ކުޅިވަރު / ފުޓްބޯޅަ

ދިވެހި ފުޓްބޯޅަ ކޮޅަށް ޖަހަން އެންމެންގެ އެހީ ބޭނުންވޭ: ޔަންކޭ

ޔަންކޭ އަށް އޭނާގެ އެސިސްޓަންޓް ކޯޗަކަށް ގައުމީ ޓީމުގައި މަސައްކަތްކުރި ސާންތީ މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެނބުރި ރާއްޖެ އާދެވުމުން ވަރަށް އުފާވާ ކަމަށާއި އެކަމަކު އެންމެ އުފާވާނީ ދިވެހި ފުޓްބޯޅަ އަލުން ކުރީގެ މަގާމަށް ދިއުމުން ކަމަށާއި އެކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ކޯޗު ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް ބުނެފި އެވެ.

އަށް އަހަރަށް ފަހު ޔަންކޭ އެނބުރި ރާއްޖެ މިއައީ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް އޭރުގެ ޓީމާއި މިހާރުގެ ގައުމީ ޓީމު މާދަމާރޭ ކުޅޭ ހާއްސަ މެޗަށެވެ. އޭނާ މިއަދު ރާއްޖެ އައުމުން މަރުހަބާ ކިޔުމަށް އޭރުގެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން އެއާޕޯޓަށް ދިޔަ އެވެ. އޭގެ ތެރޭގައި އޭރުގެ ފޯވާޑް އަދި އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި ގޯލްކީޕަރު އިމްރާން މުހައްމަދު އަދި ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި މުހުތާރު ނަސީރު (ޓޫކިލޯ) ހިމެނެ އެވެ. މީގެ އިތުރުން އޭރުގެ އޮފިޝަލުން ވެސް ދިޔަ އެވެ.

"ވަރަށް އުފާވެއްޖެ އަށް އަހަރަށް ފަހު އެނބުރި އާދެވުމުން. މިތަނުގައި ހާއްސަ ހަނދާންތަކެއްވޭ އަދި އެކުވެރިން އެބަތިބި. އެ އެންމެންނާ ބައްދަލުވެ ވާހަކަދައްކާލަން ފުރުސަތު ލިބުމުން ވަރަށް އުފާވޭ،" ނޫސްވެރިންނާ ވާހަކަދައްކަމުން ޔަންކޭ ބުންޏެވެ.

ޔަންކޭ އަށް އެފްއޭއެމްގެ ރައީސް އަދި ކުރީގެ ފޯވާޑް ޓޮމް މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔަންކޭ ބުނީ އޭނާގެ ކޯޗުކަމުގެ ދަށުން 2003 ގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ އަދި 2008 ގެ ޗެމްޕިއަންކަން ލިބުނު ނަމަވެސް ފުޓްބޯޅަ އަބަދު އެއް ފެންވަރެއްގައި ނޯންނާނެ ކަމަށާއި ބައެއް ފަހަރު އަޑިގުޑަންތައް އަންނާނެ ކަމަށެވެ.

"އެފަދަ ވަގުތެއް މިއީ. ފުޓްބޯޅަ ކުރިއަރަން ބޭނުންވޭ ފައިސާ އާއި ރަނގަޅު ވަސީލަތްތައް. އެފްއޭއެމްގެ ރައީސް ތޯރިގަށް ފުޓްބޯޅަ އެނގޭނެ ވަރަށް ބޮޑަށް. އެކަމަކު ފުޓްބޯޅަ އެނގޭ މީހަކު ހުރުމަކުން ނުފުދޭ. ފައިސާ ވެސް ބޭނުންވޭ،" ޔަންކޭ ބުންޏެވެ.

އޭނާ ބުނީ ކުރިއާ ބަލާއިރު މިހާރު ވަސީލަތްތައް ރަނގަޅުވެފައިވާ ކަމަށާއި ކުރިން ޕްރެކްޓިސްކުރަނީ ވެލިދަނޑުގައި ކަމަށާއި އޭރު އޮންނަނީ އެންމެ ޓާފް ދަނޑެއް ކަމަށެވެ.

"އެގޮތުން ބަލާއިރު މިހާރު ކުރިއަށް ވުރެ ރަނގަޅު. އެކަމަކު އެބަޖެހޭ ކުޅުންތެރިން ގިނަ މެޗުތައް ކުޅެން. ކުޅުންތެރިން ގިނަ މެޗުތައް ކުޅެންޏާ ގައުމީ ޓީމަށް އޭގެ ފައިދާކުރާނެ. އަނެއްކާ މިހާރު ދަނޑަށް ދާ މީހުންގެ އަދަދު ވެސް މަދު،" ރާއްޖޭގެ ފުޓްބޯޅައިގެ މައުލޫމާތު މިހާރު ވެސް ހޯދާކަން ފާހަގަކޮށް ޔަންކޭ ބުންޏެވެ.

ޔަންކޭ ގައިގައި ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން ބައްދާލާއިރު ޓޫކިލޯ (ވ) ކައިރީގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ދިވެހިންނަކީ ފުޓްބޯޅަ ދެކެ ލޯބިވާ ފުޓްބޯޅަ އެނގޭ ބަޔެއް ކަމަށާއި ފުޓްބޯޅައަށް މިހާރު ދިމާވެފައިވާ މައްސަލަތައް އޭނާ އަށް މުޅިއަކުން ނުވިސްނޭ ކަމަށެވެ.

"އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅެއް ނޫން. އެކަމުގައި އޮތީ ހަމައެކަނި ކޯޗުގެ މައްސަލައެއް ނޫން. ފުޓްބޯޅަ މަސައްކަތްކުރަނީ އެންމެން އެކުވެގެން. އެހެންވެ ފުޓްބޯޅަ ރަނގަޅުކުރަންޏާ އެންމެންގެ އެހީތެރިކަން ބޭނުންވޭ. އޮފިޝަލުންނާއި އެންމެންގެ އެހީތެރިވާން ޖެހޭ،" ޔަންކޭ ބުންޏެވެ.

ޔަންކޭ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކޯޗުކޮށްދިނީ 2001-2003 އަށެވެ. އެގޮތުން 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށް ރާއްޖެ އަށް ތިން ވަނަ ހޯދައިދިނެވެ. އެ ފަހަރު މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވިއިރު ގަދަގަދަ ޗައިނާ އަތުން ބަލިވީ 1-0 އިންނެވެެ.

ޔަންކޭގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނާއި އޭރުގެ އޮފިޝަލުން ޔަންކޭއާ އެކު ގްރޫޕް ފޮޓޯއެއްގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ރާއްޖެ އަށް ހޯދައިދިނެވެ. ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ތޯރިގް އަށް އެ ފަހަރު ޖާގަ ދިން އިރު ފައިނަލުން ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން ބަންގްލްދޭޝް އަތުންނެވެ. އެ މުބާރާތަށް ފަހު މަގާމުން ވަކިވުމަށް ފަހު ޔަންކޭޒް އެނބުރި އައީ 2007 ގަ އެވެ. އަދި ޖެހިގެން އައި އަހަރު މާލެ އާއި ކޮލަމްބޯގައި އޮތް ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނެވެ. އެ މުބާރާތަށް ފަހު އޭނާ މަގާމުން އިސްތިއުފާ ދިން އިރު، ފަހުން އޭނާ ގެންނަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އުމުރުން 78 އަހަރުގެ ޔަންކޭޒް އަންނަނީ 1966 ވަނަ އަހަރުން ފެށިގެން ކޯޗިންގައި ހަރަކާތްތެރިވަމުންނެވެ. އޭނާ ވަނީ ގަތަރުގެ ގަތަރު ސްޕޯޓްސް ކްލަބާއި ސްލޮވާކިއާގެ ޑުބްނިސާ އަދި ސްލޮވަން ބްރަޓިސްލާވާ އަށް ކޯޗުކޮށްދީފަ އެވެ.

5 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 8%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުއްތު

28 August 2016

މިހާރު ކޮންމެ ކާބިޔާކީ ޔާމީން 2018 ގެ މޮޓޯ. . ކުޅުދުއްފުށިންނާއި އައްޑޫއިން މީހުން ގެނަސްގެން މިހާރު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މިޖެހެނީ. . ދިވެހިންގެ މިހާރު ހުންނަނީ ސިޔާސީ ލޯބި. . ގައުމީ ލޯބި ހުންނަނީ މަދު ބަޔަކު. .

The name is already taken The name is available. Register?

މެންޓަލިސްޓް

28 August 2016

ދިވެހިފުޓްބޯޅައެއްނޫން އެހެންކަމެށްވެސް ކުރިއަރާނީ ސިޔާސީ ކުލަ ކަނޑުވައިލައިގެން ، ހިއްނިޔަތް ޙަލާސްކޮށް ތެދުވެރިކަމާއިއެކު ކުރިއަރުވަން އުޅުނީމައި ،،، ގުރުއާންގައިވެސް އޮވޭނުންތޯ ހުރިހާކަމެށްބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށްށޭ ،،، ރާއްޖޭގައި ވެގެންއުޅޭގޮތަކީ ފުޓްބޯޅަވެސް މިއޮތީ ސިޔާސީކޮއްފައި ،،، އެކަންވެސް ކުރަނީ ވޯޓްހޯދަން ތާއިދުހޯދަން .. ޕަބްލިކަށް ދައްކަން ފޮޓޯނަގަން ،، ހަގީގަތުގައި ފުޓްބޯޅަކުރިއަރުވަން އުޅޭނަމަ ކުޑަކުދިންގެ އެކަޑަމީތަށް ހަދައި ބޭރުން ޕްރޮފެޝަނަލް މީހުންގެނެސްގެން ތިޔަކަން ކުރާނެތާ ކިތައްމެދުވަހެއް ،،،،

The name is already taken The name is available. Register?

ރަދީފް

28 August 2016

ތިކަން ވަރަށް ރަނގަޅަށް މާދަމާ ގަލޮޅު ދަނޑުންފެނިގެންދާނެ. މެންޓަލިސްޓްގެ ކޮމެންޓަށް ތާއީދުކުރަން.

The name is already taken The name is available. Register?

ރަދީފް

28 August 2016

ސުޒޭނުގެ ކޮންޓްރިބިއުޝަނެއް ނެތީތަ މިއިން އެއްވެސް ކަމިޔާބީއެއްގަ.ގައިމު އެއީ ރާއްޖޭގެ އެއްވަނަ އޭނަ ބުނާގޮތުން. މިވާގޮތެއް ނޭނގުނު.

The name is already taken The name is available. Register?

ލޮލް

28 August 2016

ތަށި ހޯދަދިނުމަށްފަހު ކޯޗު ދެވަނަ ފަހަރަށް އެނބުރި އައިއިރުވެސް ރާއްޖެއަށް އަދި އޭގެފަހުން ތައްޓެއް ނުހޯދޭ! 2008 ގެ މަތިން ހަނދާންކޮށްލަކޮށްލާ ތިބެނީ! ވަޓް އަ ޝޭމް! ހަމަ ހަގީގަތުގައިވެސް ބޮޑު ލަދެއް މިއީ! ކޯޗު ނޭނގެ ރާއްޖެ ޓީމަށް މަލާމާތް ނުކުރާނެ ކަމެއްވެސް އޭނަގެ މީހުން ކައިރީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454