14 މާޗް 2019 - 13:04
އަންނަ މަހު ބާއްވާ އާންމު އިންތިޚާބާ ދިމާކޮށް، ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހުމީ ބޮޑެތި މުބާރާތްތައް ބާއްވައި އަދި އިނާމު ހުށަހަޅުއްވާފައިވާ މައްސަލައެއްގައި ސުވާލު ކުރުމަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.
މިއަދު މެންދުރު ފަހު 3:00 އަށް އަލްހާން އޭސީސީއަށް ހާޒިރުވާން އެންގީ ގާނޫނާ ޚިލާފަށް ބޮޑެތި މުބާރާތްތައް ބާއްވައި ބޮޑެތި އިނާމުތައް ދީފައިވާ ކަމަށް ބުނެ އާންމު މީހަކު ހުށަހަޅާފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.
'އަލްހާން ސްޓްރީޓް ކަޕް' ގެ ނަމުގައި އޭނާ ބޭއްވި މުބާރާތެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަލްހާން ވަނީ ހިއްސާ ކުރައްވައިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ގެ އިނާމެއް ދިން އިރު ރަނައަޕް ޓީމަށް 25،000ރ. ގެ އިނާމެއް ދިނެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރައްވާ އަލްހާން "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ އަށް އަންގާފައިވާ ގަޑިއަށް އޭސީސީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް މުބާރާތްތައް ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގާބޫލު ނުކުރައްވާ ކަމަށެވެ.
"ބަޔަކު ހަމަ މައްސަލައެއް ހުށަހެޅިޔަސް އޭސީސީން ވެސް ބަލަން ވާނެ އެއީ ގާނޫނީ އަސާސެއް އޮތް ކަމެއްތޯ؟ ޗިޓުގައި ފާހަގަކޮށްފައި އެ އޮތް ކަންތަކުގައި އަޅުގަނޑު ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެވޭނެ އެއް ވެސް އަސާސެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އަލްހާންގެ މައްސަލަ އޭސީސީ އަށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެ
14 March 2019
މުބާރާތް ނުބާއްވާ އެސްއެމްއީ ލޯނު ދޫކޮށްބަލަ އަލްހާނުވެސް. މުބާރާތަކީ ކޮރަޕްޝަނޭ.
މުޙައްމަދު ހާން
14 March 2019
ޢެތަނަކުން ނުބަލާނެ މީހަކު މައްސަލަ ޖައްސާއިރަށް އެމީހަކު ގެންދާނެ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާn
ޖަޒީރާމޭން
14 March 2019
ކޮބާތަ މަރޭމިތުރު.. ކޮމެންޓެއްކޮށްލަބަލަ...
ފޮނިޓައްޕު ހަސަނު
14 March 2019
އަލްހާނަކީ ސިޔާސީ ފެއިލިއަރެއް. އަލްހާނާއި އެކު ސިޔާސީ ދާއިރާއަށް ނިކުތް މީހެއް ބަލަކް އީ. ކިހާގަދަ މިހާރު އެއީ ޓޫރިޒަމް މިނިސްޓަރު.
ރާއްޖެ
14 March 2019
ޖަޒީރާ ރާއްޖޭގެ ވެރިކަމަށާއި ވަޒީރު ކަން ކުރާކަށް މާބޮޑު ތައުލީމެއް ތަޖުރިބާއެއް ބޭނުން ނުވޭ. ކުރަން ޖެހޭހާ ވެސް ކަމަކީ ކޮރަޕްޓްވެފަ ދޮގުހަދަން އެނގުން.
ލޮނުޓައްޕު
14 March 2019
ސިޔާސީ ފެއިލިއަރއަކަސް ކަންކުރަންވާނީ އެއޮންނަ ގަވައިދާ އުސޫލުގެ މަތިން.
އަލްޖިބްރާ
14 March 2019
މީގެ ކުރިންވެސް ތިޔަ އަލްހާނު އުޅުނު ! މުބާރާތްތައް ބާއްވާ ފައިސާގެ ބޮޑެތި އިނާމުތަށް ނުދިނީ ކީއްވެތަ ؟ތީހަމަ މަޖްލިސް މެންބަރު ކަން ހޯދަންވެގެން ދޭ ރިޝްވަތު ! ދީފަހުރި ފައިސާގަ ، މިއީ ރިޝްވަތޭ ލިއެފައެއް ނޯންނާނެ ! އެކަމު ތިއީ ރިޝްވަތުކަން އެންމެނަށްވެސް އެގޭ ! ރިޝްވަތު ދިންކަމަށް އަލްހާނުގެ މައްޗަށް ދައުވާވެސް ކުރެވޭނެ !
ބަލްޖިބްރާ
14 March 2019
އަލްހާން ބޭއްވީ ހަމައެކަނި އެ ދާއިރާ މީހުންނަށް ބޭއްވި މުބާރާތެއްތަ؟ އެއީ ހުސް އޭނާއަށް ވޯޓްދޭ ދާއިރާގެ މީހުންތަ؟
އެޑަމް
14 March 2019
އިންސާފުވެސް ވާހަކަދައްކަންވާނީއިންސާފުންތިޔަވިދާޅުވީ ރައީސްގެވާހަކަ ދެން ޤާނޫނުއަސާސީއާޤާނޫނުތައްބައްލަވާރައީސާކައްއޮންނަސެކިއުރިޓީއާ ބޭނުންވަރަކައްމިނިވަންމުއައްސިއައްމީހުންވެއްދުމާ ހުންނާނެގަޑުވަރާފަރިއްކޮޅާމިހެންކިތަންމެކަމެއްކިއިދާނެ މުޅިންވެސްރައްޔިތުންގެފައިސާ އެކަމަކުއެއީ ޤާނޫނުންދޭއިނާޔަތްޤާނޫނަކުނެއްހުރިހާރައްޔިތުންނައްއެއިނާޔަތްދޭކައް ވީމާރައީސްކުރައްވާކޮންމެކަމެއްކޮންމެމީހަކައްކުރެވެންޖެހޭނެކަމައްއިންސާފުވެސްދުށުމަކީއިންސާފުން އެއްކިބާވުން!!
ނިއްޓެ
15 March 2019
ތި ލިޔާ އެއްޗެހި ކިޔަން އުނދަގޫ. ސްޕޭސް ކިޔާ އެއްޗެއް ދަންނަމުތަ
އިބިރިހިންބެއްޔާ
14 March 2019
ހަމަ އަލްހާނު ވީމަ. ކޮބާ ވަކި ބައެއްގެ ކެމްޕޭނުގަ އުޅުއްވާ ވަލިއްޔުލް އަމުރު؟
މެންބަރު ސަކަރާތް
14 March 2019
ކެންޑިޑޭޓުކަމުން ދުރުވޭ އެޜުން މުބާރާތް ހަބޭހައްވެސް ބޭއްވިދާނެ
ޓްރޫ
14 March 2019
ތިޔަ މުބާރާތްތައް ކުރިން ނުބާއްވަނީ ކީއްވެތޯ، ނުވަތަ މިއަންނަ އަހަރުވެސް ބާއްވާނަންތޯ ސާުފުކޮށްލަދެއްވުން އެދެން.
އަހްމަދު
14 March 2019
ކިތަންމެ މުބާރާތެއް ބާއްވައިގެން ވެސް ސަޕޯޓެއް ނުލިބޭނެ. މާލޭގެ ދާއިރާތަކަށް ހޮވާނީ މާލޭގެ ދާއިރާތައް ދަންނަ މި ދާއިރާގެ އާއިލާތަކަށް ނިސްބަތްވާ ހިދްމަތްތެރި މީހުން. އަލްހާނަކީ ސިޔާސީ ގޮތުންވެސް ފްއިލްވެފަ ހުރިމީހެއް.