ.
ސާރާ އާއި ކާތިކް ހިމަނައިގެން ފިލްމެއް ހަދާކަން އިމްތިއާޒް މީގެ ކުރިން ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.
އަދި ކާތިކް ވެސް އިމްތިއާޒްގެ ފިލްމަކަށް ސޮއިކޮށްފައިވާކަން ޔަގީންކޮށް ދީފައިވާ އިރު، ސާރާގެ ދޮންމަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް "ކޮފީ ވިތު ކަރަން" ޝޯގައި ވަނީ ސާރާ ކާތިކާއާ އެކު ފިލްމެއް ކުޅޭކަން ކަށަވަރުކޮށް ދީފަ އެވެ.
"ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ މިހާރު ޝޫޓް ކުރަމުން އަންނަ އައު ފިލްމު "އާރްއާރްއާރް" ގެ ބަތަލާގެ ރޯލް އާލިއާ ބަޓަށް ހުށަހެޅުމުން، ފިލްމަށް ބޮޑު އަގެއް ކިޔާފައި، އޭނާ ފިލްމު މިހާރު ދޫކޮށްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
Here she is. Roop ♥️ #WomenOfKalank #Kalank@duttsanjay #AdityaRoyKapur @Varun_dvn @sonakshisinha @MadhuriDixit @abhivarman @ipritamofficial @karanjohar #SajidNadiadwala @apoorvamehta18 @foxstarhindi @DharmaMovies @NGEMovies pic.twitter.com/G2CqE72p4e
— Alia Bhatt (@aliaa08) March 8, 2019
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އާލިއާ ކިޔާ ކޮންމެ އަގެއް ދޭން ތައްޔާރަށް ރާޖަމޯލީ ހުރި ނަމަވެސް، ބޮލީވުޑްގެ ކާމިޔާބު ބަތަލާ ފިލްމު ދޫކޮށްލީ ވަގުތު ދެވެން ނެތުމުންނެވެ. އޭނާގެ އަތުގައި މި ވަގުތު ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރި އިރު، އާލިއާ އުޅެނީ ވަރަށް ބިޒީކޮށެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ "ކަލަންކް" އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރާޖަމޯލީ ވަނީ ފިލްމު ޕަރިނީތީ ޗޯޕްޅާ އަށް ވެސް ހުށަހަޅައިފަ އެވެ. މި ފިލްމުގެ ބަތަލުންނަކީ އިންޑިއާގެ ސައުތުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުއްޖާ
12 March 2019
މިހާރު އެބަ އަޑު އިވޭ ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއްވެސް އާލިޔާއަށް ލިބުން ވާހަކަ. އަދި މައުންޓް އެވަރެސްޓް އަށް އެރި އަންހެން ކުއްޖެއްގެ ބަޔޮޕިކެއްވެސް ލިބުން ވާހަކަ. މީގެ އިތުރުން ވިކިޕީޑިއާގަ ވާގޮތުން އިތުރު 5 ޕްރޮޖެކްޓެއް އެބަ އޮތް. އޭގެ އިތުރުން ރާޖާމޯލީގެ މި ފިލްމު. ޖުމްލަ 8 ފިލްމު. އެ ހުރިހާ ފިލްމުތަކަކީވެސް ބޮޑެތި ޑައިރެކްޓަރުންގެ ފިލްމުތައް. މަށަށް ހީވަނީ ދުވަސްކޮޅަކުން ޝްރީދޭވީމެން މާދުރީމެންނާ އެއް ހަރުފަތެއްގަ ހެން އާލިޔާ ހުންނާނީ.