ރަައީސް ސޯލިހު (ކ-2) އާއެކު މަހިބަދޫ ކައުންސިލްގެ މެމްބަރުންނާ ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
13 މާޗް 2019 - 22:55
ތަރައްގީގެ އެކި މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. މަހިބަދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އެންމެ އެދެވޭ ގޮތަށް ކަންތައް ކޮށްދިނުމަށް ސަރުކާރުން އަބަދު ވެސް އިސްކަންދޭނެ ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަހިބަދޫ ކައުންސިލްގެ މެމްބަރުން ވަނީ ރައްކާތެރިގޮތުގައި ކުނި ނައްތާލާނެ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން ކުރިމަތިވަމުންދާ އެކި މައްސަލަތައް ފާހަގަ ކުރައްވައިފަ އެވެ. އަދި ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުން އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން ކައުންސިލުން ފާހަގަކުރި އެވެ.
މީގެ އިތުރުން، ކައުންސިލްގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.
މިިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލި އާ ސަރުކާރުން މިހާތަނަށް ތަރައްގީގެ ބޮޑު އާ މަޝްރޫއެއް ނުފަށަ އެވެ. ނަމަވެސް އެކި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމަން
14 March 2019
މީނާގެ ސްޕެޝަލް އެންވޯއީ ޖާބިރު އަންގަނީ އަދި ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ފެނުން މައްޗަކަށް ބިމުން މައްޗަކަށް ނާރާ ކަމަށް، ކަނޑުއަޑީގައި ނުވަތަ ބިމު އަޑީގައި ނުހިންގާކަމެއް ނޭނގޭކަމަށް.
ރާއްޖެ
14 March 2019
ހުޅުލޭގަ ހިންގާ ޕްރޮޖެކްޓްތަކާއި ހެންވޭރު ކޮޅުން ފެންނަ އާނިޔާ ރުޅިއަންނަ މިސްކިތާއި، މާފަންނު ކޮޅުގަ ހުރި ހޮސްޕިޓަލަކީ މިސަރުކާރުގެ ޕްރޮޖެކްޓްތައް ކަމަށް ހީކުރީ.
އޮސްކާ
14 March 2019
އަހަރެން ހީކުރީ ރާޑަރު ސިސްޓަމާއި، އެންމެ ބޮޑު ސްކޫލާއި، ބޮޑު އިންޖީނުގެއާއި އެޕްރިލްގައި ހުޅުވާ ހޮސްޕިޓަލަކީ އިބޫގެ ތަރައްގީ ކަމަށް. އަބަދުވެސް މަނިކުފާނު ވަރަށް އުފަލުން ތަންތަން ހުޅުވަމުން މީސްމީޑިއާގައި ފޮޓާއާއި ހަބަރު ޖަހަމުން ދާތީ އަހަންނަށް އޮޅުނީ.
ޗާލީ
14 March 2019
ކޮސްމެޓިކު ކަންކަން ކޮށްގެން މިއަދަކު ރައްޔިތުން ބަލައިނުގަންނާނެއެވެ. އެގޮތައް ކަންކަންކުރަން އުޅެގެން ވެރިކަންކުރަން ފަސޭހައެއްވެސް ނުވާނެއެވެ. ރާޖޭގެ ގިނަރައްޔިތުން ތިބީ މަޖުބޫރީ ހާލަތެއްގައި މާލެއަށް ހިޖުރަކޮށްފައެވެ. އުޅެމުންދަނީ ހާސްކަމުގައެވެ. ބޭނުންވަނީ އެބައެއްގެ އަތޮޅުގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމެވެ. ވަޒީފާއާއި ގޯތި އިމާރާތްކޮށްގެން އުޅެވޭނެ ގޮތެއްވުމެވެ. މާލެ، ތޮއްޖައްސާން ކުރަމުންދާ ހަރަދު އެބަފެނެއެވެ
ހަމަހޭ
14 March 2019
ހަމައެއްކަމެއް ނުވާނެ، ބަޖެޓް ދުމައް، ޕާޓީބޮޑުންގެ ޖީބައް، ދެކެންތިބޭ
އަސްލުމީހާ2
14 March 2019
ކޮންމެ ރަށެއްގައިވެސް ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް އޮތުމަކީ އެންމެ މުޙިއްމު އެއްކަންތައް. ފަހަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން މަސައްކަތްކޮށްގެން މިފަދަ ނިޒާމްތައް ޤާއިމުކޮށް ކާމިޔާބުކަމާއެކު ހިންގާތަން ދަނީފެންނަމުން. ނަމަވެސް ބައެއް ކައުންސިލްތަކުން ދުރަށް ވިސްނާނުލާ ކުރާ ކަންތައްތަކުގެ ސަބަބުން ކުރިންސުރެ އޮންނަ ނިޒާމުވެސް އިތުރަށްހަލާކުވެ، މުޅިރަށުގައި މެހި އުފެދިގެން ދާއިރުވެސް އެކަމަށް ހައްލެއް ހޯދން ނޭނގިގެން
ޞަރަކަ
14 March 2019
އެހެންދޯ ދާދި އަވަހަކައް ނުންތަ؟؟؟؟
ޫހުފު
14 March 2019
ޢެހެންތަ؟
ދީމާހު
14 March 2019
ތިޔަ މީހުންނަށް ކުރެވޭނީ ދޮން މީހުން އުޅޭ ޝަަހަރުތަކަށް ގޮސް ތިމާމެންގެ ޑިކޮމްރަޓިކް ވާހަކައިން ސަޅިބައިސާ ކަނޑާ އެމީހުންގެ ބޮލަށް ޗިޕްޖެހުން. ދެން އެއަށްފަހު ކަންކަން މައްޗަށް މީހުން އެއްކޮށްގެން ސިޔާސީ ވާދަވެރިންގެ އަބުރު ކަތިލުން. ދެން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ފާޑުފާޑުގެ ޖަލްސާތަކާއި ފޯރަމްތައް ބާއްވާ އެމްއޯޔޫގައި ސޮއި ކުރުން، ދެން ލާރިތައް ވަގަށް ގެންގޮސްފިޔޭ ކިޔާ ނާށި ގަނޑު ހިފައިގެން މޯދީކައިރިއަށް ދުވުން
ޙަމްސް
14 March 2019
ކަންކުރަން ކެރޭނީ އެގޭނީ ގަޓު ހުރެގެން. ސޮހިގޮސް ތިބި ބަޔަކަށް ކަމެއް ވާނެހެން ހިއެއްނުވޭ.